ވޯޓު ލުމަށްފަހު ހުސައިން ޝަރީފް ވޮއިސް އަށް ދެއްވި ބަސްދީގަތުމުގެ ތެރެއިން-- ފޮޓޯ/ ވޮއިސް
ހަބަރު
09 Sep 2023 | 16:45
ލޯފަން މީހުންނަށް އެހީތެރިއަކާ ނުލާ ވޯޓުލެވުން: "މިއީ އަޅުގަނޑުމެންގެ ބޮޑު ގުރުބާނީއެއްގެ ނަތީޖާ!"

ލޯފަން މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާއި ނުލާ ވޯޓު ލެވޭ ފުރަތަަމަ މި އިންތިޚާބު ގައި، އެ ފުރުސަތު ލިބިގެންދިޔައީ އެފަރާތްތަކުގެ ބޮޑު ގުރުބާނީއެއްގެ ސަބަބުން ކަމަށް، ލޯފަން މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ، ބީވީއައިއެސްއެމްގެ ނާއިބު ރައީސް ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ. 

އެހީތެރިޔަކާއި ނުލާ ލޯފަން މީހުންނަށް ސިއްރު ވޯޓުލުމުގެ ހައްގުލިބިގަތުމަށްޓަކައި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ވަނީ ވަރަށް ގިނަ ގުނަ މަސައްކަތް ތަކެއް ކުރައްވާފައެވެ.

އެގޮތުން، ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިޙާބުގައި މިނިވަންކަމާއިއެކު ވޯޓުލެވޭނެ ގޮތެއް ހޯދުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައ މިކަން ކުރެވެމުން އަންނަ ގޮތް އެފަރާތްތަކުން ދިރާސާކޮށްފައިވާއިރު، ރަށްރަށުގައި ތިބި އެ ޖަމިއްޔާގެ މެންބަރުން މާލެ އައިސް، މާލޭގައި ދިރިއުޅޭ މެންބަރުން އެކީގައި، އިލެކްޝަން ކޮމިޝަނާ، ހިއުމަން ރައިޓްސް ކޮމިޝަނާ އަދި ސިޔާސީ ޕާޓީތަކާއި އެކު ވަނީ ގިނަ މަޝްވަރާތަކެއް ބާއްވާފައެވެ. 

އަދި ހަމަ އެހެންމެ، ނޫސްވެރިންނާއި ގުޅިގެން، އެފަރާތްތަކުގެ ކަންބޮޑުވުން ދިވެހި އެންމެހާ ރައްޔިތުންނަށް އިއްވާފައިވާއިރު، އެކަން ހައްލު ކުރާނެ ގޮތުގެ ތަފްސީލް ވެސް އެބޭފުޅުން ވަނީ ދެއްވާފައެވެ. 

ބްލައިންޑް އެސޯސިއޭޝަންގެ އެ އިރުޝާދު ދެއްވި ގޮތަށް މަޖިލީހަށް ބިލެއް ހުށަހެޅި، އެ ބޭފުޅުން ބޭނުންވިފަދަ ގޮތަށް އެކަން ވަނީ މަޖިލީހުން ފާސްކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ބިލު ތަސްދީގު ކުރައްވާފައެވެ. 

އެއާއެކު މިއަދު އެފަދަ ފަރާތްތަކަށް އަމިއްލަ އަށް ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާއިރު، އެކަމާއި ގުޅިގެން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން، ހުސައިން ޝަރީފް ވިދާޅުވީ އެފަދައިން ވޯޓު ލުމަކީ ވަރަށް ގިނަ ދުވަސްވަންދެން ދެކެމުންއައި ހުވަފެނެއް ކަމަށާ، އެއީ ވަރަށް ގިނަ ދުވަސްވީ މަސައްކަތެއް ކަމަށެވެ. 

މިކަމަށް ވަރަށް ގިނަ ދުވަސްވީ ބުރަ މަސައްކަތް ތަކެއް ކުރެވުނު. މާތް الله ގެ ރަހުމަތުން މިއަދު އަޅުގަނޑުމެންނަށް މިއަދު މިވަނީ އެކަން ކާމިޔާބު ވެފައި. ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި، ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން. ޚާއްސަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން މިކަން ތަހަންމަލް ކުރާ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކުރި ބުރަ މަސައްކަތާއި، ވީ ގުރުބާނީ ތަކެއްގެ ނަތީޖާ އިރާދަކުރެއްވިޔާ މިއަދު މިއޮތީ ކާމިޔާބު ވެފައި. 

ބްލައިންޑް އެސޯސިއޭޝަންގެ ނައިބުރައީސް ހުސައިން ޝަރީފް 

މިއާއެކު ޝަރީފް ވަނީ، މިއަހަރު މިފަދައިން ވޯޓު ލެވޭތޯ، ވަރަށް ގިނަ ފަރާތްތަކާއި ބައްދަލު ކޮށް އެބޭފުޅުންގެ އަޑު އިއްވުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި އެކަމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށްވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

މީގެ އިތުރުން ޝަރީފު ވިދާޅުވީ އިންތިހާބުގެ ވޯޓުލުމަށް ގެނެވުނު ބަދަލަކީ ވަރަށް ކުރިއެރުމެއް ކަމަށާ، އެދެނީ ކުރިއަށް ހުރި އެހެން އިންތިހާބު ތަކުގައިވެސް އެފަރާތްތަކަށް އެހީތެރިއަކާ ނުލާ ވޯޓުލުމުގެ ފުރުސަތު ލިބުން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ
11 Oct 2026
ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
މި ދަތުރުފުޅުގައި ޖައިޝަންކަރު ވަޑައިގަތީ ގާނާ، އައިވަރީ ކޯސްޓް އަދި އިތިއޯޕިއާ އަށެވެ
11 Oct 2026
އީގަލް ހިލްސްގެ މަޝްރޫއު ހުއްޓައިލުމަށް ޔާމީން ގޮވައިލައްވައިފި
މި މަޝްރޫޢަކީ ދިވެހި މުޖުތަމައުގެ އަގުތަކާއި އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އެ ކުންފުންޏާ މެދު އޮތީ ނަފުރަތާއި ނުރުހުން ކަމަށްވެސް ރައީސް ޔާމީނު ވަނީ ބުނެފައެވެ. އެހެންކަމުން، ބުއްދިވެރި ގޮތަކީ މި މަޝްރޫޢު އިތުރަށް ކުރިއަށް ނުގެންގޮސް، މިހާރުން މިހާރަށް އުވާލުން ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ.
11 Oct 2026
އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި
މި ސޮފްޓްވެއާ ފަރުމާކޮށްފައި ވަނީ، ހާދިސާ ހިނގި ތަންތަނުގެ ކުރެހުންތައް ފަސޭހަކަމާ އެކު ތައްޔާރުކުރެވޭ ގޮތަށެވެ
11 Oct 2026
ޕްރިޒަން އޮފިސަރުންނަކީ ދައުލަތުގެ ސަލާމަތީ ވިއުގައިގައި ބޮޑު ގައުމީ ޒިންމާއެއް އުފުލާ ބައެއް: އިހުސާން
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ, ބޭސިކް ކަރެކްޝަނަލް އޮފިސަރސްގެ ޓްރެއިނިންގ ޕްރޮގްރާމްގެ ތިންވަނަ ބެޗު ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
11 Oct 2026
ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއްވަން ރާވާފައިވާ މުޒާހަރާއެއްގައި ބައިވެރިވުމަށް ދަތުރުކުރި ފްލައިޓު ނިއު ދިއްލީއަށް ޖެއްސުމާއެކު ޓާމިނަލާ ފްލައިޓް ކައިރި ކުރި ވަގުތު ފުލުހުން ފްލައިޓަށް އަރައިގެންނެވެ.
11 Oct 2026
އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ބުރުގާ މަނާކުރުމާ ދެކޮޅަށް ދަރިވަރުން ކުލާސް ބޮއިކޮޓްކޮށްފި
އެ ޤައުމުގެ ކެބިނެޓުން ސްކޫލް ޔުނީފޯމްގެ ޤަވާއިދު އިޞްލާޙުކޮށް، ޔުނީފޯމުގެ އެއްގޮތް ކަމަށް ބުރޫއަރާ އަދި ތަޢުލީމުގެ ސެކިއުލާ އުޞޫލާ ޚިލާފު ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޤަރާރުގައި ސީދާ "ބުރުގާ" މި ބަސް ބޭނުންކޮށްފައި ނުވާ އިރު، ވަކި ދީނީ ހެދުމަކަށް ޚާއްޞަކޮށް އިޝާރާތްކޮށްފައެއް ނުވެއެވެ
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ