މަހިބަދޫ ޖަލްސާގައި މުޢިއްޒު ވާހަކަ ދައްކަވަނީ--ފޮޓޯ/ ޕީޕީއެމް
ހަބަރު
05 Sep 2023 | 15:04
ގައުމުގެ މިނިވަންކަމަށް ހުރަސް އެޅޭ މަޝްރޫއުއެއް ނަމަ، "ޖީއެމްއާރް ބޭރުކުރި ގޮތަށް" ބާތިލް ކުރާނަން: މުއިއްޒު

ރާއްޖޭގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް މަޝްރޫއެއް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ނަމަ އެ ކުންފުންޏެއް ރާއްޖެ އިން ބޭރުކުރަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އދ. މަހިބަދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައެވެ.

މުއިއްޒު ވިދާޅުވީ އިންތިހާބު ގުޅިފައި އޮތީ ހަމައެކަނި ތަރައްގީއާ ނޫން ކަމަށާއި އެންމެ ބޮޑު ކަމަކަށް އޮތީ މިނިވަންކަން ޔަގީން ކުރުން ކަމަށެވެ.

އަދި ދިވެހީންގެ މިނިވަންކަމަކީ އޭނާގެ ވެރިކަމެއްގައި "ނަންބަރު ވަން" ކަމަށާއި މިނިވަންކަމާމެދު ސުވާލު ކުރޭވޭކަށް ނޯންނާނެކަމަށެވެ. އަދި މިނިވަންކަމަށް ހުރަސް އެޅޭނަމަ މި ގައުމުގައި ތިބެވިގެން ނުވާނެކަމަށާއި އެހެން ގައުމެއްގެ ސިފައިން މި ގައުމުގައި ތިބުމަކީ ދޭނެ ފުރުސަތެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިނިވަންކަން [އެއީ] ނަންބަރު ވަން. މިނިވަންކަމަކާ ނޯންނާނެ ސުވާލު ކުރޭވޭކަށް. މިތާ ތިބެވިގެން ނުވާނެ. އަޅުގަނޑު އެއްބަހެއް ވެސް ނުވާނަން އެހެން ގައުމެއްގެ ސިފައިން ތިބޭކަށް. އަޅުގަނޑުމެންގެ މިނިވަންކަން އެއީ ހަމަ ނަންބަރު ވަން،" މުއިއްޒު ވިދާޅުވި އެވެ.

މިއާއެކު ޑރ. މުއިއްޒުގެ ވަނީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަމުންދާ ގޮތާއި، އެނޫންވެސް ބައެއް މަޝްރޫތަކަަށް ބެލުމުން މިހާރު ފެންނަނީ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއް ކަމަށާއި އެ ކަންކަން ހަމަ މަގަށް އެޅުވޭނީ ކުރީގެ ރައީސް ޔާމީންގެ ސިޔާސަތުތަކުން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އޭނާގެ ވެރިކަމެއްގައި އުތުރު ތިލަފަޅު ފަދަ ހުރިހާ އެއްބަސްވުންތައް ގައުމުގެ މަސްލަހަތު އިސްކޮށްގެން ބަލާނެ ކަމަށާއި އިހުތިޔާރު ކުރާނީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވި އެވެ.

"... ބަލާއިރު ރައްޔިތުންނަށް ފައިދާވާ ގޮތަށް އޮތް މަޝްރޫއެއް ކަމަށް ވަންޏާ ކުރިއަށް ދާނެ. މިހާރަށް ވުރެ ބާރަށް ކުރިއަށް ދާނެ. މިސާލަކަށް ބްރިޖު މަޝްރޫއު. އޭގެ ހަގީގަތެއް ނޭނގޭ. ގައިމު ވެސް ނުބައިތަކެއް ހުރީމާ ނޫންތޯ ފަސް އަހަރު ވާއިރު އެންމެ ތަނބެއް ވެސް ނުފެނިގެން މި އުޅެނީ،" މުޢިއްޒު ވިދާޅުވިއެވެ. 

"އުތުރުތިލަފަޅުގެ މަޝްރޫއުގެ އަޑިއެއް ނޭނގޭ. އެއީ ގައުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް ވަންޏާ ހަމަ ޖީއާމްއެރު ބޭރުކުރި ގޮތަށް އެ މަޝްރޫއުތައް ބާތިލް ކުރާނަން."

ޑރ. މުހައްމަދު މުޢިއްޒު 

ޑރ. މުއިއްޒު ވިދާޅުވީ މިކަންކަމަށް އެއްބަސްވެވޭ ގައުމުތަކާ އެކު އޭނާގެ ސަރުކާރެއްގައި ގާތް ގުޅުމެއް ބާއްވަވާނެކަމަށާއި އެހެން ނަމަވެސް ރަހުމަތްތެރިކަމާއި އަވައްޓެރިކަން އޮތް ނަމަވެސް އިސްކުރާނީ ގައުމު ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.