ވަދޫގައި ކުރިއަށް ގެންދިޔަ ހިނގާލުން. ފޮޓޯ: އިއްބޭސް ފޮޓޯގްރަފީ
ހަބަރު
21 Oct 2023 | 16:54
ވާދޫ ޒުވާނުން އިސްވެ ފަލަސްޠީނަށް އެހީވުމަށް ހިންގި ހަރަކާތުން 41,000 އަށްވުރެ ގިނަ ރުފިޔާ!

ރ ވާދޫ ޒުވާނުން އިސްނަގައިގެން ފަލަސްޠީނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ހަރަކާތުން ލިބުނު ފައިސާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނާއި ހަވާލުކޮށްފިއެވެ.

ވާދޫއަށް ނިސްބަތްވާ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މިހަރަކާތް ތަކުގައި ހުކުރު ދުވަހު ހެނދުނުން ފެށިގެން އިރުއޮއްސުމާއި ހަމައަށް ފަންޑު ފޮއްޓެއް ވަނީ އެރަށުގައި ބަހައްޓައިފައެވެ. ފަންޑު ހޯދުމަށް ބެހެއްޓި ފޮއްޓަށް ޖުމްލަ 41،453.5 ރުފިޔާ ލިބިފައިވެއެވެ.

ވަދޫއަކީ ނިސްބަތުން ކުޑަ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށުގެ ކުޑަ އާބާދީގެ ތެރެއިން ރަށުގައި ދިރިއުޅެނީ 500 އެއްހާ މީހުންނެވެ.

ފަންޑު ހޯދުމަށް ބެހެއްޓި ފަންޑުފޮށިކައިރީގައި ކުޑަ ކުދިންތަކެއް. ފޮޓޯ:އިއްބޭސް ފޮޓޯ

ފަންޑުފޮށި ބަހައްޓައިގެން ފަންޑު ހޯދުމުގެ އިތުރުން ވާދޫގައި އިއްޔެ ހަވީރުވަނީ ރަށުގެ ކުދިބޮޑު ރައްޔިތުން ބައިވެރިވެ ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ. އަދި ހަރަކާތް ނިންމާލީ ރައްޔިތުން އެއްކޮށް ކުރި ދުޢާއަކުންނެވެ.

މި ހަރަކާތް އިންތިޒާމް ކޮށްފައިވަނީ ވާދޫގެ ރައްޔިތުންގެ ތެރެއިން މާލޭގައި އުޅޭ ޒުވާނުންތަކެކެވެ.

މި ޙަރަކާތް އިންތިޒާމް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި މުޙައްމަދު ޒިދާން "ވޮއިސް" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި ހަރަކާތަކީ އެރަށުގެ ޒުވާނުން އިސްނަގައިގެން ކައުންސިލާއި އެއްވެސް ޖަމިއްޔާއެއްގެ ބައިވެރިވުމެއް ނެތި ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށެވެ.

"ފުރިހަމަ ކާމިޔާބު ހަރަކާތަކަށް މިވީ ގިނަ ބައެއްގެ އެއްބާރުލުން ލިބިގެންކަން ޝައްކެތް ނެތް، މިކަމުގައި ވާދޫ ހުކުރު މިސްކިތުގެ އިމާމް މުޙައްމަދު ނަޖީބު، ހުސައިން ނަސީމް، މުޙައްމަދު އަރީފް، އިބްރާހީމް ޝަހީމްގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރަން، ވާދޫގެ ޒުވާނުންނަކީ އަބަދުވެސް މިފަދަ ކަންކަމުގައި ނަމޫނާ ބައެއް، ޒުވާނުންގެ އެހީއާ ނުލައި މި އިވެންޓް މިގޮތަށް ކުރިއަށް ނުގެންދެވުނީސް، އިޖުމާލީ ގޮތެއްގައި ރަށުގެ އެންމެންނަށް ޝުކުރިއްޔާ" ޒިދާން ވިދާޅުވިއެވެ.

ޒިދާން ވިދާޅުވީ މިހަރަކާތައް ރަށުގެ ވިޔަފާރިތަކުން އެހީތެރިކަން ފޯރުކޮށްދެއްވައިފައިވާ ކަމަށެވެ.

ޒިދާން އިތުރަށް ވިދާޅުވީ އިވެންޓްގެ ފޮޓޯ ގްރާފިންގެ ކަންތައް ކޮށްދެއްވި އިއްބޭސް ފޮޓޯގްރަފީ އިން އެމަސައްކަތް ކޮށްދެއްވައިފައިވަނީ ހިލޭ ސާބަހަށް ކަމަށެވެ.

ކާމިޔާބުކަމާއެކު އެ ހަރަކާތް ކުރިއަށް ގެންދެވުނީތީ އުފާކުރާ ކަމަށާއި، އެ ހަރަކާތަށް ވާދޫގެ ރައްޔިތުން ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރުއދާކުރާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.