ޣައްޒާގެ ހާލުގައި ޖެހިފައިވާ މުސްލިމުން ތަކެއް-- ފޮޓޯ/އަލްޖަޒީރާ
ހަބަރު
17 Oct 2023 | 18:47
6 ދުވަހުން ޣައްޒާއަށް 6000 ބޮން؛ މިއީ އެމެރިކާއިން އަފްޣާނަށް އެއް އަހަރުން އެޅި ބޮމާއި އެއްވަރު!

ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން ދިރިއުޅެމުންދާ ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ހިންގަމުންގެންދާ ގަތުލު އާއްމުގައި ފަލަސްޠީނަށް 6 ދުވަހުގެ ތެރޭގައި 6000 ބޮން އަޅާފައިވާކަން ހާމަވެއްޖެއެވެ. 

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދާ ހަމާސްގެ މުޖާހިދުން، އެގައުމަށް، އެގައުމުގެ ބިންތައް ފޭރިގަނެގެން ދިރިއުޅެމުންދާ އިސްރާއީލްގެ ޔަހޫދީންނަށް ދިން ކުއްލި ހަމަލާއަށް މިހާރު އެއް ހަފްތާއަށްވުރެ ގިނަ ދުވަސްވެގެން ގޮސްފައިވާއިރު، ހަމާސްގެ ހަމަލާތަކުގެ ރައްދުގައި އިސްރާއީލް ސިފައިންވެސް ވަނީ ގިނަ ހަމަލާތަކެއް ފަލަސްޠީނުގެ ޢާއްމުންނަށް އަމާޒުކޮށް ދީފައެވެ. 

އެގޮތުން ދިން ހަމަލާތަކުގެ ތެރެއިން ފުރަތަމަ 6 ދުވަހުވެސް ޣައްޒާއަށް އަމާޒުކޮށް 6000 ބޮން، އިސްރާއީލް ސިފައިން އަޅާފައިވާ ކަމަށް އެމީހުން ވަނީ މަޢުލޫމާތުދީފައެވެ. އެ ބޮން ތަކުގެ ބަރުދަން 4000 ޓަނަށް އަރާއިރު، އެ ހަމަލާތަކުގެ ޝިކާރައަކަށްވެ، އެ ހަ ދުވަސް ތެރޭގައިވެސް ގާތް ގަނޑަކަށް 1400 މުސްލިމުން ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 447 ކުޑަކުދިންނާއި، 248 އަންހެނުންގެ އިތުރުން 10 ސިއްހީ ފަރުވާދޭ އޮފިޝަލުން ހިމެނެއެވެ.

އެންމެ ހަ ދުވަސްތެރޭގައި އިސްރާއީލް ސިފައިން ހިންގި މިގަތުލު ޢާއްމަކީ ފަހުގެެ ތާރީޚުގައިވެސް ހިންގުނު އެންމެ ލާއިންސާނީ ޖަރީމާތައްކަން ފާހަގަ ކޮށްލަންޖެހެއެވެ. 

އެގޮތުން، މި ޖަރީމާތައް މީގެ ކުރިން 2019 ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިން އަފްޣާނިސްތާނަށް ދިން ޓެރެރިސްޓް ހަމަލާ އާއި އަޅާ ކިޔާލާނަމަ، ހައްދުފަހަނަޅައި ދިޔުމުގައި އިސްރާއީލް އެމެރިކާއަށް ވުރެވެސް މިވަނީ ކުރި އަރާފައެވެ. އެގޮތުން، އެމެރިކާއިން އަފްޣާނިސްތާނަށް އެއް އަހަރު ދުވަހުގެ ތެރޭގައި އެޅި ބޮމާއި ގާތްގަނޑަކަށް އެއް ވަރަށް އިސްރާއީލް އެންމެ ހަ ދުވަސް ތެރޭގައި ޣައްޒާއަށް މިވަނީ ބޮން އަޅާފައެވެ. މިފަދަ ގިނަ ބޮންތަކެއް މަދު ދުވާސްކޮޅެއްގެ ތެރޭގައި އެޅުމުން އޭގެ ގެއްލުމާއި ނުރައްކާތެރިކަން ނިޔުކުލިއާރ ބޮމަކުން ލިބޭ ގެއްލުމުގެ 1/4 އާއި އަރާހަމަ ކުރާ ކަމަށް އިންސާނީ ހައްގުތަކަށް ވާކާލަތުކުރާ ބައެއް ޖަމިއްޔާތަކުން ބުނެއެވެ. 

އިސްރާއީލްގެ މި ލާއިންސާނީ ޖަރީމާތައްކުން ސަލާމަތް ވުމަށް، ޣައްޒާގެ އިރުމަތީގައި ދިރިއުޅެމުންދާ މުސްލިމުން އެ ހުޅަނގަށް ދިޔުމަށް އެންމެ 24 ގަޑިއިރުގެ މުއްދަތެއް ދިނުމަށްފަހު، އެގޮތުން މުސްލިމުން ހިޖުރަ ކުރަން ފަށާފައި ވަނިކޮށް، އެ ހިޖުރަ ކުރަމުންދިޔަ މުސްލިމުންނަށް އަމާޒުކޮށްވެސް އިސްރާއީލުން ވަނީ ހަމަލާދީފައެވެ. 

މި ހަނގުރާމަ ނިމޭނެ ކަމުގެ ކޮޅުމަތިވެސް ފެންނަން ނެތް އިރު، މިހާތަނަށް ހަނގުރާމައިގައި ޖުމުލަ 3000 އަށްވުރެ ގިނަ މުސްލިމުން ޝަހީދުވެ 10,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. 

ކޮމެންޓް
އަފީފާ
ތި 10.000 މީހުން ވެސް ނޭގޭ ހޮސްޕިޓަލް ތަކަށް ބޮން އަޅާ އިރު ސަލާމަތް ވާނެ ކަމެއް.
18 Oct 2023
ގުޅޭ ލިޔުންތައް
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި