ރައްޔިތުންގެ މަޖިލިސް
ހަބަރު
16 Oct 2023 | 14:59
ކޮތަޅުގެ ފީ އިސްލާހުކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ޕްލާސްޓިކް ކޮތަޅު ބޮނޑިން ބޮޑު ފީއެއް ނަގާ މައްސަލަ ހައްލުކުރަން ސަރުކާރުގެ ފަރާތުން ކުނި މެނޭޖްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާކުރުމަށް ކޮމެޓީއަށް ދޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ނޮވެމްބަރު މަހު ފާސްކުރި ކުނި މެނޭޖްކުރުމުގެ ބިލު ގާނޫނަކަށްވެ، މާޗް މަހުގެ ފަހު ހަފްތާއިން ފެށިގެން ޕްލާސްޓިކް ކޮތަޅަކުން 2ރ.ގެ ފީއެއް ނަގަން ވަނީ ފަށައިފައެވެ. އެ ބަދަލާ އެކު، ކޮތަޅު ބޮނޑިން ވެސް އަދި ބާޒާރު ކުރާ އިރު ވެސް ކޮތަޅުން ފީ ނަގަމުން ދާއިރު، ހޯލްސޭލް ފިހާރަތަކުން ވިއްކާ ކޮތަޅުގެ އަގު އެތައް ގުނައަކަށް ވަނީ ބޮޑުވެފަ އެވެ.

އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިދިޔަ މާޗް މަހު ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަތުމަށް މިއަދުގެ މަޖިލީސް ޖަލްސާގަައި ފާސްކުރީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 40 މެމްބަރުންގެ ވޯޓާ އެކުއެވެ. އެއީ ޓެކްސް އާ ގުޅުންހުރި ބިލަކަށްވާތީ، އެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރާނީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން ވިޔަފާރީގެ ކޮންމެ ހަރަކާތަކުން ދޫކުރާ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮތަޅަކުން 2 ރުފިޔާގެ ފީއެއް ނަގަން ޖެހޭ ކަމަށް ގާނޫނުގައި އޮތުމުން އާއްމުކޮށް ކޮތަޅު ލިބެނީ 6 ރުފިޔާގެ ރޭޓުންނެވެ. އަދި 50 ނުވަތަ އެއަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ޓެކްސް ނެގުމުގެ ސަބަބުން ކޮތަޅުގެ އަގު އިންތިހާއަށް ވަނީ އުފުލިފައެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިދިޔަ މާޗުގައި ހުށަހެޅި ބިލު އޭޕްރީލް މަހުގެ ތެރޭގައި މަޖިލިހުގައި އެޖެންޑާ ކުރި ނަމަވެސް އެ މަޖިލިހުގެ ފުރަތަމަ ދައުރު ނިންމާލައިފައިވަނީ ބިލު ކޮމެޓީއަށް ނުފޮނުވައެވެ. 

މި ބިލު ދިރާސާކުރުމަށް މިހާރު ކޮމިޓީއަށް ފޮނުވާފައިވާ އިރު، މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީގެ މުގައްރިރު، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ކޮތަޅުފީ، 50 ލާރިއަށް ކުޑަކުރުމަށް ހުށަހަޅުއްވައިފައެވެ. އޭގެ އިތުރުން އޭނާގެ އިސްލާހުގައި ހުށަހަޅާފައިވަނީ ގަނޑުކޮށް ކޮތަޅު ގަތަސް ބިން ލައިނާ ފަދަ ބޭނުންތަކަށް ގަނޑުކުރި މަސް ނުވަތަ ރޯމަސް ފަދަ ތަކެތި އެޅުމުގެ ބޭނުމަށް ގަންނަ ކޮތަޅުން ނެގޭ ޓެކްސް އެއިން އިސްތިންނާ ކުރުމަށެވެ. އަދި ރީޓެއިލް ފިހާރަތަކާ ކެފޭތަކަށް އިދާރީ ގޮތުން ބުރަ ނުވާނޭ ފަދަ ގޮތަކަށް ޔުނިފޯމް ޓެކްސްއެއްގެ ގޮތަށް ޓެކްސް ތައާރަފް ކުރުމުގެ އިތުރުން ކޮތަޅަށް ނަގާ ފީ 50 ލާރިއަށް ދަށްކުރުމާއި ކޮންމެ އަހަރަކު އެ ފީ މުރާޖާ ކުރުމަށްވެސް އެ އިސްލާހުގައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.