އެހީގެ ގޮތުގައި ޣައްޒާއަށް ވެއްދޭ ބައެއް ތަކެތި-- ފޮޓޯ/އައިއޭސީ
ހަބަރު
10 Nov 2023 | 09:42
ދިވެހިންގެ އެހީ ޣައްޒާއަށް ވައްދަން ހުއްދަ ލިބިއްޖެ؛ އޭޝިޔާއިންވެސް މި ހުއްދަ ލިބުނީ އައިއޭސީއަށް އެކަނި!

ހައްދުފަހަނައަޅާފައިވާ އިޒްރާއިލްގެ ސިފައިން ފަލަސްތީނަށް ދެމުން ގެންދާ ޢުދުވާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ދިވެހިންގެ ފަރާތުން ދީފައިވާ އެހީ ޣައްޒާއަށް ވެއްދުމުގެ ހުއްދަ ލިބިއްޖެއެވެ. 

އިންޓަނޭޝަނަލް އެއިޑް ކެންޕެއިން، އައިއޭސީން 'ވޮއިސް' އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ޣައްޒާގެ ބޭރުން އެތެރެއަށް އެހީ ވެއްދުމުގެ ހުއްދަ ލިބެނީ ދުނިޔޭގެ ވަރަށް މަދު ޖަމިއްޔާ ޖަމާއަތްތަކަށް ކަމަށެވެ. އަދި، ޔުނައިޓެޑް ނޭޝަންސް(އދ) އާއި ރެޑްކޮރޮސް އައި ރެޑް ކްރެސެންޓް ފިޔަވައި ޣައްޒާގެ ބޭރުން އެތެރެއަށް އެހީ ވެއްދޭ ހަމައެކަނި ބަޔަކަށް، އައިއޭސީ ހިމެނޭ ކޯލިޝަން ވާނެ ކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ. 

އައިއޭސީގެ އެ ކޯލިޝަންގައި ހިމެނެނީ، އައިއޭސީގެ އިތުރުން، އިނގިރޭސިވިލާތުގެ އަލް ޚައިރު، އެމެރިކާގެ ލައިފް އަދި ތުރުކިޔޭގެ އައި.ޑީ.ޑީ.އީ.އެފް އެވެ. 

އެހެންކަމުން، މުޅި އޭޝިޔާއިންވެސް ޣައްޒާގެ ބޭރުން އެހީވެއްދޭ ހަމަ އެކަނި ޖަމިއްޔާ އަކަށް އައިއޭސީ ވެގެންދާނެކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ. 

އައިއޭސީން އިތުރަށް ބުނީ, ޣައްޒާ ވެއްދޭ އެހީގެ ތެރޭގައި މިވަގުތަށް އެންމެ ބޭނުންވާ ބޭސްފަރުވާއަށް ބޭނުންވާ ތަކެއްޗާއި، އެނޫންވެސް ހައިޖީން ޕްރޮޑަކްޓްސް ތައް ފަދަ އަސާސީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ހިމެނޭ ކަމަށެވެ. އަދި އެ ކޯލިޝަންގެ އެހީގެ ގާފިލާތައް ވެގެން ދާނީ ޣައްޒާއަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީއެއް ކަމަށް ވެސް އެ ޖަމިއްޔާ އިން ފާހަގަކުރެއެވެ. 

ދިވެހިންގެ އެހީ ހިމެނޭ މި އެހީގެ ޣާފިލާތައް މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ރަފަހް ބޯޑަރ މެދުވެރިކޮށް ޣައްޒާއަށް ވެއްދޭނެ ކަމަށް އައިއޭސީން ބުނެއެވެ. 

މީގެ ކުރިންވެސް އައިއޭސީންވެސް ދިވެހިންގެ އެހީ ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދީފައެވެ. އެތަކެތި ފޯރުކޮށްދީފައިވަނީ، ޣައްޒާތެރެއިން ގަނެގެން، އެތަނުގައި ތިބި ބޭނުން ޖެހިފައިވާ މީހުންނަށެވެ. އެ އެހީގެ އިތުރުން، ހާލުގައި ޖެހިފައިވާ 400 ޢާއިލާ އަކަށް، ކޮންމެ ޢާއިލާ އަކަށް 500 ޑޮލަރު އެހީގެ ގޮތުގައި ބަހާފައިވާއިރު، ހޮސްޕިޓަލު ތަކަށް ތެލާއި، އަދި އެތަނުގައި އެޑްމިޓް ކޮށްފައި ތިބި ކުޑަ ކުދިން ހިތްހަމަ ޖައްސާލުމަށް ކުޅޭ ތަކެތިވެސް ދިވެހިންގެ އެހީގައި އައިއޭސީން ވަނީ ބަހާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.