ފ ބިލެތްދޫ
ހަބަރު
12 Sep 2023 | 16:34
ބިލެތްދޫ ޑިމޮކްޓްސްގެ މެމްބަރުން ދެވަނަބުރުގައި ޕީޕީއެމްއާއެކު މަސައްކަތް ކުރުމަށް ނިންމައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށްޓަކައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއެކު މަސައްކަތް ކުރުމަށް ފ ބިލެތްދޫ ޑިމޮކްރެޓްސް ގެ މެމްބަރުން ނިންމައިފިއެވެ. 

ދަ ޑިމޮކްރްޓްސްގެ ޕާޓީގެ ފަރާތުން ފ ބިލެތްދޫގައި އިސްކޮށް ހަރަކާތްތެރިވާ ރަށުގައި ފަރާތެއް ކަމަށްވާ ފައިސަލް “ވޮއިސްއަށް” މައުލޫމާތު ދެއްވި ގޮތުގައި މި ނިންމުމަކީ ފ ބިލެތްދޫގައި ހަރަކަތްތެރިވާ  ޑިމޮކްރެޓްސްގެ ހުރިހަ މެންބަރުންވެސް ބޭނުންވެގެން ނިންމި ނިންމުމެއް ކަމަށާއި، އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓިގެ ބިލެރްދު މެމްބަރުން މަސައްކަތް ކުރާނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެކުގައި ކަމަށެވެ. 

"ޕާޓީން ކޮންމެ ގޮތަކަށް ނިންމިޔަސް އަޅުގަނޑުމެން މިތިބީ އެމްޑީޕީއާއި އެކުގައި މަސައްކަތް ކުރާ ގޮތަކަށް ނޫން"

ފައިސަލް

އެގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ރޭ އެ ރަށުގެ ޕީޕީއެމް މެންބަރުންނާއި މަޝްވަރާކުރުމަށްފަހު ދެވަނަ ދައުރެއްގައި އެކުގައި މަސައްކަތް ކުރުމަށް ބިލެތްދޫ ޑިމޮކްރެޓްސްގެ މެމްބަރުން މިވަނީ ނިންމައިފައެވެ. 

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކޯލިޝަން ހެދުމާއި ގުޅޭގޮތުން ދަ ޑިމޮކްރެޓްސްގެ ފަރާތުން މަޝްވަރާ ކުރެވެމުންދާއިރު، ރައްޔިތުން ހިތްހަމަ ޖެހޭ ގޮތަަކަށް މިކަން ނިމިގެންދާނެ ކަމަށާއި، އެއްގޮތަކަށްވެސް ކަންބޮޑުވެވަޑައިނުގަންނަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ރައީސް ނަޝިދާއި ރައީސް ޞާލިހް ގުޅިވަޑައިގަތުމަށް ގޮވާލުމުން އެކަމަށް ޖަވާބުދެއްވައި ރައީސް ނަޝިދުވަނީ "ދެން ތިކަން ނުވާނެ" ކަމުގައި ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.