ސީޖޭޕީގެ ލީޑަރުން؛ ފޮޓޯ / ދަ ހިންދޫ
ދުނިޔެ
11 Oct 2026 | 13:14
ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ތިން ލީޑަރުން ކަމަށްވާ ދިޕްކޭ އާއި އެ ޕާޓީގެ 2 ތަރުޖަމާނުން ދޫކޮށްލުމަށް ނިއުދިއްލީގެ ކޯޓުން އަމުރުކޮށްފިއެވެ.

މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއްވަން ރާވާފައިވާ މުޒާހަރާއެއްގައި ބައިވެރިވުމަށް ދަތުރުކުރި ފްލައިޓު ނިއު ދިއްލީއަށް ޖެއްސުމާއެކު ޓާމިނަލާ ފްލައިޓް ކައިރި ކުރި ވަގުތު ފުލުހުން ފްލައިޓަށް އަރައިގެންނެވެ. 

ނިއު ދިއްލީގައި އޮންނަ ޖަންތަރު މަންތަރުގައި އެތައް ހާސް ބަޔަކު އެއްކުރުމަށް ސީޖޭޕީން ރާވާފައި އޮތް ނަމަވެސް، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާ ފެށުމުގެ ކުރިން އެ ސަރަހައްދު ބަންދުކޮށްފައެވެ. ސީޖޭޕީގެ އިސް ވަކީލު ރަތުނާ ސިންގް އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ބުނީ އެގްޒެކެޓިވް މެޖިސްޓްރޭޓް ކޯޓަކުން ދިޕްކޭ އާއި އެ ޕާޓީގެ 2 ތަރުޖަމާނުން ދޫކޮށްލާފައިވާ ކަމަށެވެ. އެ މީހުން ދޫކޮށްލީ އެއް އަހަރު ދުވަހު ސުލްހައާ ހިލާފު އަމަލެއް ނުކުރުމަށް ޝަރުތުކޮށް ކަމަށް ރަތުނާ ބުންޏެވެ.

އިއްޔެ ނިއު ދިއްލީގައި އެތައް ހާސް ފުލުހުންނާއި ޕެރަމިލިޓަރީ ސިފައިން ހަރަކާތްތެރިވިއެވެ. އަދި އެ ސަރަހައްދުން އިންޓަނެޓްގެ ހިދުމަތް ވެސް ސަރުކާރުން ވަނީ ކަނޑާލާފައެވެ. މީގެ އިތުރުން އެތައް މެޓްރޯ ސްޓޭޝަނަކާއި ބާޒާރުތައް ބަންދުކޮށް، ބޮޑެތި މަގުތަކާއި ސިޓީއަށް ވަންނަ މަގުތަކުގައި ޗެކް ޕޮއިންޓުތައް ފުލުހުން ވަނީ ބަހައްޓާފައެވެ.

ހިންދޫ ނޫހުން ދިއްލީ ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ވެރިރަށް ނިއު ދެލީން ގާތްގަނޑަކަށް 2،500 މީހުން ހައްޔަރުކުރިއެވެ. ރޮއިޓާސް ނިއުސް އެޖެންސީން ދާހިލީ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ ބުނީ، އެ އަދަދު ގާތްގަނޑަކަށް 2،000 ކަމަށެވެ. މީގެ އިތުރުން، މުމްބައީން ވެސް ގާތްގަނޑަކަށް 600 މީހުން ހައްޔަރުކުރި ކަމަށް އޭއެންއައި ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.

މުޒާހަރާކުރި ފަރާތްތަކުން ގޮވާލާފައިވަނީ ޗީފް އިލެކްޝަން ކޮމިޝަނަރު ގިޔާނެޝް ކުމާރު އިސްތިއުފާ ދިނުމަށެވެ. ވޯޓު ދިނުމުގެ ހައްގު ލިބޭ ފަރާތްތަކުގެ ލިސްޓުތައް އިސްލާހުކުރުމުގައި ނެގި ހާއްސަ ފިޔަވަޅުތައް އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ބީޖޭޕީއަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ބައްޓަންކޮށްފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ތުހުމަތުކުރެއެވެ.

ބީޖޭޕީ އާއި އިލެކްޝަން ކޮމިޝަނުން މި ތުހުމަތުތައް ދޮގުކޮށްފައިވާ އިރު، ކޮމިޝަނަރު ކުމާރު އެ ކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެކޭ ވިދާޅުވެފައެއް ނުވެއެވެ. އިދިކޮޅު ޕާޓީތަކުން ބުނަނީ ވޯޓު ލިސްޓުގެ ބަދަލުތަކުގެ ނުފޫޒު ފަހުގެ ސްޓޭޓް އިންތިހާބުތަކުގެ ނަތީޖާއަށް ފޯރާފައިވާ ކަމަށެވެ. މިއާއެކު ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ ކަމުގައި ސިފަކުރެވޭ އިންޑިއާގައި އިންތިހާބީ ނިޒާމުގެ މިނިވަންކަމާ މެދު އުފެދިފައިވާ ބަހުސް ވަނީ ހޫނުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއްވަން ރާވާފައިވާ މުޒާހަރާއެއްގައި ބައިވެރިވުމަށް ދަތުރުކުރި ފްލައިޓު ނިއު ދިއްލީއަށް ޖެއްސުމާއެކު ޓާމިނަލާ ފްލައިޓް ކައިރި ކުރި ވަގުތު ފުލުހުން ފްލައިޓަށް އަރައިގެންނެވެ.
11 Oct 2026
އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ބުރުގާ މަނާކުރުމާ ދެކޮޅަށް ދަރިވަރުން ކުލާސް ބޮއިކޮޓްކޮށްފި
އެ ޤައުމުގެ ކެބިނެޓުން ސްކޫލް ޔުނީފޯމްގެ ޤަވާއިދު އިޞްލާޙުކޮށް، ޔުނީފޯމުގެ އެއްގޮތް ކަމަށް ބުރޫއަރާ އަދި ތަޢުލީމުގެ ސެކިއުލާ އުޞޫލާ ޚިލާފު ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޤަރާރުގައި ސީދާ "ބުރުގާ" މި ބަސް ބޭނުންކޮށްފައި ނުވާ އިރު، ވަކި ދީނީ ހެދުމަކަށް ޚާއްޞަކޮށް އިޝާރާތްކޮށްފައެއް ނުވެއެވެ
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ