މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)
ހަބަރު
13 Sep 2023 | 13:16
"އިސްލާމީ ގައުމެއްގައި އިސްލާމްދީން ކިޔަވައިގެން ތިބި މީހުންނަށް މަގާމެއް ލިބިދާނެތީ ބިރުގަންނަނީ ކީއްވެ؟"

ދިވެހިރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށާ، އިސްލާމީ ގައުމެއްގައި، އިސްލާމްދީން ކިޔަވައިގެން ތިއްބެވި ބޭފުޅުންނަށް ސަރުކާރުގެ މަގާމުތައް ލިބިދާނެތީ ބަޔަކު އެހާ ބިރުން އުޅެނީ ކީއްވެތޯ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ސުވާލުކުރައްވައިފިއެވެ. 

ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުޢިއްޒު ވާދަކުރައްވާ ކަން އިއުލާން ކުރެއްވި ދުވަހުން ފެށިގެން، އެމްޑީޕީގެ އިސްފަރާތްތަކުން އަންނަނީ ޑރ. މުޢިއްޒާއި ދިވެހިރާއްޖޭގައި ދީނީ ދައުވަތު ފެތުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ، ޖަމިއްޔަތުއްސަލަފާ ގުޅުވައި، ތަފާތު ވާހަކަތައް ފަތުރަމުންނެވެ. އެގޮތުން މުޢިއްޒުގެ ވެރިކަމެއްގައި ރާއްޖެ ބަޣުދާދަށް ވެދާނެ ކަމަށާ، އެޑިއުކޭޝަން މިނިސްޓްރީވެސް އޭރުން ހިންގަވާނީ ސަލަފްގެ ބޭފުޅުންކަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެވެ. އެވާހަކަތައް ރައްޔިތުންގެ މަޖިލީހުގައި ވެސް އެމްޑީޕީ މެންބަރުން އަންނަނީ ދައްކަވަމުންނެވެ. 

އެކަމަށް ރައްދު ދެއްވައި، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޮސްޓާ ވިދާޅުވީ، ޖަމިއްޔަތުއްސަލަފަކީ ރާއްޖޭގެ ޖަމިއްޔާ ތަކުގެ ތެރޭގައި ރެޖިސްޓާރ ވެފައިވާ ޖަމިއްޔާ އެއް ކަމަށާ، ރާއްޖޭގެ އެއްވެސް ތަނަކުން ޖަމިއްޔަތުއްސަލަފަކީ ޓެރަރިސްޓުން ކަން ކަނޑައަޅާފައި ނުވާ ކަމަށެވެ. 

ކަންމިހެން ހުރިއިރު، އެމްޑީޕީ މެންބަރުން އަބަދާއި އަބަދު ޖަމިއްޔަތުއްސަލަފުގެ ވާހަކަ ދައްކަވަނީ ކީއްވެތޯ އާއި، މުޢިއްޒުގެ ވެރިކަމެއްގައި އެ ޖަމިއްޔާގެ ބޭފުޅަކަށް އިސްލާމިކް މިނިސްޓްރީ ދެއްވައިފިނަމަ ވާނެ ގެއްލުމަކީ ކޮބައިތޯ މޮސްޓާ ވަނީ ސުވާލުކުރައްވާފައެވެ. 

ކިޔަވައިގެން ތިބި ރަނގަޅު ބޭފުޅުން އޭގައި ތިބީ. ޑރ. ޢަލީ ޒާހިރު މެން ކަހަލަ. މިތާ ތިބޭ ލާދީނީ މީހުންނަށް. މި ގައުމުގައި ތިބޭ ލާދީނީ މީހުންނަށް، މަތީ މަގާމުތައް ލިބެންޏާ، ދިވެހިރާއްޖެ އަކީ އިސްލާމީ ގައުމެއް. އިސްލާމީ ގައުމެއްގައި އިސްލާމްދީން ކިޔަވައިގެން ތިބި ބަޔަކަށް މަތީ މަގާމެއް ލިބިދާނެތީ މިހާ ބިރުން ކޮންކަމަކާތޯ މިއުޅެނީ. ދިވެހިރާއްޖޭގައި އިސްލާމްދީން އޮވެދާނެތީތޯ މިމީހުން މިއުޅެނީ. 

މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)

"ހަމަ ކޮންމެ ދުވަހަކު އަބަދާ އަބަދު ސަލަފު ސަލަފު. އެނޫން ނަމެއް ނެތީތޯ ދުލު ކުރީގައި. އަބަދާއި އަބަދު އެޔަކުން ނެއްޓެން ނޭނގިގެން މިއުޅެނީ މިތާނގައި. އެމީހުން އަޔަސް މިތަނުގައި އޮންނާނީ އިސްލާމްދީން. އެހެން ކަމެއް ނުވާނެ. ބަދަލެއް ނުވާނެ. އާ ލާދީނީ މީހުންނަށް ފުރުސަތު ކުޑަވެދާނެ މިތާނގައި. ލާދީނީ މީހުން ދީނަށް ފުރައްސާރަ ކޮށް، ބޭނުންހާ އެއްޗެއް ކިޔަން އެ ފުރުސަތު ނުލިބިދާނެތީ އެކަމާ ބިރުން އުޅޭ ބައެއް މިތާ މިއުޅެނީ." މޮސްޓާ ވިދާޅުވި އެވެ. 

މޮސްޓާ ވިދާޅުވީ، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ލިބިގެންވާ ހުރިހާ ހައްގެއް ސަލަފުގެ ކޮންމެ މެމްބަރަކަށް ލިބިގެންވާންޖެހޭނެ ކަމަށާ، އެ ބޭފުޅުންނަކީވެސް އެހެން ރައްޔިތުން ފަދައިން ޓެކްސް ދައްކައިގެން އުޅޭ ބައެއް ކަމަށެވެ. އަދި އެ ޖަމިއްޔާގެ މެންބަރުންނަށްވެސް މަގާމުތައް ލިބެން ޖެހޭނެ ކަމަށާ، ވަކި ވައްތަރެއްގެ ހެދުމެއް އެޅުމުން ނުވަތަ، ވަކި ގޮތަކަށް ތިބުމުން ފުރުސަތު ތައް ހަނިކުރެވިގެން ނުވާނެ ކަމަށް މޮސްޓާ ވިދާޅުވި އެވެ. 

މިއާއެކު މޮސްޓާ ވަނީ އަބަދު މި ގައުމު ކަންދަހާރަށް ވެދާނެތީ ވާހަކަ ދައްކަވާއިރު، މި ގައުމު ސަދޫމަށް ނޫނީ ވިއްކާ ބެންކޮކް ފަދަ ތަނަކަށް ރާއްޖެވުން ރަނގަޅުތޯ ސުވާލު ކުރައްވާފައެވެ. 

ކޮމެންޓް
100
މީ 100 ގެ މީހެއް.
13 Sep 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.