އުރީދޫ އިމާރާތް ފަލަސްތީނަށްޓަކައި ދިއްލާލާފައި--(ފޮޓޯ/ އަލީ މަމްދޫހު, ޓުވިޓާ)
ހަބަރު
12 Oct 2023 | 10:43
އުރީދޫ އާއި ދިވެހިން ފަލަސްތީނާއި އެއްކޮޅަށް ނުކުމެއްޖެ!

ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުގެ ޒަޔަނިސްޓް ހަރުކަށި ޔަހޫދީން ދެމުން ގެންދާ ހަމަލާތަކާއި ދެކޮޅަށް، ފަލަސްތީންގެ މިނިވަން ކަމަށް ތާއީދު ކުރާކަން ހާމަކުރުމުގެ ގޮތުން އުރީދޫގެ މައި އިމާރާތް ފަލަސްތީނުގެ ދިދައިން ދިއްލާލައިފިއެވެ. 

އުރީދޫގެ މުޅި އިމާރާތް ފަލަސްތީނުގެ ދިދައިގެ ކުލަ ތަކަށް ޚާއްސަކޮށް ދިވެހިން ފަލަސްތީނާއި އެކުވާކަން ހާމަކުރަމުން، ފަލަސްތީނުގެ ދިދަ ވެސް ހިމެނޭހެން އުރީދުގެ މައި އިމާރާތް ދިއްްލާލާފައި ވާއިރު، އުރީދޫއިން ބުނަމުންދިޔައީ "އަހަރެމެންގެ ހިތްތައް ވަނީ ފަލަސްތީނާއި އެކު" ގައި ކަމަށެވެ. 

މީގެ ކުރިންވެސް ފަލަސްޠީނާއި އެކު ވާކަން ދައްކާލުމަށް އުރީދޫގެ މައި އިމާރާތް މިފަދައިން ދިއްލާލާފައި ވާއިރު، ފަލަސްޠީނަށް އިންޓަރނެޓް ގެ ޚިދުމަތް ފޯރުކޮށްދެނީ ވެސް އުރީދޫއިންކަން ފާހަގަކޮށްލަންޖެހެއެވެ.

އުރީދޫގެ އިމާރާތުގެ އިތުރުން ދިވެހި ގައުމީ ދިފާއީ ބާރުގެ މައި ސްކްރީންވެސް މިހާރު ވަނީ ފަލަސްތީނުގެ ދިދައިން ދިއްލާލާފައެވެ. 

ފަލަސްތީނާއި އެ ގައުމަށް ގަދަކަމުން ވެރިވެގެންފައިވާ ޔަހޫދީންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި، ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 1200 އަށް އަރައިފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޚީ ވުޒާރާއިން އެންމެ ފަހުން ހާމަކުރި އަދާހަމަތަކުގައި ބުނެފައިވެއެވެ. އޭގެ ތެރެއިންވެސް %60 އަށްވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިންކަން އަދި އުމުރުން ދުވަސްވީ މީހުންކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jul 2026
ހަތް އަހަރަށް ފަހު މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
ޝެއިޚް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.
10 Jul 2026
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް: ފަސް މީހަކަށް އަނިޔާވި، ދޯނި މަޑުނުކުރި
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ފަސްމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
09 Jul 2026
ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަަށް އަނިޔާ
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
09 Jul 2026
ޑރ. ފަޒުނާ ނިޔާވުން: ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަދި މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
09 Jul 2026
"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.
09 Jul 2026
ތިނަދޫ "ޖަޒީރާ" ބޯޓް ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް, ބައެއް ތަކެތި އޮޔާ ދަނީ
އެމްއެންޑީއެފުން ވަނީ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.
09 Jul 2026
އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
ޑރ. ފަޒްނާ ނިޔާވީ ކެންސަރު ބަލީގަައި ކަމަށް އެނގިފައިވެ އެވެ. އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ހިމެނުނީ އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރުގެ ގޮތުގަ އެވެ.
09 Jul 2026
ފަހުން ފައިސާ ދައްާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދަނީ