އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
10 Nov 2023 | 12:38
ސްޕްރީމް ކޯޓުގެ ހުކުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله ރިޔާސަތަށް ވަޑައިނުގެންނެވި ނަމަވެސް، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސްޕްރީމް ކޯޓުން އިއްޔެ ނިންމި ނިންމުމަކީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ އެއް ކަމަށް އެ ޕާޓީން ބުނެފިއެވެ. 

ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ގަރާރު، އީވާ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅު ދުސްތޫރީ މައްސަލައިގައި އެމްޑީޕީން އެދިފައިވާނީ ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާގެ ބ ގައި ވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގައި ވާގޮތަށް މަޖިލީހުގެ އެންމެ ގިނަ ދުވަސްވީ 5 މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށާ އެގޮތަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުއްވާ ދެއްވުމަށެވެ. 

އަދި އޭގެ އިތުރަށް މަޖިލީހުގެ ރައީސް ވަކިކުރަން ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ، އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ، ނުވަތަ ގޮތެއް ނިންމަން ވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހު ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ ގައި ބަޔާން ކޮށްފައި ވާތީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހެޅިފައިވާ ގަރާރަށް ގޮތެއް ނިންމުމަށްފަހު ފަހުގައި ނޫނީ މަޖިލީހުގެ އެހެން އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައި ވެއެވެ. 

އެ މައްސަލާގައި އިއްޔެ ސްޕްރީމް ކޯޓުން ހުކުމް ކުރީ، މަޖިލިހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދާއިރު، ނައިބު ރައީސް ނެތް ހާލަތުތަކުގައި މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ 5 މެންބަރުންގެ ތެރެއިން މެންބަރަކު ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެކަމާއި ގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައ،ި ޕާޓީން އެދިފައިވާ ގޮތަށް މަޖިލިސް ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ އިދާރާގެ މައްޗަށް އަމުރުކުރުކޮށް ސުޕްރީމްކޯޓުން ޙުކުމްކޮށްފައިވާތ،ީ އެކަމަށްޓަކައ،ި އެ ޕާޓީގެ އިސްލީޑަރ އަދި ރާއްޖޭގެ ރައީސްލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއ،ި ޕާޓީގެ އެންމެހައި މެންބަރުންނަށް މަރުޙަބާ ދަންނަވާފައެވެ.

އެމްޑީޕީން ބުނީ، ސުޕްރީމް ކޯޓުގެ އެ ޙުކުމަކީ ޤާނޫނުއަސާސީގެ ސިޔާދަތު ކަށަވަރުކޮށްދީ، މިރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ނަގަހައްޓައިދިން ޙުކުމެއް ކަމަށެވެ.

"އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމަށް މި ޕާޓީން ހުށަހަޅާފައިވާ ޤަރާރުގެ މަސައްކަތް ހުއްޓުވުމުގެ ނިޔަތުގައ،ި މަދު ބަޔަކު ދިވެހި ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި "މަރުތަޅު" އަޅުވާފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށްޓަކައި މި ޕާޓީން ކުރި މަސައްކަތަށް ލިބުނު ފުރިހަމަ ކާމިޔާބީއެކެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ. 

މިއާއެކު އެމްޑީޕީން ބުނީ، އެ ޕާޓީގެ އެދުމަކީ ކުރިއަށް އޮތް ތަނުގައ،ި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފު އެއްވެސް ކަމެއް މަޖިލީހުގެ އިދާރާއިން ނުކުރުން ކަމަށާ އަދި އެއްވެސް ފަރާތަކުން ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތްވާގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަންކަން ނިންމުމަށް ހުރެސްއެޅިދާނެފަދައަކުން ކަންކަން ނުކުރުން ކަމަށެވެ. 

އެމްޑީޕީން އިތުރަށް ބުނީ، ދިވެހި ރައްޔިތުންގެ އެންމެހައި ޙައްޤުތަކަށް ރައްކާތެރިވެ ޤާނޫނުއަސާސީން މެންބަރުންނާއި މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިތިބޭނެ ކަމަށާ، އަދި އެމަސައްތަކަށް ހުރަސްއެޅުމަށް ކުރެވޭ ކޮންމެ ކަމެއް ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަމުން ގެންދާނެކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.