ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފު- ފޮޓޯ/މަޖިލިސް
ހަބަރު
25 Oct 2023 | 17:14
އިޒްރޭލު ޕާސްޕޯޓް 'ބޭން' ކޮށް، އެތަނުގެ މުދާ އެތެރެ ކުރުން މަނާކުރާ ގާނޫނެއް ހަދަން ޔާސިރު ހުށަހަޅުއްވައިފި!

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ސިފައިން ފަލަސްޠީނުގައި ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް ބަޔާން ނެރުމުގެ އިތުރުން، އިސްރާއީލް ގެ ޕާސްޕޯޓް ބޭން ކޮށް، އެމީހުންގެ މުދާ ރާއްޖެ އެތެރެކުރުން މަނާކުރަން ގާނޫނެއް ހެދުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފު ހުށަހަޅުއްވައިފި އެވެ. 

އިޒްރޭލުން ފަސްލަތީނުގެ ބިންތައް ފޭރިގަނެ އެ ގައުމުގެ ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާ ކުށްވެރިކޮށް އެކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އިޒްރޭލުން ދިވެހިރާއްޖެއަށް މުދާ އެތެރެކުރުން މަނާކުރުމާއި ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރުން މަނާ ކުރަން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޔާސިރު ވިދާޅުވީ، އިސްރާއީލު މައްސަލާއި މިހާތަނަށް ކުރެވިފައިވާ ހަމައެކަނި މަސައްކަތް ތަކަކީ އެމީހުންގެ ލާއިންސާނީ ޢަމަލުތައް ކުށްވެރި ކުރުމާއި، އެ ޢަމަލުތައް ހުއްޓާލުމަށް ގޮވާލުމުގެ މަސައްކަތް ކަމަށެވެ. 

ފަލަސްޠީން މައްސަލައަކީ ހަމައެކަނި ދީނީ މައްސަލައެއް ނޫން ކަން ފާހަގަކުރައްވައި ޔާސިރު ވިދާޅުވީ އެއީ މުޅި އިންސާނިއްޔަތާއި ގުޅުންހުރި މައްސަލައެއް ކަަމަށެވެ. އަދި އެއީ މިވަގުތު މުޅި ދުނިޔޭގައި ވެސް ހިންގަމުންދާ ނަސްލު ނައްތާލުމުގެ އެންމެ ބޮޑު ޖަރީމާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންކަމުން ހަމައެކަނި އިޒްރޭލު ކުށްވެރިކޮށް ބަޔާންތައް ނެރުމުގެ ބަދަލުގައި ދެން ކުރެވެން އޮތް ކަންކަން ބަލައި އެކަންކަން ކުރަންޖެހޭ ކަމަށް ޔާސިރު ވިދާޅުވިއެވެ. އެގޮތުން އިޒްރޭލުގެ ޕާސްޕޯޓު ބޭން ކުރުމާއި އެގައުމުގެ މުދާ ރާއްޖެ އެތެރެ ކުރުން މަނާ ކުރަން ގާނޫނެއް ހަދަން އޭނާ ވަނީ ހުށަހަޅުއްވާފައެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްކޮށް ގަރާރަކުން މިކަން ކުރުމުގެ ބަދަލުގައި ތަންކޮޅެއް ސޮލިޑް މަސައްކަތެއް މިވަގުތު ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރަންޖެހޭ ކަމެއް. އެގޮތުން ރާއްޖޭގެ ސަރުކާރުގެ އެއްވެސް އޮފިޝަލަކު، އިޒްރާއީލްގެ އޮފިޝަލަކާ އެއްވެސް ނެގޯސިއޭޝަން އެއް (އޮފިޝަލް/އޮފިޝަލް ނޫން)  ކުރިއަށް ގެންދިޔުމަކީ މަނާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކަނޑައެޅި ދާނެ. އަދި އިސްރާއީލާ ގުޅުން އޮންނަ ފަރާތްތަކާވެސއ އެއްވެސް ނެގޯސިއޭޝަން އެއް ކުރިއަށް ނުގެންދިޔުމަށް ކަނޑައެޅިދާނެ. އިސްރާއީލްގެ އެންޓިޓީސް އާއެކު ކުރަމުންދާ ވިޔަފާރިތައް ހުއްޓާލުންވެސް އެއީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. ހަމަ އެގޮތަށް ދިވެހިންގެ ގޮތުގައި ތިބެ އިސްރާއީލް ޕްރޮމޯޓް ކުރުންވެސް މަނާ ކުރެވިދާނެ. 

މެންބަރު ޔާސިރު އަބްދުއްލަތީފް 

"އަޅުގަނޑުގެ ހުށަހެޅުމަކީ، ހިނގާށޭ އަޅުގަނޑުމެން އެހެން ސްޓެޕަކަށް ދާން. ގާނޫނެއްގެ ސިފައިގައި، އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ތައާރަފްކުރަން އަދި ތަންފީޒުކުރަން." ޔާސިރު ވިދާޅުވި އެވެ. 

ޔާސިރުގެ އިތުރުން އެހެން މެންބަރުންވެސް ވަނީ އިސްރާއީލް ޕާސްޕޯޓް ބޭން ކޮށް އެމީހުންގެ މުދާ ރާއްޖެ އެތެރެ ކުރުން މަނާކުރަން ގޮވާލާފައެވެ. 

ކޮމެންޓް
ސާމީރު
ގަމާރާ އެތައް މިލިއަން ޑޮލަރުގެ ރިސޯޓުތައް ހަދައިގެން ކިހިނެތްތޯ ތިކަން ކުރަނީ އިންވެސްޓަރުންއައަްނާނެތޯ ވަކި ަޔަކައް ނާދެ ެންޔާ
25 Oct 2023
ޒަރީރު
އަހަރެންވެސް އިޒްރާއީލްގެ އަމަލުތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން، އިޒްރާއީލްގެ ޕާސްޕޯޓް ބޭން ކުރީމަ، ދިވެހިން ގޮސްއުޅޭ ގައުމުތަކުން ދިވެހިންގެ ޕާސްޕޯޓް ބޭން ކޮށްފާނެ ކަމަށް ވަރަށް ވިސްނަން ޖެހޭނެ.
26 Oct 2023
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.