ޑރ މުހައްމަދު ޝަހީމް އަލީ ސައީދު
ހަބަރު
28 Aug 2023 | 09:51
މުއިއްޒު ވެރިކަމުގެ ހުވާ ކުރާދުވަހު ތިނަދޫ އިސްލާމީ މަރުކަޒަކީ، އިސްލާމީ ޔުނިވަރސިޓީގެ ގޮތްޕަކަށް ހަދާނެ: ޝަހީމް

ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް ހޮވިއްޖެނަމަ، ވެރިކަމުގެ ހުވާކުރާ ދުވަހު ގދ.ތިނަދޫ އިސްލާމިކް މަރުކަޒަކީ އިސްލާމީ ޔުނިވާސިޓީގެ ގޮތްޕެއް ކަމުގައި ކަނޑައަޅާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަންވެސް ކުރިން ކުރެއްވި، ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސި ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި ގދ ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ އެ ރަށުގައި ރައީސް ޔާމީންގެ ސަރުކާރުގައި ގާއިމް ކުރި އިސްލާމީ މަރުކަޒު ގޮވަމުންދަނީ ޕީޕީއެމްގެ ވެރިކަމެއް އަލުން އަނބުރަ އިޔާދަވުމަށް ކަމަށެވެ. އެ އިސްލާމީ މަރުކަޒު ތިނަދޫގައި ގާއިމްކުރެވުނީ އެއީ މުޅި ހުވަދު އަތޮޅުގައި ހުންނަ އިސްލާމިކް ޔުނިވާސިޓީގެ ގޮތްޕެއް ކަމުގައި ހެދުމަށް ކަމުގައި ޝަހީމް ވަނީ ވިދާޅުވެފައެވެ. 

ރައީސް އޮފީހުން މިކަމަށްޓަކައި 2018 ވަނައަހަރުގެ މެދެއްހާތަނުގައި އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީއެއް އިސްލާމިކް ޔުނިވާސިޓީގައި އޮންނާނެ. އެ ސިޓީގައި އޮންނާނީ އިސްލާމިކް މަރުކަޒު ހަދާ ނިމުމުން އެތަނުގެ ތަޅުދަނޑިތައް ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއަށް ހަވާލުކުރުމަށް.

ޑރ ޝަހީމް އަލީ ސައީދު

މީގެ އިތުރުން އެ ސަރަހައްދުގައި ހުރި އިސްލާމީ ޔުނިވަރސިޓީގެ މައި މަރުކަޒުކަމުގައި ތިނަދޫ އިސްލާމިކް ސެންޓަރު ހެދުމަށް ރައީސް ޔާމީން އޮތީ ނިންމަވައިފައިކަމަށް ވިދާޅުވެ ޝަހީމް ވަނީ މި ސަރުކާރުގެ 5 އަހަރުގެ ދައުރެއް ހަމަ ވީއިރު  އިސްލާމިކް މަރުކަޒުގެ މަގްސަދެއް އޮތްތޯ ޝަހީމް ވަނީ ސުވާލުކުރައްވައިފައެވެ. 

މީގެ އިތުރުން މި އަހަރުގެ ރިޔާސީ އިންތިހާބު ޑރ މުއިއްޒު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ ޑރ މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާ ދުވަހު ތިނަދޫގެ އިސްލާމިކް ސެންޓަރު އެއީ އިސްލާމިކް ޔުނިވާސިޓީގެ ގޮތްޕެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ.

ތިނަދޫގައި ހުރިހާ މަޝްރޫތަކެއް ހިނގަމުން ދިޔައިރު އޭރުގައި ހައުސިން މިނިސްޓަރަކަށް ހުންނެވީ މުއިއްޒު ކަމަށާއި އެހެންކަމުން މިއަދު މުއިއްޒުގެ އަޕްފުޅުގައި ތިނަދޫގެ ރައްޔިތުން ހިއްޕަވަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މުއިއްޒު ވެރިކަން ކުރައްވާނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.