ޑރ މުހައްމަދު މުއިއްޒު
ހަބަރު
03 Sep 2023 | 14:35
މި އަންނަނީ ހުއްޓިފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް: ޑރ މުއިއްޒު

ވެރިކަމަށް އަންނަނީ އެއްވެސް ހާލެއްގައި ފަށައިގެން ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓާލަން ނޫންކަމަށާއި ފަށައިގެބް ކުރިއަށް ނުގޮސް ހުއްޓިފައި ހުރި މަޝްރޫޢުތައްް ކުރިއަށް ގެންގޮސް ނިންމުމަށް ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ތ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ހިރިލަންދޫއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ ވެރިކަމާ ހަވާލުވެއްޖެ ނަމަ މިހާރު ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓާލާނެ ކަމަށް ބުނެ އެމްޑީޕީން ދައްކަމުންދާ ވަހަކަތަކަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އޭނާ ވެރިކަމަށް އަންނަނީ މިހާރު ގިނަ މަޝްރޫއުތަކެއް ހުއްޓިފައި އޮތުމުން އެކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ހިރިލަންދޫގައި ސަރުކާރުން ފަށައިފައިވާ ބިން ހިއްކުމުގެ މަޝްރޫޢު ހިމެނޭހެން އެރަށު ހުރިހާ މަޝްރޫއެއްވެސް ހުއްްޓާނުލާ ކުރިއަށް ގެންދާނެކަމަށާއި އޭނާގެ ވެރިކަމެއްގައި އެ މަޝްރޫއުތައް ރައްޔިތުންގެ ހިޔާލާއެކު މާ ރަނގަޅަށްވެސް އެ މަޝްރޫއުތައް ނިންމަދޭނެ ކަމުގައެވެ. 

ރައީސް ޔާމީންގެ ވެރިކަމުގައި މުޅި ރާއްޖޭގެ ތަރައްގީއަށް ބޮޑު ޑިވޮލޮޕްމަންޓް ޕްލޭނެއް ހެދުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ހިއްކެން ހުރި ފަޅުތައް ބަލައި ދިރާސާއެއް ކޮށް ކެބިނެޓަށް ގެންގޮސް ފާސްކުރިން. އެއީ ދުރުރާސްތާއަށް ވިސްނައިގެން، މިކިޔަނީ ވަރަށް ގިނަ އަހަރުތަކަށް ވިސްނައިގެން ބިން އިތުރުކުރަންޏާމު ކޮބައިތޯ އެކަން އެންމެ ރަނގަޅަށް ކުރެވޭނެ ސަރަހައްދުތަކަކީ

ޑރ މުހައްމަދު މުއިއްޒު 

މިއާއި ވިދިގެން މުއިއްޒު ވިދާޅުވީ، މިވަގުތު 25 ހެކްޓަރުގެ ބިން ހިރިލަންދޫގައި ހިއްކިކަމުގައިވިޔަސް އެއީ ނިމުމެއް ނަމަށް ނުބެލުމަށާއި، ތ އަތޮޅާއި މުޅި ރާއްޖެއަށް އޭގެ ފައިދާވާ ކަހަލަ ބިން އިތުރުކުރުމުގެ މަޝްރޫއެއް މި އެ ސަރަހައްދުގައި ގެންދިއުމަކީ މުއިއްޒުގެ ވިސްނުމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުން މުއިއްޒު ވަނީ ހިރިލަންދޫ މަސްވެރިންނަށް ފަހިވާނެހެން އެރަށު ބަދަރު ތަރައްގީކޮށްދިނުމަށާއި، މަސް ކިރުމަށް ކޯލްޑް ސްޓޯރޭޖް ނިޒާމެއް ގާއިމްކުރުމުގެ އިތުރުން އެރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދައިދެއްވާނެ ކަމުގައި ވައުދުވެފައެވެ. އަދި މީގެ އިތުރުންވެސް އެ ރަށުގެ ސިއްހީ މަރުކަޒު ރަނގަޅު ފެންވަރަކަށް ތަރައްގީ ކޮށްދެއްވާނެ ކަމުގައިވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.