މިދިޔަ ހުކުރުގައި ބޭއްވުނު ދިވެހީން ފަލަސްޠީނާއެކު ހިނގާލުމުގެ ތެރެއިން--ފޮޓޯ/ވޮއިސް
ހަބަރު
20 Oct 2023 | 17:01
ފަލަސްތީނާއެކު ދިވެހީން ތިބިކަން ދުނިޔެއަށް ދައްކާލުމަށް މިރޭ މާލޭގައި ބޮޑު ހިނގާލުމެއް!

ހައްދުފަހަނައަޅާފައިވާ އިޒްރާއިލްގެ ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ޢުދުވާނުތަކާއި ދެކޮޅު ހަދައި، ދިވެހީން ފަލަސްތީނާއެކު ތިބިކަން ދުނިޔެއަށް ދައްކާލުމުގެ ގޮތުން މިރޭ މާލޭގައި ބޮޑު ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. 

"ރައިޓް މޫވްމަންޓް" އާއި "އާއްމުންގެ އެކުވެރި ގުޅުން" އިން އިސްނަގައިގެން ގިނަ ޖަމިއްޔާ ތަކަކާއި ގުޅިގެން "ފަލަސްޠީނާއެކު ދިވެހީން" ނަމުގައި ބާއްވާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ، މިރޭ 20:00 ގައި ރަސްފަންނު ސަރަހައްދުންނެވެ. 

މި ބޮޑު ހިނގާލުމާއި ގުޅޭގޮތުން މަޢުލޫމާތު ދެމުން ރައިޓް މޫވްމަންޓް އިން ބުނެފައިވާ ގޮތުގައި، މިއީ ފަލަސްޠީނާއެކު ދިވެހިން ތިބިކަން އެންގުމުގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންގެ އަތުން ބިން ފޭރިގަނެ، އެތަނުގައި ގަދަކަމުން ވެރިވެގެން ދިރިއުޅެމުންދާ އިސްރާއީލްގެ ޔަހޫދީ ފަތުރުވެރިން ރާއްޖެއައުން މަނާ ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލުމަށްވެސް ބޭއްވޭ ހިނގާލުމެކެވެ. އެގޮތުން އިސްރާއީލްގެ އެއްވެސް މީހަކު ރާއްޖޭއިން ހިމާޔަތް ހޯދުމާއި ދެކޮޅުކަށް ވެސް އިހްތިޖާޖުގެ ތެރެއިން އަޑު އުފުލާނެ ކަމަށް ބުނެފައިވެއެވެ. 

މީގެ އިތުރުން، ފަލަސްތީނާއި ގުޅިގެން، ވާހަކަ ދެއްކުމާއި، ބޯޑު ތަކުގައި ޝުޢޫރު ލިޔެގެން ފާޅުކުރުން ފަދަ ކަންކަން ވެސް މިހިނގާލުމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ރައިޓް މޫވްމަންޓް އިން ވަނީ، ހިނގާލުމަށް އަންނައިރު ކަޅުކުލައިގެ ހެދުމެއްގައި، ފަލަސްތީނުގެ ދިދައާއި ކުލަތައް ރަމްޒުކޮށްދޭ ސްކާފް ފަދަ ތަކެތި ހިނގާލުމަށް އަންނައިރު ބޭނުން ކުރުމަށް އެދިފައެވެ. 

މިދިޔަ ހަފްތާގައިވެސް ދިވެހީން ފަލަސްތީނާއެކު ތިބިކަން އެންގުމަށް މުޅި ރާއްޖޭގައިހެން ހިނގާލުން ބާއްވާފައިވެއެވެ. 

އަދި ދިވެހިރާއްޖެއަށް އިސްރާއީލްގެ ރައްޔިތުން އައުމާއި ދެކޮޅަށްވެސް ކެނޑިނޭޅި މީސްމީޑިއާގައި އާއްމުން ޝުޢޫރު ފާޅުކުރަމުންދާއިރު، އިސްރާއީލަށް އެ އަޑު އިވި، އެމީހުން ވަނީ އެމީހުންގެ އެއްވެސް މީހަކު މި ދަނޑިވަޅުގައި ރާއްޖެ ނައުމަށް އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި