ޔޫސުއްބެ ހޯދުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ/އެމްއެންޑީއެފް
ހަބަރު
21 Oct 2023 | 12:48
ޔޫސުއްބެ ހޯދުމުގެ މަސައްކަތް ކުރިއަށް: ތިންލައްކަ އަކަމީޓަރުގެ ސަރަހައްދެއް ބަލައިފި

އެކަނި މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ގެއްލުނު އދ. ދަނގެތި، ނޫލައިޓް / ޔޫސުފް އިބްރާހިމް (ޔޫސުއްބެ) ހޯދަން ތިންލައްކަ އަކަމީޓަރަށްވުރެ ބޮޑު ސަރަހައްދެއް ބަލައިފި އެވެ. 

ޔޫސުއްބެ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުގައެވެ. އެ ހިސާބުން، އެމީހާ ހޯދުމުގެ މަސައްކަތް ދިފާއީ ބާރުން ފަށާފައިވާއިރު، އެ މަސައްކަތުގެ ތަފްސީލު ހާމަކުރަމުން އެމްއެންޑީއެފުން ބުނީ ޔޫސުއްބެ ހޯދަން ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުން ކޮށްގެން މިހާތަނަށް 664 އަކަ މޭލު ސަރަހައްދު ބަލާފައިވާ ކަމަށެވެ. 

އެ މަސައްކަތުގައި ކޯސްޓްގާޑު ޑައިވަރުން 376،850 އަކަ ނޯޓިކަލް މޭލު ކަވަރުކޮށްފައިވާއިރު ޑޯނިއާ އެއާކްރާފްޓުން 907 އަކަ މޭލު ސަރަހައްދެއް ބަލާފައިވާކަން ވެސް ދިފާއީ ބާރުން ހާމަކޮށްފައި ވެއެވެ. 

ކުޑަ ދޯންޏެއްގައި ޔޫސުއްބެ ވަދު މަސްވެރި ކަމަށް ނުކުތީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ފަތިހު އެވެ. އުމުރުން 68 އަހަރުގެ ޔޫސުއްބެ މަހަށް ނުކުތީ އެ އަތޮޅު އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ. އެ ކުޑަ ދޯނި އދ. ރަންގަލި އުތުރު ކަނޑުއޮޅިން ދަނިކޮށް އެންމެ ފަހުން ފެނުނީ އެ ދުވަހުގެ 9:00 އާއި 9:30 އާ ދެމުދު ވަގުތެއްގަ އެވެ.

ޔޫސުއްބެ އެންމެ ފަހުން ފެނުނުއިރު އުޅުނީ ބޮއި އަޅާށެވެ. ނަމަވެސް އޭގެ ދެ ގަޑިއެއްހާއިރު ފަހުން ޔޫސުބެ ދަތުރުކުރި ދޯނި ފެނުނުއިރު އޭނާއެއް ނެތެވެ. ޔޫސުއްބެ އެންމެ ފަހުން ލައިގެން ހުރީ ރަތް ކުލައިގެ ޓީޝާޓެކެވެ.

ޔޫސުއްބެ ގެއްލިގެން ރިޕޯޓު ކުރުމާއި އެކު، އެ ރަށުގެ ރައްޔިތުންނާއި، ރަށާއި ކައިރި ރިސޯޓުތަކުގެ ޑައިވަރުން ގުޅިގެން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މެދުކެނޑުމެއް ނެތި ތިން ދުވަސް ވަންދެން ޔޫސުއްބެ ހޯދުމުގެ މަސަައްކަތް އެ ފަރާތްތަކުން ކޮށްފައިވާއިރު އެފަހުން ވަނީ އެ މަސައްކަތް ހުއްޓާލާފަ އެވެ. 

އެހެން ނަމަވެސް އަދިވެސް ދިފާއީ ބާރުން ޔޫސުއްބެ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އާންމު ގޮތެއްގައި ދިފާއީ ބާރުންވެސް މިފަދަ އޮޕަރޭޝަން ކުރިއަށް ގެންދަނީ 72 ގަޑިއިރަށްކަން ފާހަގަކޮށްލެވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ