މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓްއަރއޮޕަރޭޓާސް (މަޓާޓޯ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: ސަން އޮންލައިން
ހަބަރު
12 Nov 2023 | 12:46
މަޓާޓޯއިން ޓްއަރިޒަމް މިނިސްޓްރީގެ ބަޔާނަށް ރައްދު ދީފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓްއަރއޮޕަރޭޓާސް (މަޓާޓޯ)،އިން ނޮވެމްބަރު މަހު ނެރެފައިވާ ނިއުސްލެޓަރ އާއި ބެހޭގޮތުން، ޓްއަރިޒަމް މިނިސްޓަރ، ޑރ.އަބުދުﷲ މައުސޫމް، މަޓާޓޯއިން މިނިސްޓަރގެ ސަމާލުކަމަށްޓަކައި ދީފައިވާ އެންމެހާ މައުލޫމާތާއި، މައުލޫމާތު އެކުކުލަވާލިގޮތާއި ހޯދާފައިވާ ފަރާތްތަކުގެ ސައްޙަ ނޫންކަމަށް ވިދާޅުވެ ނެރުއްވާފައިވާ ބަޔާނުގައިވާ އެންމެހާ ކަންކަމަށް، މަޓާޓޯއިން ރައްދު ދީފިއެވެ.

މަޓާޓޯއިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، އެ ޖަމުއިއްޔާއަކީ ކަމާބެހޭ އެންމެހާ ފަރާތްތަކާއި ވަރަށް ގާތްގުޅުމެއް ބާއްވާ، މިނިސްޓަރުންނާއިވެސް ދާއިމީގޮތެއްގައި މުއާމަލާތުކުރާ ބަޔަކު ކަމާއި، މިނިސްޓަރަށް މައުލޫމާތުގެ ސައްޙަކަމާއި މައުލޫމަތު އެކުލަވާލާގޮތް އޮޅުންފިލުވާދިނުމަށް ދީފައިވާ އަހުމިއްޔަތުކަމެވެ. އަދި ޖަމުއިއްޔާއިން އެންމެބޮޑު އަޙުމިއްޔަތު ކަމެއްދެވިފައިވާނީ، މި މައުލޫމާތުތަށް އޮޅުވާލައި ނަހަމަގޮތުގައި ބޭނުންކުރިޔަނުދިނުމަށްޓަކައި، މި މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުމުމަށާއި ދެފުއްފެންނަގޮތްހެދުމަށް ކަމަށެވެ.

އެ ޖަމުއިއްޔާއިން ޓުއަރިޒަމް މިނިސްޓްރީގެ ސަމާލުކަމަށް ގެނުވާފައިވަނީ، ރާއްޖޭގެ އޮކިއުޕަންސީއަށް އައިސްފައިވާބަދަލެވެ.

1 ނޮވެމްބަރު 2023ގެ ނިޔަލަށް، ޖުމްލަ އޮޕަރޭޝަނަލް ކެޕޭސިޓީ 62،822 އެދުގެ މައްޗަށް އަލިއަޅުވާލާ ލިބެންހުރި ޖުމްލަ އެނދުގެ އަދަދުގެ ގޮތުގައި މިއަހަރުގެ ތެރޭގައި އޮކިއުޕައި ކުރެވިފައިވަނީ އެންމެ %51 އެެވެ.  މީގެ އިތުރުންވެސް، ރާއްޖޭގައި ފަތުރުވެރިން އެވަރެޖްކޮށް ހޭދަކުރާ މުއްދަތު ދަށަށްގޮސްފައިވާ ކަންވެސް މަޓާޓޯއިން ފާހަގަކޮށްފައިވެއެވެ. މިހެން ވުމުގެ ސަބަބަކީ، ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު މަތިވީނަމަވެސް، ރާއްޖޭގައި ހޭދަކުރާ މުއްދަތު ކުރުވުމެވެ. 
މިއަދަދުތަކަކީވެސް، މިނިސްޓްރީގެ ވީކްލީ އަޕްޑޭޓްސް އިން ވަރަށް ފަރުވާތެރިކަމާއި އެކު ނަގައި، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރާ ބަލާ ހާމަކުރެވިފައިވާ މައުލޫމާތުކަން މަޓާޓޯއިން ހާމަކުރެއެވެ.

މީގެ އިތުރުން، މަޓާޓޯއިން ބުނެފައިވަނީ 2023 ވަނަ އަހަރުގެ ފުރަތަމަ 8 މަސް ދުވަހަށްބަލާ، ފާހަގަ ކުރެވޭވަރުގެ ވެއްޓުމެއް، މިސިނާއަތުން ލިބުނު އާމްދަނީ އަށް އައިސްފާ ކަމަށެވެ. އެމް.އެމް.އޭ. އިން ނަގާފައިވާ މައުލޫމާތަން ދައްކުވާދެނީ، ކުރީއަހަރާއި އަޅާބަލާއިރު، ޔޫ.އެ.ސް. ޑޮލަރު 160 މިލިއަން (2.5 ބިލިއަން) ދަށަށް ގޮސްފައިވާކަމެވެ، މިއީ %5 ގެ ވެއްޓުމެކެވެ. 

މީގެ އިތުރުންވެސް މަޓާޓޯއިން ޓުއަރިޒަމް މިނިސްޓްރީއަށް ރައްދު ދެމުން ބުނެފައި ވަނީ  މިނިސްޓަރއާއި އިންޑަސްޓްރީގެ ގުޅުން ކުޑަވެ، ހުރި ގިނަ ގޮންޖެހުންތަކުގެ މައުލޫމާތު ފުރިހަމައަށް ލިބެމުން ނުދާކަމަށެވެ.

އެންމެ ފަހުން އޮތް ޑަބްލިޔު.ޓީ.އެމް. ފެއަރ އާއި މިހާރު އިންޑަސްޓްރީން ދެކެމުންއަންނަގޮތުން ހާމަކޮށްދެނީ އޮކިއުޕެންސީ ރޭޓް ދަށްވަމުން އަންނަތަނާއި އަގުބޮުޑެތި ރެސޯޓުތަކުގެ، ރޫމްރޭޓްސް، އެންމެ ޕީކްދުވަސްވަރުގައިވެސް ދައްކުރާތަން ކަމަށް މަޓާޓޯއިން ނެރެފައިވާ ނޫސް ބަޔާނުގައި ވެއެވެ.

މަޓާޓޯ ގެ ޑޭޝްބޯރޑް، މައުލޫމާތު އެއްކުރެވިފައިވަނީ، އިތުބާރުހުރި ބައިނަލްއަގުވާމީ އަދި ގައުމީ އިދާރާތަކުންނެވެ. މީގެތެރޭގައި، ޔޫ.އެން.ޑަބުލިޔު.ޓީ.އޯ.، ޕާޓާ، މިނިސްޓްރީ އޮފް ޓުއަރިޒަމް، މީރާ އަދި އެމް.އެމް.އޭ. ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި
މި ސޮފްޓްވެއާ ފަރުމާކޮށްފައި ވަނީ، ހާދިސާ ހިނގި ތަންތަނުގެ ކުރެހުންތައް ފަސޭހަކަމާ އެކު ތައްޔާރުކުރެވޭ ގޮތަށެވެ
11 Oct 2026
ޕްރިޒަން އޮފިސަރުންނަކީ ދައުލަތުގެ ސަލާމަތީ ވިއުގައިގައި ބޮޑު ގައުމީ ޒިންމާއެއް އުފުލާ ބައެއް: އިހުސާން
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ, ބޭސިކް ކަރެކްޝަނަލް އޮފިސަރސްގެ ޓްރެއިނިންގ ޕްރޮގްރާމްގެ ތިންވަނަ ބެޗު ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
11 Oct 2026
ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއްވަން ރާވާފައިވާ މުޒާހަރާއެއްގައި ބައިވެރިވުމަށް ދަތުރުކުރި ފްލައިޓު ނިއު ދިއްލީއަށް ޖެއްސުމާއެކު ޓާމިނަލާ ފްލައިޓް ކައިރި ކުރި ވަގުތު ފުލުހުން ފްލައިޓަށް އަރައިގެންނެވެ.
11 Oct 2026
އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ބުރުގާ މަނާކުރުމާ ދެކޮޅަށް ދަރިވަރުން ކުލާސް ބޮއިކޮޓްކޮށްފި
އެ ޤައުމުގެ ކެބިނެޓުން ސްކޫލް ޔުނީފޯމްގެ ޤަވާއިދު އިޞްލާޙުކޮށް، ޔުނީފޯމުގެ އެއްގޮތް ކަމަށް ބުރޫއަރާ އަދި ތަޢުލީމުގެ ސެކިއުލާ އުޞޫލާ ޚިލާފު ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޤަރާރުގައި ސީދާ "ބުރުގާ" މި ބަސް ބޭނުންކޮށްފައި ނުވާ އިރު، ވަކި ދީނީ ހެދުމަކަށް ޚާއްޞަކޮށް އިޝާރާތްކޮށްފައެއް ނުވެއެވެ
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.