ނައިފަރުގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
01 Sep 2023 | 06:28
ހައްޖު ކޯޓާ 2000 އަށް އިތުރުކުރެވިދާނެ ކަމުގެ ޔަގީންކަން އެބޮތް: ޑރ މުއިއްޒު

ވެރިކަން ލިބިވަޑައިގެންފި ނަމަ މިހާރު ސައުދީން ދިވެހިރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާ 2000 ކޯޓާއަށް އިތުރުކުރެވިދާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތްކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ދެއްވައިފި އެވެ. 

ޅ ނއިފަރުގައި އޮތް ޑރ މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ހައްޖު ކޯޕަރޭޝަން އަޕްގްރޭޑްކޮށް، އެ ކޯޕަރޭޝަނުން ދޭ ޚިދުމަތްތައް ފުޅާކުރުމަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރައްވާނެ މަސައްކަތްތަކެއް ކަމަށެވެ. 

އެގޮތުން ހައްޖަށް ދާން ބޭނުންވެގެން ނަންނޯޓުކޮށްފައި ތިބި މީހުންގެ ދިގު ލިސްޓެއް މިހާރު ވެސް ހައްޖު ކޯޕަރޭޝަންގައި އެބޮތް ކަމަށާއި، ވެރިކަމަށް ވަޑައިގެން ދެ އަހަރުތެރޭގައި އެ ލިސްޓުގައި ތިބި އެންމެނަށް ހައްޖަށް ދިއުމުގެ ފުރުސަތު ފަހިކޮށް "ވެއިޓިން ލިސްޓު" ނިމުމަކަށް ގެންނާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ނައިފަރުގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމިނާއި ސައުދީގެ ރައީސަކީ ވަރަށް ގާތް ދެބޭފުޅުން ކަމަށެވެ. ރައީސް ޔާމިނުގެ ޒައާމަތުގައި ސައުދީ ސަރުކާރުގެ އެހީތެރިކަން ރާއްޖެއަށް އެކި ގޮތްގޮތުން ލިބެމުން ދިޔަ ކަމަށާއި، ސައުދީއާއެކު އެމަނިކުފާނުގެ ޒައާމަތުގައި ގާއިމްކުރެވުނު ޚާރިޖީ ސިޔާސަތުގެ ބޭނުން ހިފާ، މިހާރު ހައްޖަށް ދިއުމަށް ދިވެހިރާއްޖެއަށް ދޫކޮށްފައިވާ ކޯޓާ 1000 އިން 2000 އަށް އިތުރުކޮށްދިނުމަށް ސައުދީ ސަރުކާރުގައި ދަންނަވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމިނުގެ ޒައާމަތުގައި ސައުދީ ސަރުކާރާއި އެކުގައި އުފައްދާފައިވާ ގާތް ގުޅުމަށް ބަލާއިރު، އެމަނިކުފާނުގެ އެހީތެރިކަމާއެކު، ސައުދީގައި ދަންނަވައިގެން ކޯޓާ އިތުރުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި އެ ކޯޓާ އަހަރަކު 2000 ކޯޓާއަށް އިތުރުކުރެވޭނެ ކަަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ނައިފަރުގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގެ ތެރެއިން.. ފޮޓޯ: ޕީޕީއެމް 

ރައީސް ޔާމިނުގެ ޒައާމަތުގައި ސައުދީ ސަރުކާރާއެކި އެކު ޚާރިޖީ ގާތް ގުޅުމެއް އުފައްދަވާ އެ ގުޅުންތައް ދަމަހައްޓާފައިވާއިރު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި އޭރު ސައުދީ ސަރުކާރާއެކު އެކު އުފައްދާފައިވާ ގުޅުންތައް އިޔާދަކޮށް ވަރުގަދަކުރާނެކަމަށް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ. 

އެގޮތުން ޕީޕީއެމް ގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ ޝަހީމު ވެސް ވަނީ އަރަބި އިސްލާމީ ގައުމުތަކާއި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ވެރިކަމުގައި ގާތް ގުޅުމެއް އުފައްދާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ. ޑރ ޝަހީމު ވަނީ އަރަބި އިސްލާމީ ޤައުމުތަކުގެ ރައްޔިތުން ކައިގެން ތިބިހާ ހިނދަކު ދިވެހީން ބަނޑަށް ނުޖެހޭނެ ކަމަށާއި، އެ ގައުމުތަކުގެ އެހީތެރިކަން ދިވެހީންނަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.