ރައީސް ނަޝީދު
ހަބަރު
12 Sep 2023 | 16:41
އެމްޑީޕީގެ އެތައް މެމްބަރުންނެއް ޕީޕީއެމްއަށް ބަދަލުވުން އެކަށީގެންވޭ: ރައީސް ނަޝީދު

ކުރިއަށް އޮތް ތަނުގައި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުންތަކެއް ޕީޕީއެމްއަށް ބަދަލުވުން އެކަށީގެންވާކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީތައް އެކުލަވާލުމާއިމެދު ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލިހުގައި މެންބަރުން އެކުލެވިގެންވާ ގޮތް ކުއްލި ކުއްލިއަކަށް ވަރަށް އަވަސް އަވަހަށް ބަދަލުވަމުން އަންނަ ކަމަށާއި ނަމަވެސް މިހާރު މި އޮތް ހާލަތުގައި ކޮމިޓީތައް އެކުލަވާލަން ޖެހޭ ކަމަށެވެ.

އަދި އެއަށްފަހު ބަދަލު ގެންނަމުން ދިއުމަށްވެސް ގަސްތުކުރައްވާކަމަށާއި ގިނަ އަދަދެއްގެ ބަދަލުތައް އަވަސް އަވަހަށް އަންނަމުންދާނެ ކަމަށް ބެލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީގެ އެތައް މެމްބަރުންނެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޕީޕީއެމްއަށް ބަދަލުވުމަކީވެސް ވަރަށް އެކަށީގެންވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ އެތައް މެންބަރުންނެއް ޕީޕީއެމަށް ބަދަލުވުމަކީ ވެސް އެންމެ އެކަށިގެންވާ ކަމެއްކަން އަޅުގަނޑަށް ވެސް ފާހަގަވޭ. އެހެން ނަމަވެސް ކޮމިޓީތައް ހިންގުން އަޅުގަނޑަށް ފެންނަ ގޮތުގައި ބޭނުން ތެރި.". ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ވަކިވެ ޕީޕީއެމް/ޕީއެންސީއަށް ތާއިދުކުރާކަން މިހާތަނަށް ހާމަކޮށްފައި ވަނީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. އެމްޑީޕީން ވަކިވި އެހެން ހުރިހާ މެމްބަރުން ގުޅިވަޑައިގަތީ ޑިމޮކްރެޓްސްއާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ