ހަބަރު
17 Sep 2023 | 12:50
"ފަސްކުރީ ކަމަށްބުނެ، ސަރުކާރުން ވަނީ ޤުރްއާން މާއްދާގެ އެސްއެސްސީ އިމްތިޙާނުން އުވާލާފައި"

އެސްއެސްސީ އިމްތިހާނުގައި ގުރުއާން މާއްދާ ހިމެނުން ފަސްކުރީ ކަމަށްބުނެ، އެ މައްދާ މިހާރު އުވާލާފައިވާ ކަމަށް ރައްޔިތުންގެ އިއްތިހާދުން ބުނެފިއެވެ. 

ރައްޔިތުންގެ އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނީ، 2020 ވަނަ އަހަރުގެ އެސްއެސްސީ އިމްތިޙާނުގައި ޤުރްއާން މާއްދާ ހިމަނާފައިވާ ކަމަށެވެ. އެހެންނަމަވެސް, އެއިމްތިޙާނަށް ދަރިވަރުން ތައްޔާރު ނުވެވޭކަމަށް ބުނެ "ބަޔަކު އަޑީގައި ތިބެގެން" 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހު 400 އެއްހާ ބެލެނިވެރިން ލައްވައި އެޑިއުކޭޝަން މިނިސްޓާރު ޢާއިޝަތު ޢަލީއަށް ޕެޓިޝަނެއް އެރުވި ކަމަށާ، އެހެން އެކަން ކުރީި އެސްއެސްސީ އިމްތިހާނުގައި ޤުރްއާން މާއްދާ ނެގުން ފެށުނަ ނުދީ އެކަމަށް ހުރަސްއަޅަން ކަމަށް އެ ޖަމިއްޔާ އިން ތުހުމަތު ކުރެއެވެ.

އެ ޕެޓިޝަން ހުށަހަޅާފައި ވަނިކޮށް އެއިމްތިޙާނު ބޭއްވުމުގެ ކަންކަން ކުރިއަށް ގެންގޮސްދެއްވުން އެދި 1000 އަށް ވުރެ ގިނަ ދިވެހި ރައްޔިތުންގެ ޕެޓިޝަނެއް ހުށަހެޅި ކަމަށާ، ނަމަވެސް އެ 1000 ރައްޔިތުންގެ އިލްތިމާސަށް އެއްވެސް މިންވަރަކަށް ބެލާލުމެއް ނެތި ސަރުކާރުން ނިންމެވީ އެސްއެސްސީ އިމްތިޙާނު 1 އަހަރަށް ލަސްކުރުމަށް ކަންވެސް އޭގައި ފާހަގަ ކޮށްފައިވެ އެވެ. 

އަދި ދެން ޖެހިގެން އަންނަ އަހަރުގައި ދަރިވަރުން އެއިމްތިޙާނަށް ތައްޔާރު ކުރުމަށް ކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ފަހު، 2020 ވަނަ އަހަރު އެސްއެސްސީ ޤުރްއާން އިމްތިޙާން ކެންސަލް ކުރިކަމަށް އެބަޔާނުގައި ވެއެވެ.

މިއަދު މިއޮތީ އޭގެ ފަހުން 3 އަހަރު ފާއިތުވެގެން ގޮސްފައެވެ. އައު ދިރާސީ އަހަރެއް ފެށިފައެވެ. ނަމަވެސް، އަދި އަދަށް ދާންދެން ވެސް މިސަރުކާރުގެ އެޑިއުކޭޝަނުގެ ފަރާތުން އެސްއެސްސީ ޤުރްއާން އިމްތިޙާނަށް، އޭރު އެބޭފުޅުން ބުނި ފަދައަކުން، ދަރިވަރުންތައް ތައްޔާރު ކުރާ މަންޒަރެއް ފެންނާކަށް ނެތެވެ.

ރައްޔިތުންގެ އިއްތިހާދު

ވުމާއެކު، އެސްއެސްސީގެ ޤުރްއާން އިމްތިޙާނު 2020 ވަނަ އަހަރުން ފަސްކޮށްލީ ކަމަށް ބުނެ ކެންސަލް ކުރީ، އޭގެ ފަހުން އަންނަން އޮތް އަހަރުތަކުގައި ވެސް އެ އިމްތިޙާނުން ދިވެހި އެންމެހާ ދަރިވަރުން މަޙްރޫމު ކުރުމުގެ ނުބައިވެގެންވާ އެޖެންޑާގެ ދަށުން ކަމަށް ބުނެ ރައްޔިތުންގެ އިއްތިހާދުން ވަނީ އެކަން ކުށްވެރި ކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
މި ދަތުރުފުޅުގައި ޖައިޝަންކަރު ވަޑައިގަތީ ގާނާ، އައިވަރީ ކޯސްޓް އަދި އިތިއޯޕިއާ އަށެވެ
11 Oct 2026
އީގަލް ހިލްސްގެ މަޝްރޫއު ހުއްޓައިލުމަށް ޔާމީން ގޮވައިލައްވައިފި
މި މަޝްރޫޢަކީ ދިވެހި މުޖުތަމައުގެ އަގުތަކާއި އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އެ ކުންފުންޏާ މެދު އޮތީ ނަފުރަތާއި ނުރުހުން ކަމަށްވެސް ރައީސް ޔާމީނު ވަނީ ބުނެފައެވެ. އެހެންކަމުން، ބުއްދިވެރި ގޮތަކީ މި މަޝްރޫޢު އިތުރަށް ކުރިއަށް ނުގެންގޮސް، މިހާރުން މިހާރަށް އުވާލުން ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ.
11 Oct 2026
އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި
މި ސޮފްޓްވެއާ ފަރުމާކޮށްފައި ވަނީ، ހާދިސާ ހިނގި ތަންތަނުގެ ކުރެހުންތައް ފަސޭހަކަމާ އެކު ތައްޔާރުކުރެވޭ ގޮތަށެވެ
11 Oct 2026
ޕްރިޒަން އޮފިސަރުންނަކީ ދައުލަތުގެ ސަލާމަތީ ވިއުގައިގައި ބޮޑު ގައުމީ ޒިންމާއެއް އުފުލާ ބައެއް: އިހުސާން
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ, ބޭސިކް ކަރެކްޝަނަލް އޮފިސަރސްގެ ޓްރެއިނިންގ ޕްރޮގްރާމްގެ ތިންވަނަ ބެޗު ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
11 Oct 2026
ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއްވަން ރާވާފައިވާ މުޒާހަރާއެއްގައި ބައިވެރިވުމަށް ދަތުރުކުރި ފްލައިޓު ނިއު ދިއްލީއަށް ޖެއްސުމާއެކު ޓާމިނަލާ ފްލައިޓް ކައިރި ކުރި ވަގުތު ފުލުހުން ފްލައިޓަށް އަރައިގެންނެވެ.
11 Oct 2026
އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ބުރުގާ މަނާކުރުމާ ދެކޮޅަށް ދަރިވަރުން ކުލާސް ބޮއިކޮޓްކޮށްފި
އެ ޤައުމުގެ ކެބިނެޓުން ސްކޫލް ޔުނީފޯމްގެ ޤަވާއިދު އިޞްލާޙުކޮށް، ޔުނީފޯމުގެ އެއްގޮތް ކަމަށް ބުރޫއަރާ އަދި ތަޢުލީމުގެ ސެކިއުލާ އުޞޫލާ ޚިލާފު ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޤަރާރުގައި ސީދާ "ބުރުގާ" މި ބަސް ބޭނުންކޮށްފައި ނުވާ އިރު، ވަކި ދީނީ ހެދުމަކަށް ޚާއްޞަކޮށް އިޝާރާތްކޮށްފައެއް ނުވެއެވެ
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.