މޫކޭ ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: އާރުޑީސީ
ހަބަރު
03 Oct 2023 | 16:19
"އެދެނީ ތިޖޫރިތަކަށް ވީ ގޮތް ބަލަން، މި ދިނީ ފިލައިގެން ނުދާނެކަމުގެ ޔަގީންކަން"

ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓާ މޫސާ އަލިމަނިކު (މޫކޭ) އަށް ކުރެވޭ ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުތައް ވެރިކަމާއި ހަވާލުވުމަށްފަހު ބެއްލެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށާއި، ޔަގީނުންވެސް ފިލައިގެން ނުދާނެކަމަށް އެބޭފުޅާ ވިދާޅުވެއްޖެ އެވެ. 

ރިޔާސީ އިންތިޚާބުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ބަލިވުމާއެކު އާ ސަރުކާރު ހަވާލުވަންދެން މި އޮންނަ އިންތިޤާލީ މުއްދަތުގެ ތެރޭގައި ރައީސް ޞާލިހުގެ ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަނާއި ގުޅޭ ލިޔުންތަކަށް ބަދަލުގެނައުމާއި ނައްތާލުމުގެ ފުރުސަތު ދީގެން ނުވާނެކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން އެފަދަ މައްސަލަތަކާއި ގުޅުންހުރި ސަރުކާރު ކުންފުނިތަކުގެ ވެރިން ރާއްޖެއިން ބޭރަށް ފުރުން މަނާކުރަންވެސް ޑރ ޖަމީލު ވަނީ ގޮވާލައްވާފަ އެވެ. 

ޑރ ޖަމީލު އެފަދައިން ގޮވާލައްވާ ކުރައްވާފައިވާ ޓްވީޓަކަށް ރައްދުދެއްވަމުން މޫކޭ ވިދާޅުވީ އޭނާއަށް ކުރެވޭ ތުހުމަތުތައް ބެލުމުގެ ފުރުސަތު ބަދަލުވާ ވެރިކަމާއެކު ލިބިގެންދާނެ ކަމަށެވެ. 

އޭރުން އޭނާ އާރުޑީސީއާއި ހަވާލުވިފަހުން ގެއްލުނު ތިޖޫރިތަކުގެ މައްސަލައާއި، އާރުޑީސީން ހިންގިކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތައް ވެސް ބެލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މޫކޭ ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ އާރުޑީސީން އެއްވެސް ވައްކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އޭނާގެ މައްސަލައެއް ބަލަން ފެށި ނަމަވެސް ފިލައިގެން ނުދާނެކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށެވެ. 

"ފިލައިގެން ފުރައިގެން ދާންޖެހޭ ސަބަބެއް ނޯންނާނެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތިޖޫރިއާއި 13 މިލިއަނަށް ވީ ގޮތް ބެލުމުގެ ފުރުސަތު މިހާރުގެ އިދިކޮޅަށް ލިބޭނެ. ޔަގީނުންވެސް ވައްކަމެއް ކޮށްފައި އޮވެގެން ލެވޭނެ ޖަލެއް ނުހުންނާނެ"

އާރުޑީސީގެ އެމްޑީ މޫކޭ 

އާރުޑީސީއާއި މޫކޭ ހަވާލުވެ ހުންނަވަނިކޮށް ދެ ފަހަރެއްގެ މަތިން އެ ކުންފުނީގެ ތިޖޫރި ފަޅާލާ ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގާފަ އެވެ. އެ މައްސަލަތަކުގެ ފުރިހަމަ ތަހުހީގެއް ހަދައި މިހާތަނަށް ގެއްލުނު ފައިސާ ހޯދިފައެއް ނުވެއެވެ. 

ނުވިތާކަށް މޫކޭ އެމްޑީއަކަށް ހުންނަވަނިކޮށް ޕެޓީކޭޝްގެ ގޮތުގައި މިލިއަނުން ރުފިޔާ އަތްމައްޗަށް ނަގައި އެކި މުވައްޒަފުންގެ އެކައުންޓަށް ޖަމާކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. 

މިފަދަ ކަންކަމާއި ގުޅިގެން އާރުޑީސީއަށް ގިނަ ފަރާތްތަކެއްގެ ތުހުމަތުގެ އިނގިލި ފާއިތުވި ފަސް އަހަރު އަމާޒުވެގެން ދިޔައެވެ. އާރުޑީސީގެ އެންމެ ބޮޑު ފެއިލިއާކަމަށް ސިފަކުރާ އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއަކީ ވެސް އިންތިހާއަށް އަގުބޮޑުކޮށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެއްކަމަށް މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. 

އެހެން ނަމަވެސް މޫކޭ ވިދާޅުވަނީ އެ ހުރިހާ ތުހުމަތުތަކާއި ވެސް ކެރިގެން ކުރިމަތިލައްވަން ކެރިވަޑައިގަންނަވާނެ ކަމަށެވެ. 

ކޮމެންޓް
ވިސްނާ
ގެއްލުނު ތިޖޫރީތަކުގެ މައްސަލަ އެމް ޑީ ޕީ ސަރުކާރުގައި ބަލަންނުޖެހޭތަ
04 Oct 2023
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ