ދީނަށް ފުރައްސާރަކުރި ޝައިހާން
ހަބަރު
07 Sep 2023 | 18:58
ދީނަށް ފުރައްސާރަ ކުރުމުން ފުރުވާލީ ޝައިހާން، ގުރުއާނަށް އިހާނަތިކޮށް ހިތައިފި!

އިސްލާމްދީނަށާއި މާތް ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެ، ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވަނިކޮށް ރާއްޖެއިން ބޭރަށް 'ފުރުވާލި' ހުސައިން ޝައިހާނު (ކުރެދި ކުރި) ކީރިތި ޤުރުއާނަށް އިހާނަތިކޮށް ހިތައިފި އެވެ.

ކީރިތި ޤުރުއާންއަށް ކުޑައިމީސްކޮށް ޝައިހާން މީސްމީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯގައި އޭނާ ވަނީ އޭނާ ކީރިތި ގުރުއާންގައިވާ ކަންކަން ގަބޫލު ނުކުރާ ކަމަށް ބުނެފައެވެ. އަދި އޭގެ ސަބަބެއް ކަމުގައި އޭނާ ބުނީ، ލިވާތު ކުރުމާ ދެކޮޅަށް ޤުރުއާނުގައި ބަސްފުޅު އައިސްފައިވުމެވެ. 

"ކުރެދިކުރި"ގެ ނަމުގައި ޓްވިޓާގައި ފޭކް އެކައުންޓެއް ހަދައި، ޝައިހާން ދީނަށާއި ޤުރުއާނަށް ހަޖޫޖަހައި މާތް ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށް ޓްވީޓް ކޮށްފައިވާކަން ހާމަވެފައިވަނީ އަމިއްލަ ފަރާތަކުން ކުރި ތަހްގީގަކުންނެވެ. އެ މައްސަލަ ފެންމަތިވުމާ އެކު، އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރާފައެވެ. 

އެކަމާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ، ޝައިހާން ފުރާފައި ވަނީ އެކަން މަނާ ކުރުމަށް ކޯޓު އަމުރު ހޯދަން ބޭނުންވާ މައުލޫމާތު އެއްކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެ މައްސަލަ ތަހްގީގު ކުރާނެ ކަމުގެ ޔަގީންކަންވެސް ފުލުހުން އޭރު ދިނެވެ.

އެހެން ނަމަވެސް އެއަށްފަހު އޭނާ ހޯދައިގެން ރާއްޖެއަށް ގެންނަންވެސް އެކަން ތަހުގީގު ކުރަންވެސް ފުލުހުން މަސައްކަތް ކުރި ކަން ހާމަކޮށްފައި ނުވެއެވެ. 

އެފަހުން، އެއްޖިންސުން ގުޅުން ހިންގަން ތާއީދުކޮށް ބޭއްވި ހިނގާލުމެއްގައިވެސް އޭނާ ވަނީ ބައިވެރިވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ
11 Oct 2026
ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
މި ދަތުރުފުޅުގައި ޖައިޝަންކަރު ވަޑައިގަތީ ގާނާ، އައިވަރީ ކޯސްޓް އަދި އިތިއޯޕިއާ އަށެވެ
11 Oct 2026
އީގަލް ހިލްސްގެ މަޝްރޫއު ހުއްޓައިލުމަށް ޔާމީން ގޮވައިލައްވައިފި
މި މަޝްރޫޢަކީ ދިވެހި މުޖުތަމައުގެ އަގުތަކާއި އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އެ ކުންފުންޏާ މެދު އޮތީ ނަފުރަތާއި ނުރުހުން ކަމަށްވެސް ރައީސް ޔާމީނު ވަނީ ބުނެފައެވެ. އެހެންކަމުން، ބުއްދިވެރި ގޮތަކީ މި މަޝްރޫޢު އިތުރަށް ކުރިއަށް ނުގެންގޮސް، މިހާރުން މިހާރަށް އުވާލުން ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ.
11 Oct 2026
އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި
މި ސޮފްޓްވެއާ ފަރުމާކޮށްފައި ވަނީ، ހާދިސާ ހިނގި ތަންތަނުގެ ކުރެހުންތައް ފަސޭހަކަމާ އެކު ތައްޔާރުކުރެވޭ ގޮތަށެވެ
11 Oct 2026
ޕްރިޒަން އޮފިސަރުންނަކީ ދައުލަތުގެ ސަލާމަތީ ވިއުގައިގައި ބޮޑު ގައުމީ ޒިންމާއެއް އުފުލާ ބައެއް: އިހުސާން
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ, ބޭސިކް ކަރެކްޝަނަލް އޮފިސަރސްގެ ޓްރެއިނިންގ ޕްރޮގްރާމްގެ ތިންވަނަ ބެޗު ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
11 Oct 2026
ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއްވަން ރާވާފައިވާ މުޒާހަރާއެއްގައި ބައިވެރިވުމަށް ދަތުރުކުރި ފްލައިޓު ނިއު ދިއްލީއަށް ޖެއްސުމާއެކު ޓާމިނަލާ ފްލައިޓް ކައިރި ކުރި ވަގުތު ފުލުހުން ފްލައިޓަށް އަރައިގެންނެވެ.
11 Oct 2026
އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ބުރުގާ މަނާކުރުމާ ދެކޮޅަށް ދަރިވަރުން ކުލާސް ބޮއިކޮޓްކޮށްފި
އެ ޤައުމުގެ ކެބިނެޓުން ސްކޫލް ޔުނީފޯމްގެ ޤަވާއިދު އިޞްލާޙުކޮށް، ޔުނީފޯމުގެ އެއްގޮތް ކަމަށް ބުރޫއަރާ އަދި ތަޢުލީމުގެ ސެކިއުލާ އުޞޫލާ ޚިލާފު ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޤަރާރުގައި ސީދާ "ބުރުގާ" މި ބަސް ބޭނުންކޮށްފައި ނުވާ އިރު، ވަކި ދީނީ ހެދުމަކަށް ޚާއްޞަކޮށް އިޝާރާތްކޮށްފައެއް ނުވެއެވެ
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ