ފަނޑިޔާރު މަހާޒް
ހަބަރު
06 Nov 2023 | 11:16
ސުޕްރީމް ކޯޓުގެ އަޑުއެހުން ފެށުން ލަސްވީ ޕާޓީތަކުގެ ސަބަބުން: ފަނޑިޔާރު މަހާޒް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރބާރު ނެތްކަމުގެ މައްސަލައިގައި ސްޕްރީމް ކޯޓުގައި މިއަދު ކުރިއަށްދާ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވާ ވަގުތަށްވުރެ 8 މިނެޓް ލަހުން އަޑު އެހުން ފެށުނީ ޕާޓީތަކުގެ ސަބަބުން ކަމުގައި މައްސަލައިގެ ރިޔާސަތު ބައްލަވަމުން ގެންދަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރބާރުނެތްކަމަށް އެމްޑީޕީން ހުށަހަޅާއިފައިވާ މައްސަލަ މަޖިލިހުގައި ކުރިއަށް ނުގެންދެވޭތީ މަޖިލީހުގެ ގަވާއިދު މާނަކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު ހެނދުނު 10:00 ގައި ފެށުމަށް ނިންމާފައިވީނަމަވެސް މި އަޑުއެހުން ފެށިފައިވަނީ ކަނޑައެޅިފައިވާ ވަގުތަށްވުރެ 8 މިނެޓް ލަހުންނެވެ. 

މިކަމާއި ގުޅިގެން ފަނޑިޔާރު މަހާޒް ވިދާޅުވީ، 10:00 ގައި ފެށުމަށް ހަމަޖެހިފައިވާ ޝަރީޢަތް  ފެށުމުގަ މި ދިމާވި ލަސްތަކަކީ މައްސަލައިގަ ހިމެނޭ ޕާޓީތަކުގެ ސަބަބުން ދިމާވި ލަސްވުމެއްކަމުގައެވެ. އެހެންނަމަވެސް މިކަމުގެ ސީދާ ތަފްސީލެއް އެ މަނިކުފާނު ދެއްވާފައެއް ނުވެއެވެ. 

ދިހައެއް ޖެހިއިރު ފެށުމަށް އާޅުގަނޑު ނިންމައިގެން ހުރީ އެހެން ނަމަވެސް ދިހަގަޑި އަށެއްގަ ފެށޭވަރު މިވީ. ޝަރީއަތް ފެށުމުގަ މި ދިމާވި ލަސްތަކަކީ މައްސަލައިގަ ހިމެނޭ ޕާޓީސްތަކުގެ ސަބަބުން ދިމާވި ލަސްވުމެއް

ފަނޑިޔާރު މަހާޒް

މީގެ އިތުރުން ފަނޑިޔާރު މަހާޒްވަނީ، ޝަރީއަތުގެ މަޖިލިސް ބްރޭކަށް ދާ ވަގުތުތަކުގައިވެސް މައްސަލައިގައި ހިމެނޭ ޕާޓީތަކުން އެފަދަ އަމަލެއް ތަކުރާރު ނުކުރެއްވުމަށް އެދިލައްވާފައެވެ. 

މިއަދުގެ ޝަރީއަތުގެ ފުރަތަމަ ބައި 11:50 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ. އެ ހިސާބަށް އަޑުއެހުންތައް ނިންމާނުލެވިއްޖެނަމަ 12:30 އިން 13:30 އަށް އަޑުއެހުންތައް ގެންދާނެކަަމަށާއި އަދި 13:30 އާއި ހަމައަށް ވެސް އަޑުއެހުން ނުނިމިއްޖެނަމަ މާދަމާވެސް އަޑުއެހުމެއް ބާއްވާނެކަމަށް މައްސަލައިގެ އިސް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ. 

މިބަލަނީ މައްސަލައިގެ އަޑުއެހުންތައް އެކިއެކީގަ ކުރިއަށް ގެންގޮސް މައްސަލަ ނިންމާލެވޭތޯ،

ފަނޑިޔާރު މަހާޒް

މަހާޒްގެ އިތުރުން މި މައްސަލަ ބައްލަވާނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިން  ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސް އިން ވަނީ ތަދައްހުލްވެފައެވެ.  

ކޮމެންޓް
އަލިހޮއްކޮ
ސްޕްރީމް ކޯރޓްގައިވެސް މި ޑިމޮކްރެޓް މަކަރުވެރި ރޭވުން ރާވައިގެން، ދޮގުތައް ހަދައިގެން، ގަޑިޔަށް ނައިސް، ސަލާމްބުނެގެން މައްސަލައަށް ނުފޫޒު ފޯރުވޭނެކަމަށް ހީކުރަނީހެއްޔެވެ؟ މިއީ ރައަޔިތުންގެ މަޖްލީހެއް ނޫނެވެ!
06 Nov 2023
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.