ކޯސްޓް ގާޑުގެ އުޅަނދެއް
ހަބަރު
07 Nov 2023 | 12:30
ރާއްޖޭން ހިފެހެއްޓި އިންޑިއާގެ މަސްވެރިން ދޫކޮށްލުމަށް ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު ގޮވާލައްވައިފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް މިމަހުގެ 23 ވަނަ ދުވަހު ރާއްޖޭން ހައްޔަރުކުރި އިންޑިއާގެ ޓެމިލް ނާޑޫއަށް ނިސްބަތްވާ މަސްވެރިންތަކެއް ދޫކޮށްލުމަށް އެ ސްޓޭޓްގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ގޮވާލައިފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ހިފެހެއްޓި މި އުޅަނދުން ހައްޔަރުކޮށްފައިވަނީ 12 މަސްވެރިއެކެވެ. މި ކަމާއިގުޅިގެން  ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އެމްކޭސްޓާލިން ބުނީ މިދިޔަ މަހު ފުރަތަމަ ދުވަހު މަހަށް ފުރި އެ ބޯޓުން މަސްވެރިކަން ކުރަމުން ދިޔައީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެ އުޅަނދުން ރާއްޖޭގެ ބޯޑަރު ތެރެއަށް ނުވަންނަ ކަމަށެވެ.

ރާއްޖޭގެ ސިފައިން އެ މީހުން ހައްޔަރުކުރީ ރާއްޖޭގެ ސަރަހައްދަށް ނުވަދެ މައި ކަނޑުގައި މަސްވެރިކަން ކުރަމުން ދަނިކޮށް

ސްޓާލިން

ޓެމިލްނާޑޫއަށް ނިސްބަތްވާ މި މަސްވެރިން ހައްޔަރުކުރި މައްސަލައިގައި މީގެ ކުރިންވެސް ސްޓާލިން ވަނީ އެ މީހުން މިނިވަންކުރުމަށްޓަކައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށްވެސް މައްސަލަ ހުށަހަޅުއްވައިގެން އެ މަސައްކަތް ކުރިއަށް ގެންދަވާފައެވެ. 

އެ މަސައްކަތުގެ ދަށުން ޖައިޝަންކަރަށް ސްޓާލިން ފޮނުވި ސިޓީއެއްގައި ވަނީ، އެ މަސައްކަތުގައި އެކްސްޓާނަލް މިނިސްޓަރު އެހީތެރިވެ ވަޑައިގެންފި ކަމުގައި ވާނަމަ އެ މަސްވެރިން މިނިވަން ވާނެ ކަމަށް ގަބޫލުކުރައްވާކަމަށް ލިޔުއްވާފައެވެ. 

އެ ސިޓީގައި ބުނެފައިވާ ގޮތުގައި ރާއްޖޭން އެ މަސްވެރިންގެ މައްޗަށް 420،000 ދިވެހި ރުފިޔާގެ ޖޫރިމަނާއެއް އިއްވާ މި މަހުގެ ނިޔަލަށް އެ ފައިސާ ދައްކަން އަންގައިފައިވާކަމާއި އަދި އެ ފައިސާ ނުދައްކާނަމަ މަސް ބޯޓު އަދި މަސްވެރިން ދޫކޮށްނުލާނެ ކަމަށް އަންގާފައިވާ ކަމަށެވެ. 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ގަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް އެކި ފަހަރުމަތިން މީގެ ކުރިންވެސް ވަނީ އެކި ގައުމުތަކަށް ނިސްބަތްވާ މަސްބޯޓުތައް ހިފަހައްޓައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.