އިންތިޤާލީ ތަރުޖަމާނު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: އިންތިޤާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ހަބަރު
09 Oct 2023 | 12:19
2024އަށް ބަޖެޓު އެކުލަވާލުމުގެ މަސައްކަތަށް 7 ބޭފުޅުންގެ ކޮމެޓީއެއް އެކުލަވާލައިފި: ފިރުޒުލް

2024 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތްތައް ކުރުމަށް 7 ބޭފުޅުން ހިމެނޭ ކޮމިޓީ އެއް އެކުލަވާލައިފާ ވާކަމަށް އިންތިޤާލީ ތަރުޖަމާނު މުހަންމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ބަދަލުކުރުމުގައި އިންތިޤާލީ މަރުހަލާގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ 2024 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގެ މަސަތްކަތް ފަށައިގެން މިހާރު ކުރިއަށްދާ ކަމަށެވެ.

އެކަމަށްޓަކައި 7 މީހުންގެ ކޮމިޓީ އެއް އެކުލަވާލާފައި ވާކަމަށް ވެސް އޭނާ ވިދާޅުވެފައެވެ.

މީގެ އިތުރުން ކޮމިޓީގެ މަސަތްކަތަށް ބޭނުންވާ މައުލޫމާތުތަށް ހޯދައި ދިނުމަށް ފިނޭންސް މިނިސްޓްރީ އަށް އެދިފައިވާނެ ކަމަށާއި، އަދި މައުލޫމާތު ތަކާއި އެކު އެ ފަރާތްތަކާއެކު ބައްދަލުވުމަށް ވެސް އިންތިޤާލީ ކޮމެޓީން އެދިފައިވާނެކަމަށް ފިރުޒުލް ވިދާޅުވި އެވެ. 

"ފިނޭންސް މިނިސްޓްރީއަށް އެދިފައިވާ މައުލޫމާތުތަކުގެ ތެރޭގައި އަޅުގަނޑުމެން އެދިފައިވާނެ މިހާރުގެ ފިސްކަލް ހާލަތާއި 2024 ވަނަ އަހަރަށް ލަފާކުރާ ހާލަތާއި ގުޅޭ ތަފްސީލީ މައުލޫމާތުތައް ހޯދުމަށް އަދިހަމަ އެހެންމެ އެ މައުލޫމާތު ތަކާއެކު އަޅުގަނޑުމެން ވާނެ ބައްދަލުވުމަކަށް ވެސް އެދިފައި"

އިންތިޤާލީ ތަރުޖަމާނު ފިރުޒުލް

ފިރުޒުލް އިތުރަށް ވިދާޅުވީ އިންތިގާލީ ކޮމެޓީތަކުން ސަރުކާރުގެ އެކި އިދާރާތަކަށް މިއަދުން ފެށިގެން ޒިޔާރާތްކުރަމުންދާނެ ކަމަށެވެ. އަދި ވުޒާރާތަކުގެ ހާލަތު ބެލުމުގެ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ