ޑރ މުއިއްޒު ނައިފަރު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
01 Sep 2023 | 06:25
ނައިފަރުގައި އިސްލާމީ މަރުކަޒެއް އަޅާ، ޤައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ހުޅުވައިދޭނަން: ޑރ މުއިއްޒު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ނައިފަރުގައި އިސްލާމީ މަރުކަޒެއް ބިނާކޮށް، ޤައުމީ ޔުނިވާސިޓީގެ ކެމްޕަހެއް އެޅުމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ. 

ޑރ މުއިއްޒު މިފަދައިން ވައުދުވެވަޑައިގެންފައި ވަނީ ނައިފަރުގައި ބޭއްވި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި، އެ ރަށަށް ކޮށްދެއްވާނެ މުހިންމު ކަންކަން އިއުލާނުކޮށްދެއްވަމުން ނެވެ. 

އެގޮތުން ޑރ މުއިއްޒު ވިދާޅުވީ ނައިފަރަކީ ވަރަށް ތައުލީމީ އާބާދީއެއް އޮންނަ ރަށެއް ކަމަށެވެ. ޒަމާނުއްސުރެ ނައިފަރު ފާހަގަކުރެވިފައިވަނީ ތައުލީމަށް ލޯބިކުރާ، ތައުލީމީ ދަރިންތަކެއް އުފައްދާފައިވާ ރަށެއްގެ ގޮތުގައިކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. 

އެ ވާހަކައާއި ގުޅުވާ ޑރ މުއިއްޒު ވިދާޅުވީ، ނައިފަރުގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ހުޅުވުމަކީ ރަށުގައި ތިބެގެން ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ލުއި ފަސޭހަކަން ލިބިގެންދާނެ ކަމެއް ކަމަށެވެ. އެހެންކަމުން ނައިފަރުގައި އެފަދަ ކެމްޕަހެއް ހުޅުވާދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އޭގެ އިތުރުން ޑރ މުއިއްޒު ވިދާޅުވީ އެ ރަށުގައި އިސްލާމީ މަރުކަޒެއް ހުޅުއްވާދެއްވާނެ ކަމަށެވެ. އަދި އިސްލާމީ މަރުކަޒުން ލިބޭ ޚިދުމަތްތައް ވެސް ޤާއިމްކޮށްދެއްވާނެ ކަމަށެވެ. މިއީ ވެސް ނައިފަރު ފަދަ ރަށެއްގައި ޤާއިމްކުރުމަށް އެކަށީގެންވާ މަރުކަޒެއް ކަމަށާއި، އެކަމުގެ ސަބަބުން ދީނީ ކަންކަމަށް ރައްޔިތުންގެ މެދުގައި އޮންނަ ލޯބި އިތުރުކުރުމަށް ބާރަކަށް ވެގެންދާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ޑރ މުއިއްޒު ނައިފަރު ޖަލްސާގައި ވާހަކަދައްކަވަނީ

އެ ކަންކަމުގެ އިތުރުން ވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ނައިފަރަށް ގިނަ ކަންތައްތަކެއް ކޯށްދިނުމަށް ނިންމާފައިވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އޭގެ ތެރޭގައި:

*400 ހައުސިން ޔުނިޓު އެޅުން 

*45 ހެކްޓަރުގެ ބިން ހިއްކުން 

*40 ޓަނުގެ އައިސް ޕްލާންޓެއް ހެދުން 

*ބަނދަރު ޒަމާނީ ފެންވަރަަކަށް ތަރައްގީކުރުން 

*މަގުތައް ހެދުން 

*މިހާރު އަޅާފައިވާ ހައުސިން ޔުނިޓުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން 

ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު ކުރައްވާނީ ރައްޔިތުން އެދޭގޮތަށް، ތަރައްގީގެ ކަންކަން ހަލުވި ސްޕީޑުގައި ގެންގޮސްދެއްވާނެ ވެރިކަމެއް ކަމަށެވެ. އަދި ރައްޔިތުން އެމަނިކުފާނަށް އިތުބާރުކޮށް ރިޔާސީ އިންތިޚާބުގެ ކުރިއަށް މި އޮތް ދުވަސްތަކުގައި ކެމްޕޭނުގެ ފޯރިގަދަކުރުމަށް ޑރ މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.