ފިޝަރީޒް މިނިސްޓަރު ޑރ.ޙުސައިން ރަޝީދު ޙަސަން
ހަބަރު
09 Nov 2023 | 17:15
ރާއްޖޭގެ ކަނޑުން ޤަވާއިދާ ޚިލާފަށް މަސްވެރިކަންކުރި އިންޑިއާ ބޯޓެއްގެ ޖޫރިމަނާ މައާފުކޮށްދޭން އުޅެނީ

ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ ތެރެއިން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް އިންޑިއާ މަސްބޯޓަކުން ދައްކަންޖެހޭ ޖޫރިމަނާ މައާފުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލެއް "ވޮއިސް" އަށް މައުލޫމާތު ދިން ގޮތުގައި ޖޫރިމަނާ މާފުކޮށްދޭން މަސައްކަތް ކުރި ބޯޓު އަތުލައިގެންފައިވާއިރު 10 ޓަނުގެ މަސް ހުރިއިރު، އޭގެ ތެރޭގައި 10 ޓަނުގެ މަސް ހުރި ކަމަށެވެ. އަދި 10 މޭލުގެ ދިގުމިންހުރި މަސް ބާނަން ބޭނުންކުރާ ދައުވެސް ހުއްޓެވެ. މި މަސްބޯޓު ޖޫރިމަނާ ކޮށްފައިވަނީ 4.2 މިލިއަން ރުފިޔާއިންނެވެ.

ބޭރުގެ މަސްބޯޓުތަކާއި ދިވެހި މަސްބޯޓުތައްވެސް ގަވާއިދާއި ޚިލާފް ވެގެން މީގެ ކުރިން ޖޫރިމަނާ ކުރުމުން އެ މަޢާފް ކޮށްދޭން އެދިފައިވާއިރު، އެކަން މިނިސްޓްރީއަށް ކޮށްދެވިފައި ނުވަނީ އެ ޖޫރިމަނާ މައާފުކުރުމުގެ ބާރު ލިބިފައި ނެތް ކަމަށް ބުނެ ކަމަށް ވޮއިސް އަށް މައުލޫމާތު ދިން ފަރާތުން ބުނެއެވެ. އެހެން ނަމަވެސް، އިންޑިއާގެ މި މަސްބޯޓުގެ ފަރާތުން ޖޫރިމަނާ މައާފުކޮށްދޭން އެދުމުން، މާލިއްޔަތު ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް ފެނޭތޯ ސަރުކާރުން ދިރާސާކޮށް ބަލަމުންދާކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

އަދި މިކަމުގައި ސަރުކާރުގެ ވިސްނުންހުރީ މި ފައިސާއަކީ ދައުލަތަށް ލިބެން ނެތް ފައިސާކަމަށް ކަނޑައަޅައި މާލިއްޔަތު ޤަވާއިދުގެ ދަށުން ލިބޭ ބާރުގެ ބޭނުންކޮށްގެން ފިނޭންސް މިނިސްޓްރީން މި ފައިސާ ނުލިބޭނެތީ މައާފުކުރުމަށް ކަންވެސް އެނގިފައިވެއެވެ. 

ކަންމިހެން ހުރި ނަމަވެސް، މިފަދައިން ކަން ކުރުމަކީ، ވަރަށް ބޮޑު ނާ އިންސާފަކަށް ވާއިރު، އެކަން އެގޮތަށް ކުރުމުން ދެވަަނަ ފަހަރަށްވެސް އެގޮތަށް ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން މަސްބޭނުމުގެ ހިތްވަރު ލިބިގެންދާނެ ކަމަށް ބުނެ މައުލޫމާތު ދިން ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.