ފުވައްމުލަކު ޖަލްސާގައި ޑރ ޝަހީމު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
27 Aug 2023 | 12:22
އަޅުގަނޑުމެންގެ ވެރިކަމެއްގައި އަރަބި އިސްލާމީ ގައުމުތައް ކައިގެން ތިބިއްޔާ ދިވެހިން ތިބޭނީ ކައިގެން: ޑރ ޝަހީމު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއް ވެގެންދާނީ އަރަބި އިސްލާމީ ގައުމުތަކާއި ގާތް ގުޅުމެއް ގާއިމުކޮށް، އެ ގައުމުތަކުގެ އެހީތެރިކަން އިންތިހާއަށް ރާއްޖެއަށް ލިބިގެންދާނެ ވެރިކަމަކަމަށް ކަމަށް ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

ޑރ ޝަހީމު މިފަދައިން ވިދާޅުވެފައި ވަނީ ފުވައްމުލަކު ސިޓީގައި ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ ޝަހީމު ވަނީ ރައްޔިތުންނަށް މުހިންމު މެސެޖުތަކެއް ފޯރުކޮށްދެއްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމި، މި ފަސް އަހަރު ނިމެންދާއިރު، މިއަދު ގައުމުން އިވޭ އަޑަކީ ރައީސް ޔާމިނުގެ ވެރިކަން އިޔާދަކުރުމަށް ބޭނުންވެ ރައްޔިތުން އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާ އަޑުކަމަށެވެ. 

އެ ވެރިކަމުގައި ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ކުރެވިގެން ދިޔައީ އިލްމީ ބޭބޭފުޅުން އިސް ސަފުގައި ތިއްބަވައިގެން ކުރި ބުރަ މަސައްކަތުންކަން ފާހަގަކުރައްވާ ޑރ ޝަހީމު ވިދާޅުވީ މި ރިޔާސީ އިންތިޚާބުގައި ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅަކު ރައީސް ޔާމިނު އެންޑޯސްކުރެއްވުމުން، ދެން "ޗުކުޗުކުލައްވަން" ނުޖެހޭނެ ކަމަށެވެ. އަދި އެންމެން ޚިޔާލު އެއްގޮތްކޮށް މަސައްކަތް ކުރަންވީ ގައުމީ ވެރިކަމެއް އުފެއްދުމަށް ކަމަށެވެ.

ވަކި ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަވައްޓެރި ބައެއް ގައުމުތަކަށް ވަނުމުގެ ފުރުސަތު ނުދީ، އެ ޤައުމުތަކުން ކުރާ ކަންކަމަށް ފާޑުކިޔާނަމަ ރާއްޖެއަށް ކާބޯތަކެތި ލިބުމުގެ ދަތިކަން ކުރިމަތިވެދާނެކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކަށް ވެސް ޑރ ޝަހީމު ވަނީ ނުދީސާ ރައްދެއް ދެއްވާފަ އެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވީ ދިވެހީން މަސައްކަތް ކުރައްވަންވީ ދިވެހީންގެ ވެރިކަމެއް ގާއިމްކުރުމަށް ކަމަށެވެ. އަދި އެ މަސައްކަތް ކުރާއިރު، ދިވެހީން ބަނޑަށް ނުޖެހޭނެ ކަމަށާއި، އަރަބި އިސްލާމީ ގައުމުތަކުގެ ފުރިހަމަ އެހީތެރިކަން ދިވެހީންނަށް ލިބިގެންދާނެކަން ޔަގީން ކުރެއްވުމަށް ވެސް ޑރ ޝަހީމު ވަނީ އެދިވަޑައިގެންފަ އެވެ. 

ފުވައްމުލަކު ޖަލްސާގައި ޑރ ޝަހީމު ވާހަކަދައްކަވަނީ

"މީ 2018 ވަނަ އަހަރުގައި ވެސް ތިޔަ ލޮބުވެތި ރައްޔިތުންގެ އަރުހުގައި އަޅުގަނޑު ދެންނެވި ވާހަކަ. އަލުން ދިވެހި ގައުމީ ވެރިކަން އިޔާދަކުރަން މަސައްކަތްކުރާށޭ ޕީޕީއެމްގެ ލޮބުވެތި ރައްޔިތުން. އަޅުގަނޑުމެން މި ތިބީ މީގެ ކުރީ ސަފުގަޔޭ. ދިވެހި ގައުމު ބަނޑަކަށް ނުޖެހޭނެ އިރާދަކުރެއްވިއްޔާ. އަރަބި ގައުމުގެ ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރާނަން އިރާދަކުރެއްވިއްޔާ. މި ދެންނެވީ ތެޔޮ ހޮޅިތައް ގެންނަ ވާހަކައެއް ނޫން.. އަރަބި އިސްލާމީ ގައުމުތަކުގައި ރައްޔިތުން ކައިގެން ތިބިއްޔާ އަޅުގަނޑުމެން ތިބޭނީ ކައިގެން" 

ޑރ މުހައްމަދު ޝަހީމު އަލީ ސައީދު

އެކަން ފާހަގަކުރައްވާ ޑރ ޝަހީމު ވިދާޅުވީ ދިވެހީންގެ ވެރިކަން ދިވެހީންނަށް އިޔާދަކޮށްދެއްވާނެ ބޭފުޅަކީ ޑރ މުހައްމަދު މުއިއްޒުކަމަށެވެ. އެމަނިކުފާނު އިސްލާމްދީނާއި މިނިވަންކަން "ކޮމްޕްރޮމައިސް" ނުކުރައްވާނެ ކަމަށާއި، އެމަނިކުފާ ގައުމިއްޔަތު ނަގަހައްޓަވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ޑރ ޝަހީމު ވިދާޅުވި އެވެ. 

މި ރިޔާސީ އިންތިޚާބަކީ ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް ލިބޭނެ އެންމެ ފަހު ފުރުސަތުކަމަށާއި، އެހެންކަމުން ގައުމީ ފިކުރު އިސްކޮށް ދިވެހީންގެ ގައުމީ ވެރިކަމެއް މި ތަނުގައި އުފެއްދުމަށް ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ޑރ މުއިއްޒަށް ވޯޓުދެއްވުމަށް ޑރ ޝަހީމު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.