ޑރ މުއިއްޒު ތިނަދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
28 Aug 2023 | 11:22
ތިނަދޫއަކީ ސިޓީއަކަށް ހަދާނަން: ޑރ މުއިއްޒު

ޕްރިގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ގދ ތިނަދޫއަކީ ސިޓީއަކަށް ހަދާނެކަމުގެ ޔަގީންކަން އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. 

ޑރ މުއިއްޒު މިފަދައިން ވައުދުވެވަޑައިގެންފައި ވަނީ ގދ ތިނަދޫގައި ބޭއްވި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނު ޖަލްސާއެއްގައި ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ނެވެ. 

އެގޮތުން ޑރ މުއިއްޒު ވިދާޅުވީ ރައީސް ޔާމިނުގެ ޒައާމަތުގައި ތިނަދޫގައި 1 ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް ހިންގަވާފައިވާ ކަމަށެވެ. އަދި އެ ރަށަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަކޮށްދެއްވާފައިވާ ކަމަށެވެ. 

"މި ރަށުގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތް ކޮށްދެއްވީ އަޅުގަނޑުމެންގެ ތަރައްގީގެ ބާނީ ރައީސް ޔާމީން. 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެމަނިކުފާނުގެ 5 އަހަރުގެ ތެރޭގައި ކޮށްދެއްވާފައިވާކަން އަޅުގަނޑުމެންނަށް ފެންނަން އެބަހުރި. ބިން ހިއްކުމާއި، ހައުސިން ޕްރޮޖެކްޓުތަކާއި މަގުހެދުމާއި، އިސްލާމީ މަރުކަޒާއި، ދެން މިހެން ގޮސް ވަރަށް ގިނަ މަސައްކަތް އެ ވަނީ ކުރެވިފައި"

ޑރ މުހައްމަދު މުއިއްޒު 

އެކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ތިނަދޫގައި މިހާރު ގާއިމްކުރެވިފައިވާ ވަސީލަތްތަކަށް ބަލާއިރު، އާބާދީގައި 10000 މީހުން ހަމަވަންދެން ސިޓީއެއްގެ ދަރަޖަ ނުދީ ބޭއްވުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ. މުހިންމީ ވަސީލަތްތައް ގާއިމުކޮށް ޚިދުމަތް ދިނުންކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ތިނަދޫއަކީ ސިޓީއެއްކަމަށް ކަނޑައަޅާ، ސިޓީއަކުން ލިބެން ޖެހޭގެ ޚިދުމަތްތައް އެ ރަށުގައި ގާއިމްކުރާނެ ކަމަށެވެ. 

"ތިނަދޫގައި ސިޓީއަކަށް ބޭނުންވާނެ ހުރިހާ ކަމެއް މިވަނީ ގާއިމްކުރެވިފައި ރައީސް ޔާމިނުގެ ވެރިކަމުގައި. އެހެންވީމަ އަޅުގަނޑު ދޭ ޔަގީންކަމަކީ ތިބޭފުޅުން އަޅުގަނޑަށް އިތުބާރުކޮށް 9 ސެޕްޓެމްބަރުގައި އޮންނަ ވޯޓުގައި، އިންތިޚާބުގައި އިތުބާރު ކުރައްވައިފި ނަމަ އަޅުގަނޑުމެންގެ ސަރުކާރެއްގައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސް ތިނަދޫއަކީ ސިޓީއެއް ކަމުގައި އިރާދަކުރެއްވިއްޔާ ކަނޑައަޅައިދޭނަން"

ޑރ މުހައްމަދު މުއިއްޒު 

ސިޓީއަކަށް ވުމުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި އެ ހިސާބުން ރައްޔިތުންގެ އަތުގައި ހިފައިގެން ތިނަދޫ ތަރައްގީކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންގޮސްދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.