ޕީޕީއެމް/ޕީއެންސީގެ ރީޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒު
ހަބަރު
01 Sep 2023 | 17:44
މުޢިއްޒު، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށްފައިވާ މެނިފެސްޓޯ އިއުލާން ކުރުން މާދަން!

ޕީޕީއެމް/ޕީއެންސީގެ ރީޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ގެ ރިޔާސީ މެނިފެސްޓޯ ގައި، ސްރީލަންކާގައި ދިރިއުޅެމުންދާ، ދިވެހިންނަށް ހުރިކަންކަން ޢިއުލާން ކުރުމަށް، މާދަމާ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް ގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެން ލަންކާގެ ދެހިވަލަ ގައި ކުރިއަށް ގެންދާ މި ޖަލްސާ އޮންނާނީ މާދަމާ ހަވީރު، ލަންކާ ގަޑިން 16:30 ގައި، 'ލޯޑްސް ބެންޗުއެޓް ހޯލް' ގައި ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

މިކަމާއި ގުޅޭ ގޮތުން 'ވޮއިސް' އަށް އިތުރު މައުލޫމާތު ދެއްވަމުން، ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ސަރުކާރުގައި، ލަންކާ އެމްބަސީގެ ތާޑް ސެކެޓަރީގެ މަގާމު އަދާކުރެއްވި، އަބްދުލްް ރަޝީދު އާދަމް ވިދާޅުވީ، މި މެނިފެސްޓޯ އިއުލާން ކުރުމުގެ ބައްދަލުމަކީ ލަންކާގައި ދިރިއުޅޭ އެންމެހާ ދިވެހިންނަށްވެސް އުއްމީދުން ފުރިގެންވާ މެނިފެސްޓޯ އަކަށް ވާނެ ކަމަށެވެ. އެހެންކަމުން ވޭހާވެސް ގިނަ ރައްޔިތުން އެ ބައްދަލު ވުމުގައި ބައިވެރިވުމަށް އޭނާ ވަނީ އެދިލައްވާފައެވެ.

މީގެ އިތުރުން, އަބްދުލް ރަޝީދު ވިދާޅުވީ، ޕީޕީއެމްގެ ލީޑަރ ރައީސް ޔާމީން ގެ ވެރިކަމުގައި ވެސް އެމަނިކުފާނު ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ގިނަ ވަޢުދުތަކެއްވެ، ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެކަންކަން ފުއްދަވައި އެއަށްވުރެ އިތުރަށްވެސް ކަންކަން ކޮށްދެއްވި ކަމަށެވެ.

އެގޮތުން، ސޯސަންވިލާގައި، 'މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ' ގެ ނަމުގައި ތަނެއް ހުޅުވައި، އެތަނުގައި ޒުވާނުންނަށް އެކިއެކި ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ޒުވާނުންނަށް ހުޅުވާލެވި، އަދި ދިވެހިރާއްޖޭގެ ތައުލީމީ މަންހަޖާއި އެއްގޮތަށް، ދިވެހި، އިސްލާމް އަދި ގުރުއާން ވެސް ކިޔަވައިދީ، އެސްއެސްސީ އިމްތިހާނުވެސް ލަންކާގައި ތިބެގެން ހެދުމުގެ ފުރުސަތު ދެވިގެން ދިޔަކަން އޭނާ ފަހަގަކުރެއްވިއެވެ.

މީގެ އިތުރުން، ގައުމީ ދުވަހާއި، އެނޫންވެސް ދިވެހިރާއްޖޭގައި ފާހަގަކުރާ ޚާއްސަ ދުވަސްތައް ކުލަ ގަދަކޮށް އެތަނުގައި ފާހަކުރެވުނު ކަމަށް، ޔާމީންގެ ވެރިކަމުގައި އެތަނުގައި ހަވާލުވެ ހުންނެވި އަބްދުއް ރަޝީދު ފަހަގަކުރެއްވިއެވެ.

އަބްދުއްރަޝީދު ވިދާޅުވީ، މުޢިއްޒުގެ ވެރިކަމެއްގައިވެސް އެފަދަ މުހިންމު އެތައް ކަމެއް ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ހުރި، ކަމަށާ، އެކަންކަން އެ ޖަލްސާގެ ތެރެއިން އެނގިގެންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.