ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު--- ފޮޓޯ: މަޖިލިސް އިދާރާ
ހަބަރު
23 Oct 2023 | 09:52
ސަރުކާރުގެ ބައެއް ކުންފުނިތަކުގައި އިށީންނާނެ ގޮނޑިއެއް ނެތް ވަރަށް މުވައްޒަފުން ނަގާފައި އެބަހުރި: އަފީފު

ސަރުކާރުގެ ބައެއް ކުންފުނިތަކުގައި އިށީންނާނެ ގޮނޑިއެއް، ކުރާނެ ކަމެއް ނެތް ވަރަށް މުވައްޒަފުން ނަގާފައި އެބަހުރި ކަމަށާ އެފަދަ ކަންކަން ބެލެންޖެހޭ ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ. 

މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހަޅާ ޤަރާރަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އަފީފު ވިދާޅުވީ، ފެނަކައިގެ މަތިބަރު ކަމުގެ ވާހަކަ އިވެމުންދާ ކަމަށެވެ. އެގޮތުން، ފެނަކައަށް ނަގާފައިވާ އެތައް މުވައްޒަފުންނަކީ އެ ކުންފުންޏަށް ބޭނުންވެސް ނުވާ މުވައްޒަފުން ކަމަށެވެ. 

މަސައްކަތް ކުރުވަންޖެހޭނީ އެ މަސައްކަތައް އެކަށީގެންވާ މީހުން ހޯދައިގެން. ބައެއް ކުންފުނި ތަކުގައި އެބަހުރި އެތަނަށް ވަދެލާފައި ސޮއި ކޮށްލާފައިދާ މީހުން. އެމީހުންނަށް އިށީންނާނެ ގޮނޑިއެއްވެސް ނެތް ބައެއް ތަންތަނުގައި. އެހާ މުވައްޒަފުން އެބަތިބި ގިނަ ކޮށްފައި. މިއީ އެއްވެސް ހާލެއްގައި ދައުލަތުގެ ފައިސާ ޚަރަދުކުރަންޖެހޭނެ ގޮތެއް ނޫން. މިގޮތަށް ޚަރަދު ކުރެވިގެންވެސް ނުވާނެ. މިގޮތަށް ޚަރަދު ކޮށްފައިވާ ފައިސާ އެއީ ކޮން ގޮތަކަށް ކޮށްފައިވާ ޚަރަދެއްތޯވެސް ބަލަންޖެހޭ. 

މެންބަރު ހަސަން އަފީފު 

އަފީފު ވިދާޅުވީ, ސަރުކާރު ކުންފުނިތަކުގެ މަތިބަރު ކޮށްގެން ޚަރަދު ކުރަމުންދަނީ ދިވެހި ރައްޔިތުންގެ ފައިސާ ކަމަށެވެ. އަދި އެ ފައިސާ ޚަރަދުކުރާންޖެހޭނީ ދިވެހި ރައްޔިތުންނަށް ފައިދާވާގޮތަށް، އެއްވެސް އިސްރާފެއް ނުވާ ގޮތަށް ކަމަށެވެ. 

އެހެން ނަމަވެސް ފެންނަމުން ދަނީވއެ އުސޫލާ ޚިލާފަށް ސަރުކާރު ކުންފުނިތަކުގެ ފައިސާ ބޭނުން ކުރެވެމުންދާތަން ކަމަށާ، އެކަން ކަން ބެލެންޖެހޭ ކަމަށް އަފީފު ވިދާޅުވި އެވެ. އަދި އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން އެކަން ނުކޮށްފިނަމަ ފެންނާނީ ބޭކާރު، އަދި ނާޖައިޒް ޚަރަދުތައް ކުރަމުންދާތަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.