Xhdh
ހަބަރު
22 Sep 2023 | 13:24
"ތިމާ ކަށްވަޅުގައި އޮންނަންޖެހޭ ވަގުތު ހަނދާން ކުރޭ؛ ރިޝްވަތު ވަނީ ކަށްވަޅު އަނދިރިކުރާ އެއްޗަކަށް"

ރިޝްވަތަކީ ޙަރާމް އެއްޗެއް ކަމަށާ، އެއީ ތިމާގެ ކަށްވަޅު އަނދިރި ކޮށްލާ އެއްޗެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމުގެ ނުބައި ކަމަށް އަލި އަޅުވާލައި މިއަދު އިއްވާފައިވާ ޚުތުބާގައި ބުނީ، މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ފިލުވައިލަން އެއްމެ އުނދަގޫ އެއް ވަބާއަކީ ރިޝްވަތުގެވަބާ ކަމަށެވެ. އެހެނީ އެއީ ވަރަށް ސިއްރު ގޮތެއްގައި ކުރެވެމުންދާ ކަމަށްވާތީ ކަމަށްވެސް ބުނެފައިވެއެވެ.

އަހަރެމެންގެ މި ކުޑަކުޑަ މުޖުތަމަޢު ގައިވެސް ރިޝްވަތުގެ އެ ނުރައްކައުތެރި ވަބާ ފެތުރިފައިވާ ކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ރިޝްވަތާއި ނާޖައިޒް ފައިދާ އާއި ޚިޔާނާތުގެ އަމަލުތައް މުޖުތަމައުގައި ގިނަވެ، އެކަންކަމަކީ ވަރަށް އާދައިގެ ކަމެއްކަމަށް މުޖުތަމައުގެ ބައެއްމީހުން ދެކެން ފަށާފައިވާ ކަމަށެވެ. 

"ރިޝްވަތަކީ ތިމާއަށް ޙައްގު ނޫން ކަމެއް ނުވަތަ ޙައްގުނޫން އެއްޗެއް ނުވަތަ ޙައްގު ނޫން ނަފާއެއް ލިބިގަތުމަށް، ނުވަތަ ތިމާ ކަމަކުން ބަރީއަވެ، ސަލާމަތްވުމަށް ފައިސާ ނުވަތަ އެ ނޫންވެސް އެއްޗެއް މީހަކަށް ނުވަތަ ބަޔަކަށް ހޯދައި ދިނުމެވެ."

ހުކުރު ޚުތުބާ

"ހަމަކަށަވަރުން ރިޝްވަތު ދޭ މީހާއާއި، ރިޝްވަތު އުފުލާ މީހާ އެބަހީ ރިޝްވަތު ދިނުމުގައި މެދުވެރިޔަކަށްވާ މީހާ އާއި، ރިޝްވަތުގައި ހިފާ މީހާ އަށް މާތް الله ވާނީ، ލައުނަތް ލައްވާފައެވެ. ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ހަދީސް ކުރެއްވިއެވެ. "ރޝްވަތު ދޭ މީހާ އާއި ރިޝްވަތު ހިފާމީހާއަށް، الله ލައުނަތް ލެއްވިއެވެ."" ޚުތުބާގައި ބުނެފައިވެއެވެ. 

ޚުތުބާގައި ބުނެފައިވާގޮތުގައި ރިޝްވަތު ހަރާމް ވަނީ އެއީ މުޖުތަމަޢުގައި ފަސާދަ އުފެދުމަށް މެދުވެރިވާ ވަސީލަތަކަށް ވާތީއެވެ. އަދި އެއީ ޙައްގާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ބޭނުން ކުރެވޭ ހަތިޔާރަކަށް ވާތީއެވެ. ހަމައެހެންމެ، ރިޝްވަތުގެ ކަންކަން އާއްމުވެއްޖެ މުޖުތަމައެއްގައި، ހަމަޖެހުން ގެއްލި، އަމާންކަން ގެއްލޭނެ ކަމަށާ އެތަނެއްގައި ރުޅިވެރިކަމާއި، އަދާވާތްތެރިން ފެތުރޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިއާއެކު ޚުތުބާގައި ބުނީ، ރިޝްވަތަކީ ޙަރާމް އެއްޗަކަށް ވީހިނދު، އެފަދަ ފައިސާއެއްގައި ނުވަތަ މުދަލެއްގައި އަހަރެމެން މުސްލިމުން ހިފައިގެންވެސް ނުވާނެކަމަށެވެ. އަދި އެފަދަ އެއްޗެއް އަހަރެމެންގެ އަނބި ދަރިންނަށާއި، ގާތް ތިމާގެ މީހުންނަށްވެސް ކާންދީގެން ނުވާނެ ކަމަށާ ޚުތުބާގައި ބުނެފައިވެއެވެ. 

"އެހެނި ކީރިތި ރަސޫލާ (ޞ) ގެ ރަދީޘްފުޅެއްގައި އައިސްފައިވާ ގޮތުން، ހަރާމް އެއްޗެއް ކައިގެން އެމީހެއްގެ ގައިގައި ޖަހާ މަސްގަނޑު، ނަރަކައަށް މާ ހައްގުކަން ބޮޑެވެ. މި ބަސްފުޅުން ދޭހަވަނީ މިފަދަ ކަންކަމުގެ [ރިޝްވަތުފަދަ ކަންކަމުގެ] ނުބައިކަމާއި ސުންޕާކަމެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

އަދުލު އިންސާފު ގާއިމުކުރުމަށް ހުންނަ އިދާރާތަކުގައި ވެސް ރިޝްވަތާއި ރިޝްވަތުގެ އަމަލުތައް އިތުރުވެފައިވުމަކީ ގައުމާއި މުޖްތަމައު ހަލާތުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެއީ ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ.

"ތިމާ ކަށްވަޅުގައި އޮންނަންޖެހޭ ވަގުތު ހަނދާން ކުރާށެވެ. ރިޝްވަތު ވަނީ ކަށްވަޅު އަނދިރިކުރާ އެއްޗަކަށެވެ. އީމާންކަމުގެ ނޫރު ނިއްވާލާ އެއްޗަކަށެވެ،" 

ހުކުރު ޚުތުބާ 

ހަމައެހެންމެ ފައިސާ ހޯދި ގޮތާއި އެ ފައިސާ ހޭދަކުރި ގޮތާމެދު ސުވާލުކުރެވޭ ދުވަސް އަންނާނެކަން ހަނދާންކޮށްދީ ހުތުބާގައި ވަނީ ރިޝްވަތު ނުހިފުމަށް ނަސޭހަތްތެރިވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.