ހަބަރު
06 Sep 2023 | 16:37
ސަސްޕެންޑް ކުރިތާ ގިނައިރެއް ނުވެ "ހަސަން ކުރުސީ" އެކައުންޓް އެނބުރި ޓުވިޓާއަށް!

ސަސްޕެންޑްކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހަސަން ކުރުސީ އެނބުރި ޓްވިޓާއަށް އަތުވެއްޖެ އެވެ.

ހަސަން ކުރުސީ އެކައުންޓަކީ ތަކުރާރުކޮށް ސަރުކާރުގެ ޖަރީމާތައް ފަޅާއަރުވާލައި ސަރުކާރުގެ ކޮރަޕްޝަންތަކާ ދެކޮޅަށް އަޑު އުފުލަމުން އައި އެކައުންޓެކެވެ.

އެ އެކައުންޓުގެ މައްސަލަ ބެލުމަށް ފުލުހުންނަށް ވެސް ހުށަހަޅާފައި ވަނިކޮށް މިއަދު ހެނދުނު ވަނީ އެކައުންޓް ސަސްފެންޑްކޮށްފައެވެ. 

ހަސަން ކުރުސީގެ ޓްވިޓާ އެކައުންޓް ސަސްޕެންޑްކުރި ސަބަބެއްގެ ގޮތުގައި ޓްވިޓާއިން ފާހަގަކުރީ ޓްވިޓާގެ އުސޫލުތަކާއި ހިލާފުވެފައިވުމެވެ. އެކައުންޓް ސަސްފެންޑްކުރުމުން އެކަން ރިވިއުކުރުމަށް "ހަސަން ކުރުސީ" ޓްވިޓާގައި އެދުމުން އެކަން ބެލުމަށްފަހު، ސަސްޕެންޑް ކުރިތާ މާ ގިނަ އިރެއް ނުވަނީސް މިހާރު ވަނީ އެ އެކައުންޓު އަލުން 'ރިސްޓޯރ' ކޮށްފައެވެ. 

އެނބުރި ޓްވިޓާއަށް އައިސް، ޓުވިޓާގެ ވެރިފަރާތް، އެލޮން މަސްކު އަށް ޝުކުރު އަދާ ކުރުމަށްފަހު ހަސަން ކުރުސީ ބުނީ "ފުލް ޕާމަނަންޓް ބޭން" އަކުން "ފުލް ރެސްޓޮރޭޝަން" އަކަށް އައިސްފައިވާ ކަމަށެވެ.

މީގެ އިތުރުން ހަސަން ކުރުސީ ވަނީ މީގެ ކުރިން އެކި ފަހަރު އެކައުންޓް ވަގުތުކޮޅަކަށް ބޭނުންނުކުރެވޭ ގޮތް ހެދިކަމަށާ، ނަމަވެސް މިއީ ދާއިމީކޮށް ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރު ކަމަށް ބުނެފައެވެ. 

އެކައުންޓްގެ ސަސްޕެންޝަން އުވާލައި ޓްވިޓާއިން ބުނީ ޓްވިޓާއަށް ގޯހެއް ހެދިއްޖެ ކަމަށާއި ކުރުސީގެ އެކައުންޓުން ޓްވިޓާގެ އުސޫލުތަކާ ހިލާފުވާ ކަމެއް ކޮށްފައިނުވާ ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އެކައުންޓް ސަސްޕެންޑް ކުރެވުމުން ޓުވިޓާއިން ވަނީ އެކަމަށް މައާފަށްވެސް އެދިފަ އެވެ.

ހަސަން ކުރުސީ އެކައުންޓުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަދައްކާތީ ގިނަ ބަޔަކު ފުރަތަމަ ތުހުމަތުކުރި ގޮތުގައި އެ އެކައުންޓު ހިންގީ އެމަނިކުފާނެވެ. އެކަމަކު ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް އެެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ
11 Oct 2026
ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
މި ދަތުރުފުޅުގައި ޖައިޝަންކަރު ވަޑައިގަތީ ގާނާ، އައިވަރީ ކޯސްޓް އަދި އިތިއޯޕިއާ އަށެވެ
11 Oct 2026
އީގަލް ހިލްސްގެ މަޝްރޫއު ހުއްޓައިލުމަށް ޔާމީން ގޮވައިލައްވައިފި
މި މަޝްރޫޢަކީ ދިވެހި މުޖުތަމައުގެ އަގުތަކާއި އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އެ ކުންފުންޏާ މެދު އޮތީ ނަފުރަތާއި ނުރުހުން ކަމަށްވެސް ރައީސް ޔާމީނު ވަނީ ބުނެފައެވެ. އެހެންކަމުން، ބުއްދިވެރި ގޮތަކީ މި މަޝްރޫޢު އިތުރަށް ކުރިއަށް ނުގެންގޮސް، މިހާރުން މިހާރަށް އުވާލުން ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ.
11 Oct 2026
އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި
މި ސޮފްޓްވެއާ ފަރުމާކޮށްފައި ވަނީ، ހާދިސާ ހިނގި ތަންތަނުގެ ކުރެހުންތައް ފަސޭހަކަމާ އެކު ތައްޔާރުކުރެވޭ ގޮތަށެވެ
11 Oct 2026
ޕްރިޒަން އޮފިސަރުންނަކީ ދައުލަތުގެ ސަލާމަތީ ވިއުގައިގައި ބޮޑު ގައުމީ ޒިންމާއެއް އުފުލާ ބައެއް: އިހުސާން
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ, ބޭސިކް ކަރެކްޝަނަލް އޮފިސަރސްގެ ޓްރެއިނިންގ ޕްރޮގްރާމްގެ ތިންވަނަ ބެޗު ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
11 Oct 2026
ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއްވަން ރާވާފައިވާ މުޒާހަރާއެއްގައި ބައިވެރިވުމަށް ދަތުރުކުރި ފްލައިޓު ނިއު ދިއްލީއަށް ޖެއްސުމާއެކު ޓާމިނަލާ ފްލައިޓް ކައިރި ކުރި ވަގުތު ފުލުހުން ފްލައިޓަށް އަރައިގެންނެވެ.
11 Oct 2026
އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ބުރުގާ މަނާކުރުމާ ދެކޮޅަށް ދަރިވަރުން ކުލާސް ބޮއިކޮޓްކޮށްފި
އެ ޤައުމުގެ ކެބިނެޓުން ސްކޫލް ޔުނީފޯމްގެ ޤަވާއިދު އިޞްލާޙުކޮށް، ޔުނީފޯމުގެ އެއްގޮތް ކަމަށް ބުރޫއަރާ އަދި ތަޢުލީމުގެ ސެކިއުލާ އުޞޫލާ ޚިލާފު ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޤަރާރުގައި ސީދާ "ބުރުގާ" މި ބަސް ބޭނުންކޮށްފައި ނުވާ އިރު، ވަކި ދީނީ ހެދުމަކަށް ޚާއްޞަކޮށް އިޝާރާތްކޮށްފައެއް ނުވެއެވެ
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ