ބާކޫޣައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން.. ފޮޓޯ: ޖޭމްނިއުސް
ދުނިޔެ
11 Oct 2026 | 13:05
އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ބުރުގާ މަނާކުރުމާ ދެކޮޅަށް ދަރިވަރުން ކުލާސް ބޮއިކޮޓްކޮށްފި

އަޒަރުބައިޖާނު ސަރުކާރުން އަލަށް ތަޢާރަފްކުރި "ސެކިއުލާ" ޔުނީފޯމް ޤަވާއިދާ ގުޅިގެން، ބުރުގާ އަޅައިގެން ތިބި ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ނުވައްދާ މައްސަލައިގައި ދަރިވަރުން ކުލާސްތައް ބޮއިކޮޓްކޮށް، އެ ޤައުމުގައި ބޮޑެތި އިޙްތިޖާޖުތަކެއް ފަށައިފިއެވެ.

މި މައްސަލަ އުފެދެން މެދުވެރިވީ މި އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު އަޒަރުބައިޖާނުގެ ޢާންމު ތަޢުލީމާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙަކާ ގުޅިގެންނެވެ. އެ އިޞްލާޙުގައި އެ ޤައުމުގެ ތަޢުލީމީ ނިޒާމަކީ "ސެކިއުލާ" ނިޒާމެއް ކަމަށް ކަނޑައަޅައި، ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުން ވަކި ހެދުމެއް އެޅުމުގެ ޤަވާއިދުތަކަށް ޢަމަލުކުރުން ވަނީ ލާޒިމުކޮށްފައެވެ. އަދި ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެ ޤައުމުގެ ކެބިނެޓުން ސްކޫލް ޔުނީފޯމްގެ ޤަވާއިދު އިޞްލާޙުކޮށް، ޔުނީފޯމުގެ އެއްގޮތް ކަމަށް ބުރޫއަރާ އަދި ތަޢުލީމުގެ ސެކިއުލާ އުޞޫލާ ޚިލާފު ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޤަރާރުގައި ސީދާ "ބުރުގާ" މި ބަސް ބޭނުންކޮށްފައި ނުވާ އިރު، ވަކި ދީނީ ހެދުމަކަށް ޚާއްޞަކޮށް އިޝާރާތްކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް، ފަހަކަށް އައިސް އަޒަރުބައިޖާނުގެ އެކި ސަރަޙައްދުތަކުގައި ބުރުގާ އަޅައިގެން ތިބި ދަރިވަރުން ސްކޫލުން ބޭރުކޮށް، ކުލާސްތަކަށް ނުވައްދާ ކަމުގެ ރިޕޯޓުތައް ވަނީ ޢާންމުވާން ފަށައިފައެވެ. ޚާއްޞަކޮށް ސުމްގައިތު ސިޓީގެ ހަ ނަންބަރު ސެކަންޑަރީ ސްކޫލުގެ ދަރިވަރުންތަކެއް ބުރުގާ އަޅައިގެން ތިބުމުން އެތެރެއަށް ނުވެއްދުމުން، އެ ކުދިން ދެރަވެފައިތިބި ހާލު ސްކޫލުން ނުކުމެގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. މީގެ އިތުރުން ސަބީރާބާދު ޑިސްޓްރިކްޓުގެ ޔޮލްޗުބެއިލީ އަވަށު ސެކަންޑަރީ ސްކޫލާއި ގަންޖާގެ 24 ނަންބަރު ސެކަންޑަރީ ސްކޫލުގައި ވެސް މިފަދަ ހާދިސާތައް ވަނީ ހިނގައިފައެވެ.

މި މައްސަލައާ ގުޅިގެން ޖޭމް ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވެރިރަށް ބާކޫ ކައިރީގައި އޮންނަ ބަލަޚަނީ އަވަށުގެ 69 ނަންބަރު ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ވަނީ ކުލާސްތަކަށް ނުގޮސް ބޮއިކޮޓް ކޮށްފައެވެ. ދަރިވަރުންނާއި ބެލެނިވެރިން ތުހުމަތުކުރާ ގޮތުގައި މި ފިޔަވަޅުތަކުގެ ސަބަބުން ބުރުގާ އަޅާ އަންހެން ކުދިންގެ ތަޢުލީމު ޙާޞިލުކުރުމުގެ އަސާސީ ޙައްޤު ވަނީ ނިގުޅައިގަނެވިފައެވެ.

މި އައު ޤަވާއިދާ ދެކޮޅަށް ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ ނޫސްވެރިޔާ ޕޮލަދް އަސްލާނޯވް ވެސް ވަނީ 15 ނަންބަރު ޖަލުގައި ހުރެ، އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފައެވެ. އޭނާ ބުނެފައިވަނީ މި ހަޅުތާލަކީ ބުރުގާ އެޅި ދަރިވަރުން ބޭރުކުރުމާއި ޓީޗަރުންނަށް މަޖުބޫރުކުރާ ހެދުމުގެ ޤަވާއިދާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ފެށި ކަމެއް ކަމަށާއި، މި ކަމުގެ ސަބަބުން އޭނާގެ އަމިއްލަ ދަރިފުޅުގެ ތަޢުލީމީ ޙައްޤު ވެސް ގެއްލިފައިވާ ކަމަށެވެ.

މީގެ އިތުރުން، މި މައްސަލައާ ދެކޮޅަށް ފޭސްބުކްގައި ޝުޢޫރު ފާޅުކުރުމާ ގުޅިގެން ދީނީ ޢިލްމުވެރިޔާ އަބްގުލް ސުލައިމާނޯވް ވަނީ ފުލުހުންގެ ބަހަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި 30 ދުވަހަށް ބަންދުކޮށްފައެވެ. އޭނާ ފޭސްބުކްގައި ލިޔުއްވާފައިވަނީ ބުރުގާ އެޅި އަންހެން ކުދިން ކިޔެވުން މަނާކުރާނަމަ، ޖަލު ޚިޔާރުކޮށް ޖަލުގައި މަރުވާން ވެސް ތައްޔާރަށް ހުރި ކަމަށެވެ.

މި މައްސަލައިގެ ހޫނުކަން އަވަށްޓެރި ތުރުކީވިލާތަށް ވެސް ވަނީ ފޯރައިފައެވެ. ތުރުކީގެ ދީނީ ޢިލްމުވެރިން އަޒަރުބައިޖާނުގެ ސަރުކާރަށް ފާޑުކިޔާފައިވާއިރު، އެ ޤައުމުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ވަނީ އިސްތަންބޫލުގައި ހުންނަ އަޒަރުބައިޖާނުގެ ކޮންސިއުލޭޓް ކައިރީގައި މުޒާހަރާ ވެސް ކޮށްފައެވެ. ނަމަވެސް، ރައީސް އިލްހާމް ޢަލީޔެވް ނިއު އަޒަރުބައިޖާން ޕާޓީގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން ވަނީ، ސީދާ މި މައްސަލައަށް އިޝާރާތް ނުކުރެއްވި ނަމަވެސް، އެއްވެސް ބޭރު ފަރާތެއްގެ އެހީތެރިކަމެއް ނުވަތަ ބެލެނިވެރިކަމެއް އެ ޤައުމަށް ބޭނުން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އަޒަރުބައިޖާނުގައި ސްކޫލްތަކުގައި ބުރުގާ މަނާކުރުމުގެ މައްސަލައަކީ މީގެ ކުރިން ވެސް ފެންމަތިވެފައިވާ މައްސަލައެކެވެ. އެގޮތުން 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެސް ތަޢުލީމާ ބެހޭ ވުޒާރާއިން މިފަދަ ނިންމުމެއް ނިންމި ނަމަވެސް، ބާކޫ އަދި ގަންޖާ ފަދަ ބޮޑެތި ސިޓީތަކުގައި ރައްޔިތުން ނުކުމެ ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އެ ނިންމުން ފަހުން ވަނީ އަނބުރާ ގެންގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއްވަން ރާވާފައިވާ މުޒާހަރާއެއްގައި ބައިވެރިވުމަށް ދަތުރުކުރި ފްލައިޓު ނިއު ދިއްލީއަށް ޖެއްސުމާއެކު ޓާމިނަލާ ފްލައިޓް ކައިރި ކުރި ވަގުތު ފުލުހުން ފްލައިޓަށް އަރައިގެންނެވެ.
11 Oct 2026
އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ބުރުގާ މަނާކުރުމާ ދެކޮޅަށް ދަރިވަރުން ކުލާސް ބޮއިކޮޓްކޮށްފި
އެ ޤައުމުގެ ކެބިނެޓުން ސްކޫލް ޔުނީފޯމްގެ ޤަވާއިދު އިޞްލާޙުކޮށް، ޔުނީފޯމުގެ އެއްގޮތް ކަމަށް ބުރޫއަރާ އަދި ތަޢުލީމުގެ ސެކިއުލާ އުޞޫލާ ޚިލާފު ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޤަރާރުގައި ސީދާ "ބުރުގާ" މި ބަސް ބޭނުންކޮށްފައި ނުވާ އިރު، ވަކި ދީނީ ހެދުމަކަށް ޚާއްޞަކޮށް އިޝާރާތްކޮށްފައެއް ނުވެއެވެ
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ