އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް-- ފޮޓޯ/އިންތިހާބީ ރައީސްގެ އޮފީސް
ހަބަރު
10 Oct 2023 | 15:51
އިންތިގާލީ މަރުހަލާގައި އައު ސަފީރުން އައްޔަން ކުރުމުން ދަތިތަކެއް ކުރިމަތިވާނެ: ފިރުޒުލް

ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާ ކުރިއަށް ދަނިކޮށް ސަފީރުން އައްޔަން ކުރުން ފަދަ ކަންކަން ކުރުމުން ކުރިއަށް އޮތް ސަރުކާރަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވަނީ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވި ސިޓީފުޅެއްގައި، ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ބައެއް ކަންކަން ނުކުރެއްވުމަށް އަންގަވާފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން، އައު މަޝްރޫޢުތައް ފެށުމާއި، އައު އިންވެސްޓުމެންޓުތައް ކުރުމާއި، ބިންތައް ކުއްޔަށް ދޫކޮށް ވިއްކުމާއި، ކޮންމެހެން މިވަގުތު ބޭނުންވާ ވަޒީފާތައް ފިޔަވައި އިތުރު ވަޒީފާތައް އުފެއްދުން ފަދަ ކަންކަން ހުއްޓައިލެއްވުމަށް އެދިވަޑައިގެންފައިވާކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ކަންމިހެން ހުރިނަމަވެސް ދެ ގައުމަކަށް ސަފީރުން އައްޔަން ކުރުމަށް މިއަދުގެ މަޖިލީހުގައި ހުށަހެޅުނުކަން ފާހަގަކުރައްވައި ފިރުޒުލް ވިދާޅުވީ، ސަފީރަކު އައްޔަނު ކުރުމަކީ ހަމައެކަނި ރާއްޖެއާއި ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. އަދި ވެރިކަން ބަދަލުކުރުމަށް ކުޑަ ދުވަސްކޮޅަކަށްވެފައިވަނިކޮށް، ސަފީރުން އައްޔަން ކުރުން ފަދަ ކަންކަން ކުރުމަކީ އަލަަށް އަންނަ ސަރުކާރަށް ހުރަސްތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

"ވެރިކަން ބަދަލުވުމަށް މިހާ ކުރު މުއްްދަތެއް އޮއްވައި މިފަދަ މަސައްކަތްތައް ކުރުމުން އައު ސަރުކާރުން ކުރަންޖެހޭ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެގެންދާނެ. ދަތިތަކެއް ކުރިމަތި ވެގެންދާނެ. އަޅުގަނޑުމެން އެދެނީ އެކަން އެގޮތަށް ނުކުރަން،" 

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް 

މީގެ އިތުރުން ފިރުޒުލް ވަނީ، ބައެއް ރަށްރަށުގައި ފަށާފައި ހުރި މަޝްރޫއުތައް ސަރުކާރުން ހުއްޓާލުމަށްފަހު އެކަން ކުރީ އިންތިހާބީ ރައީސްގެ އެދިވަޑައިގަތުމަށް ކަމަށް ބުނަމުން އަންނަކަން ފާހަގަ ކުރައްވާފައެވެ. އެހެން ނަމަވެސް، އެންތިޚާބީ ރައީސް އެދި ލައްވާފައި ވަނީ އައު މަޝްރޫޢުއެއް ނުފަށަން ކަމަށާ، ފެށިފައި ހުރި މަޝްރޫއުތައް ހުއްޓާލުމަށް ނާންގަވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. 

މިއަދު މަޖިލީހަށް ހުށަހަޅާފައިވަނީ އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް މއ. ރުއްކުރި، މަރްޔަމް މިދްފާ ނައީމް އަދި ބަންގްލަދޭޝަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ސ. ހުޅުދޫ، އަސަރީގެ، ޝިއުނީން ރަޝީދު އައްޔަންކުރުމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.