ފ ބިލެތްދޫ ސުކޫލު
ހަބަރު
03 Sep 2023 | 20:02
ބިލެތްދޫ ސްކޫލު ޑެސްކުތައް ހަލާކުވެ ވީރާނަވަނީ، އެޑިއުކޭޝަން މިނިސްޓްރީން ހަނު!

ފ ބިލެތްދޫ ސްކޫލް ކްލާސްރޫމް ތަކުގައި ކިޔެވުމަށް ބޭނުންކުރާ މޭޒުތައް ހަލާކުވެ ވީރާނަވެގޮސް ބޭނުން ނުކުރެވޭ ހާލާތައް ގޮސްފައިވާއިރުވެސް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލަށް މޭޒު ފޯރުކޮށް ނުދޭ މައްސަލައެއް ފެންމަތިވެެއްޖެއެވެ. 

ވޮއިސް އެމްވީއަށް މައުލޫމާތު ދެމުން ބިލެތްދޫ ސްކޫލުގެ ބެލެނިވެރިއަކު ބުނެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން އެރަށުގެ ސްކޫލަށް އެއްވެސް ވަރަަކަށް މޭޒު ފޯރުކޮށް ނުދޭތާ މިހާރު ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ވެދާނެކަމަށެވެ. 

މީގެ އިތުރުން އެ ސްކޫލުގެ މޭޒުތައް ހަލާކުވެ ބޭނުންނުކުރެވޭ ވަރުވުމުން ކޮންމެ ދިރާސީ އައު އަހަރެއްގެވެސް ގްރޭޑް 2ށް ބަދަލުވާ ކްލާހުގެ ބެލެނިވެރިން އެ ސްކޫލުން ހޮވާލެވޭ އެންމެ ބާ މޭޒުތައް މަރާމާތުކޮށް އެ ކްލާސްތަކުގައި ބޭނުންކުރާ ކަމުގައި އެނާ ބުންޏެވެ. އަދި އެރަށު ސްކޫލުގެ ބެލެނިވެރިން މިކަން މިގޮތަށް ކުރަމުން އަންނަތާ 5 ވަރަކަށް އަހަރު ވެދާނެކަމުގައިވެސް އޭނާ ބުނެއެވެ.

މިގޮތަށް އަމިއްލަ ޖީބުން ހަރަދުކޮށްގެން ކޮންމެ އަހަރަކު މޭޒުތައް މަރާމާތުކުރަން ޖެހުމުން ޖުމުލަ ގާތްގަނޑަކަށް 600 އާއި 1000 އާއި ދެމެދުގެ އަދަދެއް އެބަ ހަރަދުވޭ ބެލެނިވެރިންގެ ޖީބުން 

ފ ބިލެތްދޫ ސްކޫލްގެ ބެލެނިވެރިޔަކު 

މީގެ އިތުރުން މި ބެލެނިވެރިޔާ ބުނީ ބިލެތްދޫ ސްކޫލުގެ މެނޭޖްމެންޓުން 60 މޭޒު އެރަށު ސްކޫލަށް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދެމުން އަންނަތާ 2 އަހަރު ވެއްޖެ ކަމަށާއި، ކޮންމެ ދިރާސީ އަހަރެއް ފެށެންވާއިރަށް މޭޒު ފޯރުކޮށްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނި ނަމަވެސް އަދި އަދަށްވެސް އެ ސްކޫލަށް އެއްވެސް މޭޒެއް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއެވެ.

ފ ބިލެތްދޫ ސްކޫލްގެ މޭޒުތަކުގެ ހާލަތު 

މީގެ އިތުރުން މި ފެށުނު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވެގެންވެސް އެ ރަށު ސްކޫލުގެ ބެލެނިވެރިންނާއި ބައްދަލުކޮށް މޭޒުތައް މަރާމާތުކުރުމުގެ ވާހަކަދެކެވުނު ކަމަށާއި އެހެންނަމަވެސް މިއަހަރު ބެލެނިވެރިން އެކަމާ ދެކޮޅު ހަދާފައިވާ ކަމަށް އެ ބެލެނިވެރިޔާ މައުލޫމާތު ދިނެވެ. 

މީގެ އިތުރުން އެ ބެލެނިވެރިޔާ ފާހަގަ ކުރި ގޮތުގައި ކޮންމެ ދިރާސީ އަހަރަކަށްވެސް އައު މޭޒު ހޯދުމަށް ބިލެތްދޫ ސްކޫލުގެ މެނޭޖްމެންޓުން ބޮޑެތި މަސައްކަތްތަކެއް ކުރި ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އެކަމަށް އެއްވެސް އެދެވޭ ސަމާލުކަމެއް ދީފައިނުވާ ކަމަށެވެ. 

އެންމެ ފަހުން މިނިސްޓްރީން ބުނީ މި ނިމުނު އޮގަސްޓް މަސް ނިމުމުގެ ކުރިން މޭޒުތައް ލިބޭނެޔޭ! އެކަމު އޮގަސްޓް މަސްވެސް ނިމުނީ މި ހަބަރެއް ނުވޭ!

ބިލެއްދޫ ސްކޫލުގެ ބެލެނިވެރިއެއް 

މީގެ އިތުރުންވެސް މޭޒުތައް ގިނަ ދުވަސްވެ ކުރީ އަހަރުތަކުގައި އެ މޭޒުތަަކުގައި ލިޔެފައި ހުންނަ ހަޑިހުތުރު ބަސްތައް ހުންނަކަމަށާއި މިއަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން ސްކޫލުގެ ފަރާތުން އެ މޭޒުތަަކުގައި ބްރިސަލް ބޯޑު އަޅައި އެ ތަކެތި ފޮރުވި ނަމަވެސް މިހާރު ކަރުދާސްތައް ވީދި އެ އެއްޗިހި ކުދިންނަށް ފެންނަން ހުންނަ ކަމުގައެވެ. 

މިހާރު ގިނަ ދުވަސްވެ ކަރުދާސްތައް ވީދި އެ އެއްޗިހި އެ ހުންނަނީ ފެންނަން، އަނެއްކާ ކުދިން އެ ކިޔާފައި އެބަ އަހާ މަންމާއޭ އެއީ ކޮންޗެއްހޭ، 

ބިލެއްދޫ ސްކޫލުގެ ބެލެނިވެރިއެއް 

ފ އަތޮޅުގެ ނިސްބަތުން ބިލެތްދޫ ސްކޫލަކީވެސް ތައުލީމީ ގޮތުން ފާހަގަކޮށްލޭ ސްކޫލަކަށް ވާއިރު، މިފަދަ ދަރިވަރުންގެ ތައުލީމާއި ގުޅުންހުރި މުހިއްމު ކަންކަމުގައި ސްކޫލުތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފަރުވާކުޑަ ކުރަމުން އަންނަ ކަމުގައި ވަނީ ނަމަ އެކަމުގެ ނޭދެނޭ އަސަރު ދަރިވަރުންގެ ތައުލީމަށް ކުރާނެކަން ޔަގީނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.