ވިޔަފާރި
30 Oct 2023 | 09:32
"އޯލަ" އަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު އެމް-ފައިސާ މެދުވެރިކޮށް މިހާރު ފައިސާ ދައްކާލެވޭނެ!

ކުޑަކުދިންގެ ދިވެހި ވާހަކަ އެޕް – "އޯލަ" މޮބައިލް މަނީ ގެ ހިދުމަތް ފޯރުކޮށްދޭ އެމް-ފައިސާ ގުޅިގެން އޯލަ އެޕް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.

އެމް-ފައިސާއާ އެކު ވެވުނު މި ޕާޓްނާޝިޕާއި އެކު އޯލާ އެޕް ބޭނުންކުރާ ބެލެނިވެރިންނާއި މުދައްރިސުންނަށް މިހާރު އެމް-ފައިސާ މެދުވެރިކޮށް ރައްކާތެރި ކަމާއެކު ފަސޭހައިން ސަބްސްކްރިޕްޝަން ފީ ދައްކާލެވޭނެއެވެ. މިއީ އޯލާ އެޕްގެ ޕްރިމިއަމް ކޮންޓެންޓް ފަސޭހަކަން ލިބިގަނެ އެޕް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އުރީދޫއިން ދެކެއެވެ. 

"އޯލާ އެޕް އަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް ޕޭމަންޓް މެތަޑެއްގެ ގޮތުގައި އެމް-ފައިސާ އިންޓަގްރޭޓް ކުރެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ އަބަދުވެސް ފެންވަރު ރަނގަޅު ދިވެހި ބަހުގެ ކޮންޓެންޓް ޒުވާން ކިޔުންތެރިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުން. އެމް-ފައިސާއާ އެކު މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް އޯލާ އެޕްގެ ތަޖުރިބާ އިތުރަށް ފުރިހަމަ ވެގެން ދިއުމަކީ ޔަގީންކަމެއް." އޯލަ މީޑިއާގެ ކްރިއޭޓިވް ލީޑް، ސަމާހަތް އިބްރާހިމް ވިދާޅުވި އެވެ. 

މިކަމާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ، ޒުވާން ކިޔުންތެރިންގެ މެދުގައި ދިވެހި ބަސް ކުރިއެރުވުމަށް އޯލާ އެޕްލިކޭޝަނުން ކުރާ މަސައްކަތަކީ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހިންގެ ދިރިއުޅުން މުއްސަނދި ކުރުމަށް އުރީދޫ އިން ކުރާ މަސައްކަތާ ވަރަށް ފުރިހަމައަށް ގުޅިފައިވާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެމް-ފައިސާ އިންޓަގްރޭޓްކޮށްގެން، ބެލެނިވެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އޯލާގެ މުއްސަނދި ދިވެހި ކޮންޓެންޓް ލިބިގަނެ، އެންމެ ޒުވާން ޖީލުގެ މެދުގައި ބަހަށް އޮތް ލޯބި އާލާ ކުރުމަށް އިތުރަށް މަގުފަހި ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ސަގާފީ އަދި ތައުލީމީ ކުރިއެރުމަށް މާނަހުރި ބަދަލެއް ގެނައުމަށް މި މަސައްކަތުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވި އެވެ. 

އައިއޯއެސް، އެންޑްރޮއިޑް އަދި ޓެބްލެޓްތަކަށް ޑައުންލޯޑް ކުރެވޭ އޯލާ އެޕްލިކޭޝަނަކީ ތުއްތުކުދިންގެ މެދުގައި ދިވެހި ބަހަށް އޮތް ލޯބި އާލާ ކުރުމަށް ފަރުމާކޮށްފައިވާ އެޕެކެވެ. އޯލާ އެޕްގެ އެންމެ ފަހުގެ އަޕްގްރޭޑާއެކު، ރާއްޖެ އާއި އަދި ރާއްޖެއިން ބޭރުގައި އުޅުއްވާ ފަރާތަކަށްވެސް ވެސް މި އެޕްއަށް ފަސޭހަ ކަމާއެކު ލޮގިން ވެވެއވެ. މީގެ އިތުރުން ބެލެނިވެރިންނަށް ވަކި ލޮގިންއެއް ހެދޭއިރު ފަސޭހަކަމާއި އެކު ރައްކާތެރި ތަޖުރިބާއެއް ކުދިންނަށް ކަށަވަރުކޮށްދެވެއެވެ.

އޯލާ އެޕް ބޭނުންކުރާ ފަރާތްތަކަށް ދެ ވާޝަނެއް ހުށަހަޅައިފާވެއެވެ. "އަޖުމަ" ވާޝަންގައި އެއްވެސް އަގަކާ ނުލައި ދިވެހި ވާހަކަތަކާއި މުނިފޫހިފިލުވުން ހޯދަން ބޭނުންވާ ފަރާތްތަކަށް ހިލޭ ކޮންޓެންޓް ލިބޭނެ އެވެ. ޕްރިމިއަމް ކޮންޓެންޓް ބޭނުންވާ ފަރާތްތަކަށް "ކިޔާމާ" ވާޝަންއަށް އަށް ސަބްސްކްރިބް ކުރުމުން ކޮންމެ މަހަކު މަދުވެގެން ތިން އާ ކޮންޓެންޓަށް ލިބިގެންދާނެއެވެ. ސަބްސްކްރައިބް ކުރައްވަން ބޭނުންވާ ފަރާތްތަކަށް ކޮންމެ މަހަކު 150ރ ގެ ސަބްސްކްރިޕްޝަން ނުވަތަ މުޅި އަހަރަށް 1440ރ ގެ ސަބްސްކްރިޕްޝަން އެއް ބައްލަވާގަނެވޭނެއެވެ. މި ސަބްސްކްރިޕްޝަންއަށް ފަސޭހަކަމާއެކު ފައިސާ ދެއްކުމަށް މިހާރު އެމް-ފައިސާ ގެ ހިދުމަތް، އޯލަ އެޕ ބޭނުންކުރާ ފަރާތްތަކަށް ހިޔާރު ކުރެވޭނެއެވެ.

އޯލަ އެޕްލިކޭޝަނަކީ ބެލެނިވެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބޮޑު ތަރުހީބެއް ލިބިފައިވާ އެޕްލިކޭޝަނެކެވެ. އޯލާ އެޕް މެދުވެރިކޮށް އެމް-ފައިސާ ދެއްކުމުގެ ފަސޭހަކަން ތަޖުރިބާކުރުމަށްޓަކައި، އެންމެ ފަހުގެ ވާޝަނަށް އެޕް އަޕްޑޭޓްކޮށް، ސަބްސްކްރައިބް ކުރާއިރު އެމް-ފައިސާ ޚިޔާރުކުރާށެވެ.

އޯލާ އެޕް ޑައުންލޯޑް ކުރެއްވުމަށް https://oala.app/download/ ޒިޔާރާތްކުރައްވާށެވެ.

އެމް-ފައިސާއަށް ރަޖިސްޓްރީވުމަށް އުރީދޫ އެޕް ޑައުންލޯޑް ކުރައްވާށެވެ: http://ore.do/mf 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.