ޑރ މުއިއްޒުގެ މަސީގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އިންތިގާލީ ރައީސްގެ އޮފީސް
ހަބަރު
30 Oct 2023 | 13:28
މަޖިލީހަށް ކުރިމަތިލާ އަންހެނުން ސްޕޮންސާކޮށްދިނުމަށް ޑރ މުއިއްޒު އެދިއްޖެ!

ރައްޔިތުންގެ މަޖިލީހުގެ 20 އިންސައަކީ ޕީޕީއެމް-ޕީއެންސީގެ އަންހެންބޭފުޅުންނަށް ވެގެންދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށާއި، އެ ޓާގެޓު ހާސިލްކުރުމަށް މަޖިލީހަށް ކުރިމަތިލާ އަންހެނުން ސްޕޮންސާކޮށްދިނުމަށް ވިޔަފާރިވެރިންގެ ކިބައިން އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ. 

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންފައި ވަނީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ފަރާތުން ބޭއްވި ޖަލްސާގައި، ވިޔަފާރިވެރިން އެކި ސިނާއަތްތައް ކުރިއަރުވަން މަސައްކަތްކުރާއިރު ގައުމީ ވިސްނުން އިސްކުރުމަށް ބާރުއަޅުއްވާ ވާހަކަފުޅު ދައްކަވަމުން ނެވެ. 

ޑރ މުއިއްޒު ވިދާޅުވީ ގައުމީ ކަންކަން ނިންމާއިރު، އަދި ރައްޔިތުން ތަމްސީލުކުރުމުގައި އަންހެނުން ޝާމިލުކުރުމަކީ ގައުމުގެ މުސްތަގުބަލަށް ފައިދާކުރާނެ ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 

ޤާނޫނުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް އިންތިޚާބުތަކުގައި ވާދަކުރުމުގައި އަންހެނުންނަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެނުންނަށް އެހީތެރިކަން ފޯރުކޯށްދިނުމަކީ ކުރަން ޖެހޭ ކަމެއްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

"ލިޔެކިޔުމުގައި އޮތް ހަމަހަމަކަން، އެހެން ނަމަވެސް އެބަ ޖެހޭ ނަޖެއް ދޭން. ޕުޝްއެއް ދޭން. އަޅުގަނޑުމެން އެބަޖެހޭ އެކަމަށް ހިތްވަރުދޭން. އެބަހުރި ބެރިއާސް... އަޅުގަނޑުމެން އެންމެ އެބަޖެހޭ މި ގައުމު ކުރިއަށް ގެންދަންޏާ ތެދުވާ ބަޔަކަށް ވާން. އެހީތެރިކަން ދޭ ބަޔަކަށް ވާން"

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު

އެއާއެކު އެމަނިކުފާނު ވަނީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ތަމްސީލުކުރައްވާ ވިޔަފާރިވެރިން އަދި އެ ނޫންވެސް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ޤާބިލް އަންހެން ބޭފުޅުންނަށް އެހީތެރިކަން ދިނުމަށް ގޮވާލައްވާފަ އެވެ. 

"ވިޔަފާރީގެ ސްފިއާއިން ބޭރުން މި ދެންނެވި ކަންކަމަށް އެހީތެރިކަން އަޅުގަނޑަށް ބޭނުންވާތީ. އަޅުގަނޑު ވަރަށް އުފާވާނެ ކަމަކަށް ވާނެ މިކަމުގައި ތިބޭފުޅުން ތެދުވެވަޑައިގެން ކަމަށް ގާބިލް ތައުލީމީ ގާބިލް އަންހެން ބޭފުޅުންނަށް އެހީތެރިކަން ދެއްވައިގެން ހިތްވަރު ދެއްވައިގެން ނެރެދެއްވާ ސްޕޮންސާ ކޮށްދެއްވައިގެން މަޖިލީހަށް ހޮއްވާދެއްވާފިއްޔާ"

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު

ޑރ މުއިއްޒު ވިދާޅުވީ ވިޔަފާރިވެރިން ސްޕޮންސާކޮށްދެއްވައިގެން މަޖިލީހުގެ 20 އިންސައްތަ އަންހެން ބޭފުޅުންނަށް ހޯއްދަވާދެއްވުން ވެގެންދާނީ ގައުމަށް ކޮށްދެވޭ ވަރަށް ބޮޑު ޚިދުމަތަކަށް ކަމަށެވެ. އަދި މާނަވީ ގޮތެއްގައި އެފަދައިން ކޮށްދެވޭ ކަންކަމުގެ ސަބަބުން ގައުމަށް ހަމަޖެހުން ލިބި ކަންކަމުގައި އެންމެން ޝާމިލްވެގެންދާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

މަޖިލީހަށް ކުރިމަތިލާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑރ މުއިއްޒު ވިޔަފާރިވެރިންގެ ކިބައިން އެދިވަޑައިގެންފައިވާއިރު، އެމަނިކުފާނު ވަނީ ޕީޕީއެމް-ޕީއެންސީގެ ފަރާތުން މަޖިލީހަށް ހޮވޭ އަންހެން މެމްބަރުންނަށް ޕާޓީގެ ފަރާތުން އެލަވަންސެއް ދެއްވާނެކަމަށް ވެސް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.