ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހްމަދު. ފޮޓޯ: ދުވަސް އެމްވީ
ހަބަރު
25 Sep 2023 | 10:40
ސިފައިންގެ ވާޖިބަކީ ދައުލަތް ހިމާޔަތްކުރުން؛ ސަރުކާރަށް ކެމްޕޭނު ކުރުމެއްނޫން: ޑރ އަޙްމަދު

ދިވެހި ސިފައިންގެ ވާޖިބަކީ ދިވެހި ދައުލަތުގެ ސިޔާދަތާއި މިނިވަންކަމުގެ ދިފާޢުގައި ދެމިތިބުން ކަމަށާއި، ސަރުކާރަށް ސިޔާސީ ކެމްޕެއިން ކޮށްދިނުން ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަޙްމައެ ޢަބްދުالله ދީދީ ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަޙްމަދު މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

ޑރ އަޙްމަދު ވިދާޅުވީ ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ޤާނޫއަސާސީއާ ޚިލާފަށް ވެފައިވާކަމަށް ބެލެވޭ ސިއްރު އެއްބަސްވުންތަކެއްގެ ދަށުން އިންޑިއާގެ ޢަސްކަރިއްޔާއަށް ނިސްބަތްވާ ސިފައިންތަކެއް ރާއްޖޭގައި މަރްކަޒުކޮށްގެން ތިބޭ ތިބުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް އޮތް ނުރައްކަލެއްކަމަށް އިދިކޮޅުން ބުނަމުން ދާއިރު، ސަރުކާރުން އެތުހުމަތުތަކުން ދިފާޢުވުމުގެ ބަދަލުގައި، ސިފައިންގެ މަތީފަންތީގެ އޮފިސަރުންތަކެއް ލައްވައި ސަރުކާރުން މިހާރަކަށް އައިސް ނެރެމުންދާ ބަޔާންތަކަކީ އެ މުއައްސަސާގެ ސުލޫކީ މިންގަނޑުތަކާ ޚިލާފަށް ނެރޭ ބަޔާންތަކެއް ކަމަށެވެ.

"ސިފައިންގެ ވާޖިބަކަށް ވާންވާނީ އިސްލާމްދީނާއި ދިވެހި ދައުލަތުގެ ސިޔާދަތާއި މިނިވަންކަމުގެ، އަދި ދިވެހި ރައްޔިތުންގެ ދިފާޢުގައި ދެމިތިބުން، އެބައިމީހުންނަކީ ސަރުކާރަށް ސިޔާސީ ކެމްޕެއިން ކޮށްދޭ ބަޔަކަށް ވެގެންނުވާނެ" ޑރ އަޙްމަދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޑރ އަޙްމަދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ހަފުތާޔަކަށް ވެފައި ވަނިކޮށް ސިފައިންގެ ބައެއް ޖެނެރަލުން ސަރުކާރުގެ ދިފާޢުގައި ޢަސްކަރީ ނުވަތަ މިލިޓަރީ ރޯލެއް އަދާކުރާ ބޭރުގެ ސިފައިންތަކެއް ރާއްޖޭގައި ނެތްކަމަށް ބުނަމުން ދާ ކަމަށެވެ.

ދިވެހި ރައްޔިތުންނަށް މިވަގުތަކަށް އެނގެން ބޭނުންވާ މިންވަރަކީ ސިއްރު އެއްބަސްވުންތަކެއްގެ ދަށުން އިންޑިއާ ސިފައިން ރާއްޖޭގެ ބައެއް ހިސާބުތަކުގައި މަރްކަޒުކޮށްގެން ތިބިކަން ކަމަށާއި، ރާއްޖޭގެ ޤާނޫނީ ނިޒާމު އެމީހުންގެ މައްޗަށް ނުހިނގާނޭ ފަދަޔަކުން “އިމިޔުނިޓީ” އެމީހުންނަށް ސަރުކާރުން ޢައިރުޤާނޫނީ ގޮތަކަށް ދީފައިވާކަން ކަމަށްވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެކަމަށް އިންކާރު ކުރާނެ އެއްވެސް ފަރާތެއް ނެތްއިރު، އެ މީހުން އަދާކުރާ ޢަސްކަރީ ރޯލަކީ ކޮބައިކަން އެނގުމަކީ އެހައި މުހިންމު ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިފައިން އަދާކުރާ ޢާންމު ޢަސްކަރީ ރޯލްތަކުގެ ތެރޭގައި “ކޮމްބެޓް އޮޕެރޭޝަންސް” ، “ލީޑަރޝިޕް އެންޑް ކޮމާންޑް”، “ލޮޖިސްޓިކްސް އެންޑް ސަޕޯރޓްސް”، “އިންޖިނިއަރިންގ އެންޑް ޓެކްނިކަލް ރޯލްސް”، “މެޑިކަލް އެންޑް ހެލްތް ކެއަރ”، “ސްޕެޝަލް އޮޕަރޭޝަންސް”، “ޓްރެއިނިންގ އެންޑް އެޑިޔުކޭޝަން”، އަދި “މިލިޓަރީ އިންޓެލިޖެންސް” ފަދަ އެތައް ޢަސްކަރީ ރޯލްތަކެއް ހިމެނިގެންވާ ކަމަށް ޑރ އަޙްމަދު ވިދާޅުވިއެވެ.

" ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަދާކުރާ ރޯލަކީ “މިލިޓަރީ އިންޓެލިޖެންސް” އާ ގުޅުންހުރި ރޯލެއްކަމުގައި ވާނަމަ އެކަންދެނެގަތުމުގެ ކެޕަސިޓީ ދިވެހި ޢަސްކަރިއްޔާއަށް ލިބިގެންވޭތޯ ސުވާލުކޮށްލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން" ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ