ބައިޑަން އާއި ނަތަންޔާހޫ--ފޮޓޯ/ރޮއިޓާސް
ދުނިޔެ
08 Nov 2023 | 09:50
ހަނގުރާމަ 3 ދުވަހަށް މެދުކަނޑާލަން ބައިޑެން އެދިއްޖެ

ފަލަސްތީނާ ދެކޮޅަށް ނިރުބަވެރި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ތިން ދުވަހަށް މެދުކަނޑާލަން އިޒްރޭލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކިބައިން އެމެރިކާގެ ރައީސް ޖޯ ބައިޑެން އެދިއްޖެއެވެ.

އެމެރިކާ އަދި އިޒްރޭލުގެ އޮފިޝަލުންތަކަކާ ހަވާލާދީ އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ "އެކްސިއޮސް" އިން ރިޕޯޓް ކޮށްފައިވާ ގޮތުން ބައިޑެން ނަތަންޔާހޫގެ ކިބައިން އެފަދައިން އެދުނީ މިހަފްތާގެ ހޯމަ ދުވަހު، ނަތަންޔާހޫ އާ ފޯނުން ގުޅައިގެން ވާހަކަ ދައްކަމުންނެވެ.

ފަލަސްޠީނުގެ ރައްޔިތުން މެރުމަށް ހަތިޔާރުވެސް ފޯރުކޮށްދެމުންދާ ބައިޑެން، ތިން ދުވަހަށް ހަނގުރާމަ މެދުކަނޑާލަން އެދިފައިވަނީ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރައީލްގެ އަސީރުން ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމަށް އެމެރިކާގެ އެ ނޫހުން ބުނެފައިވެ އެވެ.

"އެކްސިއޮސް" އިން ބުނެފައިވާ ގޮތުގައި ހަނގުރާމަ މެދުކަނޑާލަން އެ ދެވޭ ތިން ދުވަހުގެ ތެރޭގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރެއިން 15-10 މީހުން އެ ޖަމާއަތުން ދޫކުރުމާ ގުޅޭގޮތުން އެމެރިކާ އާއި އިޒްރޭލު އަދި ގަތަރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އަދި އެ މުއްދަތުގެ ތެރޭގައި އެ ދޫކުރެވޭ މީހުންގެ ވަނަވަރާއި، ހަމާސްގެ ބެލުމުގެ ދަށުގައި ހުރި މީހުންގެ ލިސްޓުވެސް އިޒްރޭލަށް އެންގުމަށް އެ ތިން ގައުމުގެ ދެމެދުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް އެމެރިކާގެ އެ ނޫހުގައިވެއެވެ. 

ނަމަވެސް ހަމާސް ޖަމާއަތަށް އިތުބާރު ނުކުރާ ކަމަށާއި އަދި މީހުން ދޫކުރަން ހަމާސް އިން އެއްބަސްވާން ތައްޔާރަށް ތިބި ކަމަށް ގަބޫލުނުކުރާ ކަމަށް ނަތަންޔާހޫ ބައިޑެންގެ ގާތު ބުނެފައިވާ ކަމަށްވެސް އެ ނޫހުގައި ވެއެވެ. 

އެމެރިކާގެ އެ ނޫހުން ހަނގުރާމަ މެދުކަނޑާލަން ބައިޑެން ބުނި ކަމަށް ރިޕޯޓް ކޮށްފައިވާއިރު، ބައިޑެން ވެސް ވަނީ އެ މެދު ކަނޑާލުމަކީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ހައްޔަރީން ސަލާމަތް ކުރުމަށް ދެވޭ ފުރުސަތެއް ކަމަށް ބުނެފައެވެ. 

އެމެރިކާއިން އެހެން އެދުނު ނަމަވެސް، އިޒްރޭލުގެ ގަތުލު ޢާއްމު ހުއްޓާލައި ފަލަސްތީނުގެ ގާޒާ އަށް ތެޔޮ އެތެރެކުރަން ހުއްދަ ދޭނީ ވެސް ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އެންމެން ދޫކޮށްލުމުން ކަމަށް ނިރުބަވެރި ނަތަންޔާހޫ ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.