ފަލަސްތީނުން ރާއްޖެ އަށް ކަނޑައެޅި އޮނަރަރީ ކައުންސުލް އާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
ހަބަރު
06 Nov 2023 | 14:37
ޣައްޒާއަށް ނިއުކުލިއާ ބޮން އަޅަން އިޒްރޭލުން ބުނި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީގެ ގައްޒާއަށް ނިއުކުލިއާ ބޮމެއް އަޅަންޖެހޭކަމަށް އިޒްރޭލުގެ ނިރުބަވެރި ހެރިޓޭޖް މިނިސްޓަރު ބުނި ބުނުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިން ފަލަސްތީނަށް ދެމުން ގެންދާ ޢުދުވާނީ ހަމަލާތައް ވަރުގަދަކޮށް ޣައްޒާއަށް ނިޔުކުލިއާރ ބޮން އަޅަން އިޒްރޭލުގެ ނިރުބަވެރި މިނިސްޓަރު ބުނުމާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުން ގަދަކަމުން ފޭރިގެންފައިވާ ޣައްޒާގެ ސަރަހައްދުގައި ނިއުކްލިއާ ބޮމެއް ބޭނުންކުރުމަކީ އޮޕްޝަނެއް ކަމަށް ބުނިބުނުން ރާއްޖޭގެ ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރާކަމަށެވެ. 

"ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވުން ތަމްސީލުކުރާ ބަޔާނަކަށް އިސްރާއީލު ސަރުކާރުން އެކަށީގެންވާ ތަރުހީބެއް ނުލިބުމާ މެދު ވެސް ދިވެހި ސަރުކާރުން ފުންކޮށް ކަންބޮޑުވުން ފާޅުކޮށް، ފަލަސްތީނުގެ މީހުންގެ ފުރާނައަށް ނުރައްކާވާ މިފަދަ ވާހަކަތަކާ މެދު ފިޔަވަޅުއެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލަން،" ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ. 

މިއާއެކު އެބަޔާނުގައި ވަނީ، ފަލަސްތީނުގެ ކުށެއްނެތް އާންމުންނަށް ދޭ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން އަވަސް ފިޔަވަޅު އެޅުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ހުރަހެއް ނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމަށާއި ހަރުދަނާ ކުރުމަށް ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. 

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން ޒަޔަނިސްޓް ޔަހޫދީން ފަލަސްތީނަށް ދެމުންދާ ހަމަލާ ތަކުގައި 9200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި އެ ހަމަލާތަކާއި ގުޅިގެން ޣައްޒާގައި 2.2 މީހުން ހާލުގައި ޖެހިފައިވާއިރު، އެ ސިޓީން ކަރަންޓު ފެން، ބޭސް އަދި ކާބޯތަކެތި ލިބުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.