މާލޭގައި ގެންގުޅުނު ގިނިކާމާދޫންޏަށް ބަޔަކު އަނިޔާކޮށްފައި/ ފޮތޯ: ސޯޝަލް މީޑިއާ
ހަބަރު
05 Oct 2023 | 16:57
މާލޭގައި ގެންގުޅުނު ގިނިކާމާދޫނީގެ ފައި ބިންދާލައިފި

މާލެގެ ގެއެއްގައި ގެންގުޅުނު ބޮޑު ގިނިކާމާދޫންޏެއްގެ ފައި ބަޔަކު ބިންދާލައިފި އެވެ. 

އާންމު މީހަކު މާލޭ ގެއެއްގައި ގެންގުޅެމުންދިޔަ އެ ގިނިކާމާދޫނި ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރީ ގޭގައި އެފަދަ ބޮޑު ދޫންޏެއް ގެންގުޅޭތީ ފާޑުކިޔަން ފެށުމުން ނެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ދޫނި ބަހައްޓާފައި ހުންނަނީ އާންމުންނަށް ފެންނަ ގޮތަށް ބޮޑު ކޮށްޓެއްގެ ތެރޭގަ އެވެ. 

އެހެން ނަމަވެސް ކޮށި ތެރެއަށް ވަދެ ރޭގެ ވަގުތެއްގައި ބަޔަކު ވަނީ އެ ގިނިކާމާދޫންޏަށް ހަމަލާދީ އޭގެ ފައި ބިންދާލާފަ އެވެ. އެކަން އެ ދޫނި ގެންގުޅޭ ފަރާތުން ވަނީ ހާމަކޮށްފަ އެވެ. އަދި އެއީ ބަޔަކު ކުރި ވަރަށް ފިނޑި އަމަލެއްކަމަށް އެމީހާ ކުރި ފޭސްބުކު ޕޯސްޓުގައި ލިޔެފައި ވެއެވެ. 

އޭގެ ވެރިފަރާތުން ބުނެފައިވަނީ މި ދޫނި ބަލާލުމަށްޓަކާ 50 ނުވަތަ 100 ވަރަކަށް ކުޑަކުދިންނާއި ބޮޑެތި މީހުން ކޮންމެ ދުވަހަކުވެސް ޒިޔާރަތް ކުރަމުން ގޮސްފައިވާކަމުގައެވެ.

ދޫނީގެ ވެރިފަރާތުން ވަނީ ދޫންޏަށް ފަރުވާކޮށްދެވޭނެ މީހަކު ހުރިނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ. އެގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް 9151199 ނުވަތަ 7644446 ނަންބަރަށް ގުޅުއްވުމަށް ވެސް ދޫނީގެ ވެރިފަރާތުން ވަނީ އެދިފައެވެ. 

ދޫނީގެ ވެރިފަރާތުން ބުނެފައިވަނީ އެ މައްސަލަ އަދި ފުލުހަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ ގުޅިގެން އެ އަމަލު ހިންގި މީހުން ހޯދަމުން އަންނަކަމަށް އެމީހާ ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ