ސަލްމާން މިސްކިތް--
ހަބަރު
08 Sep 2023 | 11:29
ސަލްމާން މިސްކިތް ހަލާކު ވަނީ؛ އިސްލާމިކް މިނިސްޓްރީ ހަނު!

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ސައުދީގެ އެހީގައި އިމާރާތް ކުރި ސަލްމާން މިސްކިތް ހަލާކުވަމުންދާއިރު، އެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން ހަނު ހުންނަން ނިންމައިފި އެވެ. 

ރައީސް ޔާމީންގެ ވެރިކަމުގައި ހެދުނު އެ މިސްކިތް ރަސްމީކޮށް ނުހުޅުވައި އެތައް ދުވަހަކު ބޭއްވުމަށްފަހު، ރަސްމީކޮށް ނުހުޅުވައި ފާއިތުވި އަހަރު ވަނީ، އެތަނުގައި ނަމާދު ކުރަން ފަށާފައެވެ. މާލޭގައި ހުންނަ އެހެން ގިނަ މިސްކިތް ތަކާއި ޚިލާފަށް އެ މިސްކިތަކީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ މިސްކިތެކެވެ. 

މިސްކިތް ރަސްމީކޮށް ނުހުޅުވައި ބޭނުން ކުރަން ފެށިފަހުން ވެސް ތަނަށް އަޅާ ނުލާ، ފަރުވާ ކުޑަ ކުރާ މައްސަލަ ދޭތެރެ ދޭތެރެއިން އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން، މިހާރުވެސް އެތަނުގެ އިސްކުރު ބަރި ހުންނަ ތަން ވަނީ ދަބަރު ޖަހައި ހަލާކުވެފައެވެ. 

މި ކަން އިސްލާމިކު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް، އެތަން މަރާމާތު ކުރަން އެއްވެސް ކަމެއް ކޮށްފައި ވޭތޯ ބަލަން މިނިސްޓްރީ އާ ގުޅޭތޯ 'ވޮއިސް' އިން ދެދުވަސް ވަންދެން އެތައް ފަހަރަކު ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. އަދި މެސެޖު ކޮށްގެންވެސް އެ ކަމަށް މިނިސްޓްރީގެ ޖަވާބެއް ވަނީ ލިބޭގޮތް ނުވެފައެވެ. 

ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން އިމާރާތް ކުރި ސަލްމާން މިސްކިތް ބޭނުން ކުރަން ފެށި ފަހުން މިސްކިތުގެ އޭސީ ހަލާކުވެފައި ހުންނަ މައްސަލަ ވެސް ކުރިން ފެންމަތިވިއެވެ. އެކަންވެސް ހައްލު ނުވެ އެތައް މަސްދުވަސް ހޭދަވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ
11 Oct 2026
ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
މި ދަތުރުފުޅުގައި ޖައިޝަންކަރު ވަޑައިގަތީ ގާނާ، އައިވަރީ ކޯސްޓް އަދި އިތިއޯޕިއާ އަށެވެ
11 Oct 2026
އީގަލް ހިލްސްގެ މަޝްރޫއު ހުއްޓައިލުމަށް ޔާމީން ގޮވައިލައްވައިފި
މި މަޝްރޫޢަކީ ދިވެހި މުޖުތަމައުގެ އަގުތަކާއި އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އެ ކުންފުންޏާ މެދު އޮތީ ނަފުރަތާއި ނުރުހުން ކަމަށްވެސް ރައީސް ޔާމީނު ވަނީ ބުނެފައެވެ. އެހެންކަމުން، ބުއްދިވެރި ގޮތަކީ މި މަޝްރޫޢު އިތުރަށް ކުރިއަށް ނުގެންގޮސް، މިހާރުން މިހާރަށް އުވާލުން ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ.
11 Oct 2026
އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި
މި ސޮފްޓްވެއާ ފަރުމާކޮށްފައި ވަނީ، ހާދިސާ ހިނގި ތަންތަނުގެ ކުރެހުންތައް ފަސޭހަކަމާ އެކު ތައްޔާރުކުރެވޭ ގޮތަށެވެ
11 Oct 2026
ޕްރިޒަން އޮފިސަރުންނަކީ ދައުލަތުގެ ސަލާމަތީ ވިއުގައިގައި ބޮޑު ގައުމީ ޒިންމާއެއް އުފުލާ ބައެއް: އިހުސާން
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ, ބޭސިކް ކަރެކްޝަނަލް އޮފިސަރސްގެ ޓްރެއިނިންގ ޕްރޮގްރާމްގެ ތިންވަނަ ބެޗު ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
11 Oct 2026
ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއްވަން ރާވާފައިވާ މުޒާހަރާއެއްގައި ބައިވެރިވުމަށް ދަތުރުކުރި ފްލައިޓު ނިއު ދިއްލީއަށް ޖެއްސުމާއެކު ޓާމިނަލާ ފްލައިޓް ކައިރި ކުރި ވަގުތު ފުލުހުން ފްލައިޓަށް އަރައިގެންނެވެ.
11 Oct 2026
އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ބުރުގާ މަނާކުރުމާ ދެކޮޅަށް ދަރިވަރުން ކުލާސް ބޮއިކޮޓްކޮށްފި
އެ ޤައުމުގެ ކެބިނެޓުން ސްކޫލް ޔުނީފޯމްގެ ޤަވާއިދު އިޞްލާޙުކޮށް، ޔުނީފޯމުގެ އެއްގޮތް ކަމަށް ބުރޫއަރާ އަދި ތަޢުލީމުގެ ސެކިއުލާ އުޞޫލާ ޚިލާފު ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޤަރާރުގައި ސީދާ "ބުރުގާ" މި ބަސް ބޭނުންކޮށްފައި ނުވާ އިރު، ވަކި ދީނީ ހެދުމަކަށް ޚާއްޞަކޮށް އިޝާރާތްކޮށްފައެއް ނުވެއެވެ
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ