މުއިއްޒަށް ނައިފަރުން މަރުހަބާ ކިޔުން/ ފޮޓޯ: ޕީޕީއެމް
ހަބަރު
31 Aug 2023 | 20:57
ނައިފަރުން ޑރ މުއިއްޒަށް އޮތް ތާއީދުގެ ބޮޑު މަންޒަރު ދައްކާލައިފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ޅ އަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ނައިފަރަށް ވަޑައިގަތުމުން، އެ ރަށުން އެމަނިކުފާނަށް އޮތް ތާއީދުގެ ބޮޑު މަންޒަރު ސަޕޯޓަރުން ދައްކާލައިފި އެވެ. 

ޑރ މުއިއްޒު ނައިފަރަށް ވަޑައިގަތީ މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ. އެމަނިކުފާނު އެ ރަށަށް އަރާވަޑައިގަތުމަށް ސަޕޯތަރުން ވަނީ ވަކި ދޯންޏެއް ފަރުމާކޮށްފަ އެވެ.

އެމަނިކުފާނު އެ ރަށަށް ވަޑައިގަތީ އެމަނިކުފާނަށް ޚާއްސަކޮށް ސަޕޯޓަރުން ހަމަޖައްސާފައިވާ އެ ދޯނީގައެވެ. އެމަނިކުފާނު އެ ރަށަށް ވަޑައިގަތުމާއެކު ކުރުފަލި ޖެހުމުގެ ފޯރިގަދަ ހަރަކާތްތަކާއެކު ސަޕޯޓަރުން ވަނީ ޑރ މުއިއްޒަށް މަރުހަބާ ދަންނަވާފަ އެވެ. 

ނައިފަރުން ޑރ މުއިއްޒަށް މަރުހަބާ ދެންނެވުން 

ގިނަ އަދަދެއްގެ ބަޔަކު ޑރ މުއިއްޒަށް މަރުހަބާ ދެންނެވުމަށް ނައިފަރު ބަނދަރު ސަރަހައްދުގައި ތިބި މަންޒަރު ފެނިގެން ދިޔައެވެ. މުޅި ނައިފަރު އޮތީ އަސުރުމާ ކުލައިގެން ޒީނަތްތެރިކޮށްފަ އެވެ. އަދި ޑރ މުއިއްޒަށް މަރުހަބާ ދެ ޖިންސުގެ އެކި އުމުރުފުރާގެ މީހުން އިސްތިގުބާލުގައި ތިބި މަންޒަރު ފެނިގެން ދިޔައެވެ. 

ޑރ މުއިއްޒު ވަނީ އެމަނިކުފާނުގެ އިސްތިގުބާލުގައި ތިބި އެންމެންނާއި ސަލާންކޮށްފަ އެވެ. 

ނައިފަރަށް ޑރ މުއިއްޒު ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، މިރޭ ޑރ މުއިއްޒު ބައިވެރިވެވަަޑައިގަންނަވާ ރިޔާސީ ކެމްޕޭނުގެ ބޮޑު ޖަލްސާއެއް ނައިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ނައިފަރުން ޑރ މުއިއްޒަށް މަރުހަބާ ދެންނެވުން

ޑރ މުއިއްޒުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ގެ އިތުރުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު ބައިވެރިވެވަޑައިގަންނަވަ އެވެ. 

ޑރ މުއިއްޒު އަށް ނައިފަރުން ހޫނު މަރުހަބާއެއް ކިޔުން 

މިރޭ ނައިފަރުގައި ބާއްވާ ޖަލްސާގައި ޅ އަތޮޅަށް ޚާއްސަކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ކޮށްދެއްވާނެ ކަންތައްތަކާއި، އެ ކޯލިޝަންގެ ވެރިކަމެއްގައި ގެންގުޅޭނެ ތަރައްގީގެ ޕްލޭނުގައި ހުރި މުހިންމު ކަންކަން ހިއްސާކުރައްވާނެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.