އުރީދޫ ނޭޝަން-ގޭމާސް އިވެންޓުގެ ތެރެއިން-- ފޮޓޯ/އުރީދޫ
ވިޔަފާރި
20 Oct 2023 | 20:16
ޖުމްލަ 185،000 ރުފިޔާގެ ފައިސާގެ އިނާމާއެކު "އުރީދޫ ނޭޝަން-ގޭމާސް ލޭންޑް" ފަށައިފި

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިންގ ފެސްޓިވަލް, އުރީދޫ ނޭޝަން ގޭމާސް ލޭންޑް އުރީދޫ މޯލްޑިވްސް ހެޑްކުއަރޓަރުގައި ރޭ ފަށައިފިއެވެ.

ރަޖިސްޓްރީކޮށްފައިވާ 350 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށްދާ މި ހަރަކާތުގައި އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ގްރޭންޑް ފިނާލޭ، ކޮސްޕްލޭ، އެފްސީ24، ރޭސިން ސިމް އަދި ޓެކްކެން މުބާރާތް މި ހަފްތާ ބަންދު ތެރޭގައި ކުރިއަށްދާނެ ކަމަށް އުރީދޫއިން ބުނެއެވެ. 

ގޭމާސް ލޭންޑް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފައިވަނީ މި އިވެންޓް ގެ ޝަރަފުވެރި މެހެމާނު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ތަމޫޙް އަޙްމަދު ސަޢީދާއި، އުރީދޫ މޯލްޑިވްސްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ އަލްފާޟިލް ބައްސާމް އަލް މޮމާނީއާއި، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ އަލްފާޟިލް ޙުސައިން ނިޔާޒެވެ. 

މި ގޭމިން ފެސްޓިވަލްގައި ބޭއްވޭ މުބާރާތްތަކުން މޮޅުވާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކުގެ އިތުރުން ހުރިހާ އުމުރުފުރައެއްގެ ގޭމަރުންނަށްވެސް މަޖާ އަދި ހިތްގައިމު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން އިތުރަށް ބުނީ، ޖުމްލަ 185،000 ރުފިޔާގެ ފައިސާގެ އިނާމާއެކު "އުރީދޫ ނޭޝަން - ގޭމާސް ލޭންޑް" ވެގެންދާނީ ރާއްޖޭގައި ގޭމް ކުޅޭ ފަރާތްތަކުގެ އެންމެ ބޮޑު ހަރަކާތަށް ކަމަށެވެ. ޕަބްޖީ މުބާރާތުގެ ފައިނަލް މެޗްތަކުން ވަނަ ހޯދާ ޓީމުތަކަށް ޖުމްލަ 89,000ރ ގެ ފައިސާގެ އިނާމު ލިބިގެންދާއިރު، މުބާރާތުގެ އެހެން ޓޯނަމަންޓްތަކުން ވަނަ ހޯދާ ފަރާތްތަކަށް ލިބޭ ފައިސާ ގެ އިނާމު ބަހާލެވިފައިވަނީ ތިރީގައިވާގޮތަށެވެ. 

• 40،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު އީއޭއެފްސީ (ފީފާ) 

• 25،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރޭސިން ސިމް ޗެލެންޖް

• 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ޓެކެން މުބާރާތް

• 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކޮސްޕްލޭ މުބާރާތް

ގެމަރސް ލޭންޑަކީ ހަމައެކަނި މުބާރާތްތަކަށްވުރެ ގޭމިންގް ފެސްޓިވަލެކެވެ. ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިން ގެ އިތުރުން ވީއާރް ގޭމިންގް ތަޖުރިބާކޮށްލާ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ކުޅުން ބަލާލާ ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. 

މި ހަފްތާ ބަންދުތެރޭގައި ކުރިއަށް ދާ މި މުބާރާތްތަކުގެ ތެރެއިން ކޮސްޕްލޭ ޗެލެންޖްގައި ބައިވެރި ފަރާތްތަކުގެ ކޮސްޓިއުމްތައް ދައްކާލާ، 21 އޮކްޓޯބަރ ވާ ހޮނިހިރު ދުވަހުގެ ރޭ ގޭމަރސް ލޭންޑް ގައި ކުރިއަށް ދާ ހުރިހާ މުބާރާތެއްގެ ވަނަ ތައް އިއުލާނުކޮށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫއިން ބުނެއެވެ.

ގޭމާސް ލޭންޑް ގައި ކުރިއަށް ދާ ހަރަކާތްތަކުގައި ބައިވެރިވުމަށާއި ކުޅުންތެރިންނަށް ސަޕޯޓްކުރަން ބޭނުންވާ ފަރާތްތަކުން، ޒިޔާރަތްކުރުމަށް އުރީދޫ ނޭޝަން އިން ވަނީ ދައުވަތު އަރުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި