ޑރ މުހައްމަދު މުއިއްޒު ހިޔާ ސަރަހައްދުގެ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
16 Sep 2023 | 07:01
ހިޔާ ސަރަހައްދުގެ ރައްޔިތުން ނިކުމެ ޑރ މުއިއްޒަށް އޮތް ތާއީދު ދައްކާލައިފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނަށް ހުޅުމާލޭ ދެވަނަ ފިޔަވަހި (ހިޔާ ސަރަހައްދަށް) ވަޑައިގަތުމުން ރައްޔިތުން ނިކުމެ އެ ސަރަހައްދުން އެމަނިކުފާނަށް އޮތް ތާއީދު ދައްކާލައިފި އެވެ. 

ރިޔާސީ ކެންޕޭނަށް ހުކުރު ދުވަހުގެ ހަވީރު ޑރ މުއިއްޒު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވަޑައިގަތުމުން ހިޔާ ފްލެޓުތަކުގައި ދިއިރުޅޭ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެެވެ.

މުއިއްޒު ވަޑައިގަތުމުން އެ ރައްޔިތުންނެއް ވަނީ އެމަނިކުފާނުގެ އިސްތިގުބާލަށް ނިކުމެ ހުޅުމާލެ ދެވަނަ ފިޔަވަހިން ޑރ މުއިއްޒަށް އޮތް ތާއީދު ދައްކައިދީފައެވެ. 

ހިޔާ ސަރަހައްދުން ޑރ މުއިއްޒަށް މަރުހަބާ ދަންނަވަން ނިކުތް ރައްޔިތުން

ހުޅުމާލެ ދެވަަނަ ފިޔަވައްސަކީ ރައީސް ޔާމީން ގެ ސަރުކާރުގައި ހިއްކާ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޯށްދިނުމަށް ބިޔަ މަޝްރޫއެއް ހިންގަން ފެއްޓެވި ސަރަހައްދެކެވެ. އެގޮތުން ހިޔާ މަޝްރޫގެ ނަމުގައި ރައީސް ޔަމީން ގެ ޒައާމަތުގައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު އެޅުމުގެ ބިޔަ މަޝްރޫއެއް ފައްޓަވާ އޭގެ ތެރެއިން 7 ޓަވަރުގެ  އަމަލީ މަސައްކަތް މުޅިން ނިންމަވާދެއްވާފަ އެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުވި ހިސާބުން، ހިޔާ ފްލެޓުތަކަށް މި ސަރުކާރުން ބޮޑެތި އިހުމާލުތައް ވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން އޭރު ފްލެޓު ދީފައިވާ މީހުންގެ ލިސްޓަށް ބޮޑެތި ބަދަލުތަކެއް ނެގެސް، ބައެއް ކެޓަގަރީތައް އުވާލާ އަދި ފްލެޓު ލިބިފައި ތިބި ފަރާތްތަކުގެ އަތުން ފްލެޓު އަތުލުމާއި، ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނުނިންމާ ފްލެޓުތައް ހަވާލުކުރުމުގެ އިތުރުން ފްލެޓުތަކުގެ ކުލި ބޮޑުކުރުމަކީ ހިޔާ ފްލެޓުތަކުގެ ދިރިއުޅޭން ނިންމައިގެން ތިބި އެތައް އާއިލާއަކަށް ސަރުކާރުން ވީ އިހުމާލެއްގެ ގޮތުގައި ފްލެޓު ލިބުނު ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޑރ މުއިއްޒު ހިޔާ ސަރަހައްދުގެ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަދައްކަވަނީ

އެހެން ނަމަވެސް ބޯހިޔާވަހިކަމަކީ އެންމެ އިސްކަމެއް ދެއްވާނެ ސިޔާސަތުތަކަށް އިއުލާނުކުރައްވާ ޑރ މުއިއްޒު ވަނީ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ މައްސަލަތައް ޙައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ކުރިންވެސް ކަނޑައަޅާފައިވާ އަގަށް ތިރިކޮށްދިނުމާއި، ފްލެޓުތަކަށް ރައްޔިތުން ޖީބުން ކުރަން ޖެހުނު ޙަރަދު އަނބުރާ ހޯއްދަވާދެއްވާނެ ކަމުގެ ޔަގީންކަން ވެސް ޑރ މުއިއްޒު ވަނީ ދެއްވާފަ އެވެ.

ޑރ މުއިއްޒު ހިޔާ ސަރަހައްދަށް ޒިޔާރަތްކުރުމުން މަރުހަބާ ދެންނެވުމަށް ނިކުތް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މި އިންތިޚާބު އެމަނިކުފާނަށް ކާމިޔާބު ކޮށްދިނުމަށް ކުރެވެން އޮތް ހާ މަސައްކަތެއް ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި އެމަނިކުފާނުގެ ކެމްޕޭނު ޝިއާރުގެ އަޑު އުފުލާ، އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެ ރައްޔިތުން ވަނީ ގޮވާލާ އަޑުއުފުލާފަ އެވެ.

ހިޔާ ސަރަހައްދަށް ޑރ މުއިއްޒު ވަޑައިގަތުމުން މަރުހަބާ ކިޔަނީ

ހިޔާ ސަރަހައްދުން ޑރ މުއިއްޒަށް މަރުހަބާ ދަންނަވަން ނިކުތް ގިނަ ރައްޔިތުން ބުނާ ގޮތުގައި، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ޑރ މުއިއްޒު ގެންގުޅުއްވާ ސިޔާސަތު ޤަބޫލުކުރާ ކަމަށާއި، އެ ސިޔާސަތުގެ ތެރެއިން ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެވޭނެ ސިޔާސަތެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.