ސްރީލަންކާގެ ދާޚިލީ ވަޒީރު ޢަލީ ޞަބްރީ. ފޮޓޯ:އޭއެފްޕީ
ހަބަރު
26 Sep 2023 | 15:06
ކެނެޑާއަކީ ޓެރަރިސްޓުންނަށް ރައްކާތެރި ގެއެއް ކަމަށް ލަންކާގެ ދާޚިލީ ވަޒީރު ވިދާޅުވެއްޖެ

ކެނެޑާއަކީ ޓެރަރިސްޓުން ނަށް ރައްކާތެރި ގެއަކަށް ވެފައިވާ ކަމަށް ސްރީލަންކާގެ ދާޚިލީ ވަޒީރު ޢަލީ ޞަބްރީ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ދާޚިލީ ވަޒީރު މިހެން ވިދާޅުވީ އިންޑިޔާ އާއި ކެނެޑާއާއި ދެމެދު ޖެހިފައި އޮތް މައްސަލައާއި ގުޅިގެން އިންޑިޔާގެ މީޑީއާއެއް ކަމަށްވާ އޭއެންއައި އަށް ދިން އިންޓަރވިއުއެއްގައެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ  ވަނީ އެޤައުމުގެ ޤާނޫނު ހަދާ  މަޖިލީހުގައި ވާހަކަދައްކަވަމުން ވަނީ ކެނެޑާގެ ރައްޔިތެއް ކަމަށްވާ ހަރްދީޕް ސިންހް ނިއްޖާރްގެ ގަޔަށް ބަޑި ޖަހައި މަރާލުމުގައި އިންޑިޔާގެ ސަރުކާރުގެ އަތެއް ވާ ކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އިންޑިޔާއާއި ކެނެޑާއާއި ދެމެދު މިވަގުތު ވަނީ ސިޔާސީ ހޫނު މައްސަލަތަކެއް އުދެދިފައެވެ. 

މިކަމާއި ގުޅިގެން ސްރީލަންކާގެ ޚާރިޖީ މިނިސްޓަރު ވަނީ ކެނެޑާގެ ބޮޑުވަޒީރު އިންޑިޔާގެ ސަރުކާރާއި މެދު ކޮށްފައިވާ ތުހުމަތު ތަކަކީ އެއްވެސް ހެއްކެއްގެ ނެތި ދައްކާފައިވާ ވާހަކަތަކެއް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ބައެއް ޓެރަރިސްޓުންނަށް ވަނީ ކެނެޑާއިން ރައްކާތެރި ގެއެއް ކަމަށް ވެފައި، އެއްވެސް ހެއްކެއްނެތި މިފަދަ ދޮގު ވާހަކަތައް ދެއްކުމަކީ ކެނެޑާގެ ބޮޑު ވަޒީރުގެ އާދައެއް، ހަމަ މިފަދައިން ސްރީލަންކާ އާއި މެދުވެސް ވާހަކަތަކެއް ދެއްކެވި، ލަންކާގައި ގިނަ ބަޔަކު މަރާލިކަމުގެ ތުހުމަތުތަކެއް ކުރި، އެވާހަކަތައްވެސް ދެއްކެވީ އެއްވެސް ހެއްކެއް ނެތި،" ޢަލީ ޞަބްރީ ވިދާޅުވިއެވެ.

އިންޑިޔާ އާއި ކެނެޑާއާއި ދެމެދު މައްސަލަތަކެއް ޖެހި އެމައްސަލަތައް ހޫނުވެފައި މިވަނީ ޓްރޫޑޯ، ނިއްޖާރުގެ މަރާއި އިންޑިޔާ އާއި ގުޅުވައި ދެއްކެވި ވާހަކަ ފުޅާއި ގުޅިގެނެވެ.

މިމައްސަލަ ގަނޑުގެ ތެރެއިން އިންޑިޔާ އިން ވަނީ ކެނެޑާގެ ރައްޔިތުންނަށް އެޤައުމުގެ ވިސާ ދޫކުރުން ހުއްޓައިލައިފައެވެ.

އެގޮތުން އިންޑިޔާގައި ހުރި ކެނެޑާގެ ޑިޕްލޮމޭޓް އެޤައުމުން ބޭރުކޮށްލައިފައިވާއިރު، ކެނެޑާގައި ހުރި އިންޑިޔާގެ އިސް ޑިޕްލޮމޭޓަކުވެސް ވަނީ އެޤައުމުން ބޭރު ކޮށްފައެވެ.

އަދި މީގެ އިތުރުން  އިންޑިޔާ ސަރުކާރުން ކެނެޑާއަށް ދިޔުމާއި ގޮސް އުޅުމުގައި ސަމާލުވުމަށް ވަނީ އިންޑިޔާގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. އެއާއި ގުޅިގެން އޭގެ ޖަވާބެއްގެ ގޮތުން ކެނެޑާއިން ވަނީ ކެނެޑާއަކީ ރައްކާތެރި އަމާން ޤައުމެއް ކަމަށް ބުނެ ކެނެޑާގެ ރައްޔިތުން ދަތުރުކުރުމުގައި އިންޑިޔާއަށް މަޑު ކުރުމުގައި ޓެރަރިސްޓު ހަމަލާއެއް ދީފާނެތީ ޚާއްސަ ސަމާލުކަމެއް ދިނުމަށް އަންގައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް