އެކްސިޑެންޓްގައި ބޮޑަށް ގެއްލުންވި ލޯންޗު-- ފޮޓޯ/ އެމްއެންޑީއެފް
ހަބަރު
08 Sep 2023 | 21:22
ދެ ލޯންޗުޖެހި ނުރައްކާތެރި އެކްސިޑެންޓެއް؛ 5 މީހުންގެ ހާލު ސީރިއަސް!

ހުޅުމާލޭ ބަނދަރަށް ވަންނަ ދިމާއިން، ދެ ލޯންޗު ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. 

އެމްއެންޑީއެފްއިން ބުނީ، ހުޅުމާލޭ ބަނދަރަށް ވަންނަ ދިމާ ބޭރުން ދެ ލޯންޗު ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ ރިޕޯޓް މިރޭ 08:09 ހާއިރު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރްސީސީ އަށް ލިބިފައިވާ ކަމަށެވެ. 

އަދި ރިޕޯޓް ލިބުމާއި އެކު ކޯސްޓް ގާޑާއި މެރިން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށި ކަމަށްވެސް ބުނެފައިވެއެވެ. 

މިއާއެކު އެމްއެންޑީއެފްއިން ބުނީ، އެތަނުން އެއް ލޯންޗު ދަތުރު ކުރަމުންދިޔައީ ޖޯއީ އައިލެންޑް އިން އެއާޕޯޓަށް ކަމަށާ، އެ ލޯންޗުގައި 13 ފަތުރުވެރިންނާއި، 3 ފަޅުވެރިން ތިބި ކަމަށެވެ. އަދި ލޯންޗަށް ތިބި މީހުންނަށް ލިބުފައިވަނީ ކުދިކުދި އަނިޔާ ކަމަށާ، ލޯންޗުގައި އެ އެންމެން މިހާރު އެއާޕޯޓަށް ގެންދެވިފައިވާ ކަމަށެވެ. 

އެކްސިޑެންޓްގައި ދެން ހިމެނޭ ލޯންޗަކީ ލިއޯ ޓްރޭޑިންގ ގެ ލޯންޗެއް ކަމަށާ، އެ ލޯންޗުގައި ތިބީ ލިއޯ ޓްރޭޑިންގ ގެ 8 މުވައްޒަފުންނާއި 2 ފަޅުވެރިން ކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. 

މިއާއެކު އެމްއެންޑީއެފްއިން ބުނީ، އެ ލޯންޗުން ދަތުރުކުރި 5 މީހުންނަށް ވަރަށް ސީރިއަސް އަނިޔާތައް ވެފައިވާ ކަމަށާ އެ އެންމެންނަށް ހުޅުމާލޭ ހޮސްޕިޓަލުގެ އީއާރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެ 5 މީހުންގެ ތެރެއިން ލޯންޗު ކެޕްޓަން ގެ ހާލު ވަރަށް ކްރިޓިކަލް ކަމަށް މައުލޫމާތު ދީފައިވެއެވެ. 

މީގެ އިތުރުން އެމްއެންޑީއެފްއިން ބުނީ ދެ ލޯންޗުން ދަތުރު ކުރި އެއްވެސް މީހަކު ގެއްލިފައި ނުވާކަމަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ
11 Oct 2026
ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
މި ދަތުރުފުޅުގައި ޖައިޝަންކަރު ވަޑައިގަތީ ގާނާ، އައިވަރީ ކޯސްޓް އަދި އިތިއޯޕިއާ އަށެވެ
11 Oct 2026
އީގަލް ހިލްސްގެ މަޝްރޫއު ހުއްޓައިލުމަށް ޔާމީން ގޮވައިލައްވައިފި
މި މަޝްރޫޢަކީ ދިވެހި މުޖުތަމައުގެ އަގުތަކާއި އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އެ ކުންފުންޏާ މެދު އޮތީ ނަފުރަތާއި ނުރުހުން ކަމަށްވެސް ރައީސް ޔާމީނު ވަނީ ބުނެފައެވެ. އެހެންކަމުން، ބުއްދިވެރި ގޮތަކީ މި މަޝްރޫޢު އިތުރަށް ކުރިއަށް ނުގެންގޮސް، މިހާރުން މިހާރަށް އުވާލުން ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ.
11 Oct 2026
އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި
މި ސޮފްޓްވެއާ ފަރުމާކޮށްފައި ވަނީ، ހާދިސާ ހިނގި ތަންތަނުގެ ކުރެހުންތައް ފަސޭހަކަމާ އެކު ތައްޔާރުކުރެވޭ ގޮތަށެވެ
11 Oct 2026
ޕްރިޒަން އޮފިސަރުންނަކީ ދައުލަތުގެ ސަލާމަތީ ވިއުގައިގައި ބޮޑު ގައުމީ ޒިންމާއެއް އުފުލާ ބައެއް: އިހުސާން
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ, ބޭސިކް ކަރެކްޝަނަލް އޮފިސަރސްގެ ޓްރެއިނިންގ ޕްރޮގްރާމްގެ ތިންވަނަ ބެޗު ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
11 Oct 2026
ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއްވަން ރާވާފައިވާ މުޒާހަރާއެއްގައި ބައިވެރިވުމަށް ދަތުރުކުރި ފްލައިޓު ނިއު ދިއްލީއަށް ޖެއްސުމާއެކު ޓާމިނަލާ ފްލައިޓް ކައިރި ކުރި ވަގުތު ފުލުހުން ފްލައިޓަށް އަރައިގެންނެވެ.
11 Oct 2026
އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ބުރުގާ މަނާކުރުމާ ދެކޮޅަށް ދަރިވަރުން ކުލާސް ބޮއިކޮޓްކޮށްފި
އެ ޤައުމުގެ ކެބިނެޓުން ސްކޫލް ޔުނީފޯމްގެ ޤަވާއިދު އިޞްލާޙުކޮށް، ޔުނީފޯމުގެ އެއްގޮތް ކަމަށް ބުރޫއަރާ އަދި ތަޢުލީމުގެ ސެކިއުލާ އުޞޫލާ ޚިލާފު ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޤަރާރުގައި ސީދާ "ބުރުގާ" މި ބަސް ބޭނުންކޮށްފައި ނުވާ އިރު، ވަކި ދީނީ ހެދުމަކަށް ޚާއްޞަކޮށް އިޝާރާތްކޮށްފައެއް ނުވެއެވެ
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ