ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ ރާއްޖެ އެމްވީ
ހަބަރު
27 Sep 2023 | 19:47
ކުރު މުއްދަތުގެ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ނިޒާމީ ވޯޓު ނެގިގެން ނުވާނެ: ޓްރާންސްޕޭރެންސީ

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު (ރިފަރެންޑަން) އަކީ ފުރިހަމަ ތައްޔާރީތަކާއެކު ވޯޓުލާ މީހުން އެކަށީގެންވާ މައުލޫމާތާއެކު ނިންމަންޖެހޭ ނިންމުމެއް ކަމަށާ، ކުރު މުއްދަތުގެ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ރިފަރެންޑަމެއް ބޭއްވިގެން ނުވާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ. 

ދިވެހިރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމަށް ބަދަލު ގެނައުމާ ގުޅޭގޮތުން، 30 އޮކްޓޯބަރ 2023 ގެ ކުރިން އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފައެވެ. އަދި އެ ގަރާރު އިލެކްޝަންސް ކޮމިނަށް ހުށަހެޅުމާ ގުޅިގެން، 29 އޮކްޓޯބަރ 2023 ގައި ވޯޓު ނެގުމަށް މަޝްވަރާކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާން ކޮށްފައެވެ.

މިކަމާއި ގުޅިގެން ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނީ، ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމިއްތަކާއި، މީޑިއާތަކުން 30 ސެޕޓެމްބަރ 2023 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ނިޒާމް ބަދަލު ގެނެއުމަށް ނެގޭ ފެންނަ ނުފެންނަ ވޯޓަށް އަމާޒުކޮށްގެން ވޯޓުލާ މީހުންގެ މައުލޫމާތާއި ހެލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމަށް ވަގުތު ވަރަށް ކުޑަތަންވެފައިވާ ކަމަށެވެ.

އަދި މިފަދަ ވޯޓެއް މިހާ އަވަސް މުއްދަތެއްގެ ތެރޭގައި ނެގުމަށް ނިންމާފައިވާ މި ދަނޑިވަޅުގައި ވޯޓުލާ ފަރާތްތަށް ނިޒާމަށް ގެންނަ ބަދަލުތަކާއި ގުޅިގެން ހުށައެޅޭ މައުލޫމާތަށް ރިއާޔަތްކޮށް ގޮތްނިންމުމަށް އެކަށިގެންވާ ވަގުތު ނުލިބޭކަންވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފަ އެވެ.

މިއާއެކު އެ ޖަމިއްޔާ އިން ބުނީ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމާ މޭ ގޮތުން ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކުރިން، ހުށަހަޅާ ނިޒާމުތަކަކީ ކޮބައިކަމާއި، އޭގެ ނަތީޖާއެއްގެ ގޮތުން ހިންގުމުގެ ނިޒާމުގެ މަސައްކަތްތަކަށް ކުރާނެ އަސަރުތަކާއި، ނިޒާމީ ބަދަލެއް އައުމުން ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ލިބޭނެގޮތް ކަށަވަރުކުރަންޖެހޭ ކަމަށެވެ.

އެހެންކަމުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ސަރުކާރު ހިންގުމަށް ހުށަހަޅާފައިވާ ނިޒާމުތައް ސާފުކޮށް ބަޔާންކޮށްފައިވާ ފުރިހަމަ އަދި ގައުމީ ފެންވަރުގެ ވޯޓާ އެޑިއުކޭޝަން އަދި ހޭލުންތެރިކުރުގެ ޕްރޮގްރާމެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހަށާއި، އިލެކްޝަންސް ކޮމިޝަނާއި، ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާފައެވެ.

އަދި ހުށަހަޅާފައިވާ ހިންގުމުގެ ނިޒާމުތަކާއި ބެހޭގޮތުން އާންމުންގެ ހިޔާލު ފާޅުކުރުމަށާއި، ބަހުސްތަކަށް އެކަށީގެންވާ ވަގުތު ދިނުމާއި ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ހިންގުމުގެ، ނިޒާމަށް ބަދަލެއް އައުމުން ކުރާނެ އަސަރުތައް ދެނެގަނެވޭނެ ކަން، ކަށަވަރު ކުރަންވެސް ވަނީ ގޮވާލާފައެވެ.

ވޯޓު ނެގުމަށް ތައްޔާރުވުމުގަ އާއި ވޯޓު ނެގުމަށްފަހު ނިންމާ ނިންމުންތަކުގެ މަރުހަލާތަކުގައި، ރައްޔިތުން، ވަކިން ހާއްސަކޮށް ޒުވާނުންނާއި ފުރަތަމަ ފަހަރަށް ވޯޓުލާ ފަރާތްތަކާއި އެކު، އެ ފަރާތްތަކުގެ މާނަހުރި ބައިވެރިވުން ކަށަވަރު ކުރަންވެސް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ. 

މިއާއެކު އެ ޖަމިއްޔާ އިން ބުނީ، ރިފަރެންޑަމް ބޭއްވުމަކި ހަރަދު ބޮޑު މަސައްކަތަކަށް ވުމާއިއެކު، ނެގޭ ވޯޓަކީ ކުރު މުއްދަތުގެ ސިޔާސީ މަންފާއަށްވުރެ، ވޯޓުލާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތުގެ މައްޗައް ނެގޭ ވޯޓެއްކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ. އަދި މުއައްސަސާތަކުން ދައުލަތުގެ ފައިސާ ޒިންމާދާރުކަމާއެކު ހޭދަކުރުމަށް، ވޯޓާއި ގުޅިގެން ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ވޯޓުލާ މީހުންގެ އިހްތިޔާރު ދައްކުވައިދޭ މާނަހުރި މަޝްވަރާއެއް ބޭއްވި، އެކަމަށް އެކަށީގެންވާ ވަގުތު ހާއްސަކުރެވި ކަނޑައެޅިފައިވާންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއްވަން ރާވާފައިވާ މުޒާހަރާއެއްގައި ބައިވެރިވުމަށް ދަތުރުކުރި ފްލައިޓު ނިއު ދިއްލީއަށް ޖެއްސުމާއެކު ޓާމިނަލާ ފްލައިޓް ކައިރި ކުރި ވަގުތު ފުލުހުން ފްލައިޓަށް އަރައިގެންނެވެ.
11 Oct 2026
އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ބުރުގާ މަނާކުރުމާ ދެކޮޅަށް ދަރިވަރުން ކުލާސް ބޮއިކޮޓްކޮށްފި
އެ ޤައުމުގެ ކެބިނެޓުން ސްކޫލް ޔުނީފޯމްގެ ޤަވާއިދު އިޞްލާޙުކޮށް، ޔުނީފޯމުގެ އެއްގޮތް ކަމަށް ބުރޫއަރާ އަދި ތަޢުލީމުގެ ސެކިއުލާ އުޞޫލާ ޚިލާފު ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޤަރާރުގައި ސީދާ "ބުރުގާ" މި ބަސް ބޭނުންކޮށްފައި ނުވާ އިރު، ވަކި ދީނީ ހެދުމަކަށް ޚާއްޞަކޮށް އިޝާރާތްކޮށްފައެއް ނުވެއެވެ
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ