އޮމްބަޑްސްޕާސަން ޖިހާދާ/ ފޮޓޯ: އިންޓަނެޓް
ހަބަރު
13 Nov 2023 | 13:03
ބޮޑެތި ތުހުމަތުތަކާއެކު އޮމްބަޑްސްޕާސަން ޖިހާދާ އިސްތިއުފާދެއްވައިފި

އިންތިގާލީ އިންސާފުގެ އޮފީހަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށްފަހު އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ޖިހާދާ އަނީސް އިސްތިއުފާދެއްވައިފި އެވެ. އެ ކަމަނާ އިސްތިއުފާދެއްވާފައިވަނީ އިންތިގާލީ އިންސާފުގެ އޮފީހަށް ދީފައިވާ ގާނޫނީ މުއްދަތު ހަމަވާން 5 ދުވަހަށް ކުޑަތަންވެފައި ވަނުކޮށެވެ. 

މަޤާމުން އިސްތިއުފާދެއްވުމަށްފަހު ޖިހާދާ ވަނީ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އެކަމަނާއަށް ކުރިމަތިވި ގޮންޖެހުންތައް ހިއްސާކުރައްވާ ބަޔާނެއް ނެރެފައެވެ. 

އެގޮތުން ޖިހާދާ ނެރުއްވި އެ ބަޔާނުގައި ވިދާޅުވީ އިންތިގާލީ އިންސާފުގެ އޮފީހަށް ފުރަތަމަ ކަނޑައެޅި ދެ އަހަރުގެ ދުވަހުގެ ތެރެއިން ފުރަތަމަ އަހަރު ނިމިގެން ދިޔައިރު ވެސް، ނިޒާމީ ސިފައެއްގައި ރާވައި ހިންގި އަމަލުތަކެއްގެ ސަބަބުން މައްސަލަތަކުގެ ތަހުގީގު ނުފެށި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. އަދި ރަނގަޅަށް މަސައްކަތްތައް ކުރިއަށް ގެންދެވުނު ނަމަ އެ އޮފީހަށް ހުށައެޅުނު 469 މައްސަލަ ބަލާ ނިންމާލެވުނީސްކަން އޭނާ ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން ޖިހާދާ ވިދާޅުވީ މައްސަލަތައް ބަލަން ލިބުނު ކުރު މުއްދަތުގެ ތެރޭގައި 2022 ވަނަ އަހަރު ގިނަ މައްސަލަތަކެއް ނިންމާލެވުނު ނަމަވެސް އެ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކުގައި އޮފީހުގެ އެންމެ އިސްފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރެވިފައި ނުވާކަމަށެވެ. ނަތީޖާއެއްގެ ގޮތުން މިއަހަރުގެ އޮކްޓޫބަރު މަހާއި ހަމަޔަށް އެ މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ ސުލްހަކުރުމުގެ މަސައްކަތްތައް ފެށިފައިވެސް ނުވާކަމަށް ޖިހާދާ ވިދާޅުވި އެވެ. 

އޭގެ އިތުރުން ޖިހާދާ ވިދާޅުވީ ފަހުން އައްޔަންކުރެވުނު އޮމްބަޑްސް ޕާސަން ގިނަ ދުވަސްތަކެއް ވަންދެން އޮފީހަށްވެސް ވަޑައިގެންފައި ނުވާކަމަށެވެ. އަދި އެ އޮފީހުން ބަލާ މައްސަލަތަކާއި މެދު ގޮތެއް ނިންމުމަށް ތަކުރާރުކޮށް އެދިފައި ވީ ނަމަވެސް އިސްވެރިންގެ ގޮތުގައި ތިއްބެވި ފަރާތްތައް އަމިއްލަ މަސައްކަތްތައް މަސައްކަތްތައް އިސްކުރުމާއި، ބައްދަލުވުންތަކަށް ހާޒިރުވެވަޑައިނުގެންނެވުމުގެ ސަބަބުން ނުނިމި ދިގުލައިގެން ގޮސްފައިވާކަމަށް އޭނާގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. 

އޭގެ ޖިހާދާ ވިދާޅުވީ މައްސަލަތައް ފުނިޖެއްސުމަށްފަހު ދައުރުނިމެން ދެހަފްތާއަށް ވުމުން ގަވައިދުތަކާއި ތަހުގީގުކުރުމުގެ އުސޫލުތަކާ ހިލާފަށް ކުއްލިއަކަށް މަސައްކަތްތައް ނިންމަން ފަށައި، ކުރީން ނިންމާފައިވާ ބައެއް މައްސަލަތަކުގެ ނިންމުން ބަދަލުކޮށްފައިވާކަމަށެވެ. 

އޮމްބަޑްސްޕާސަން ހާޒިރުނުވާ ބައްދަލުވުންތައް ހާޒިރުވެފައިވާކަމަށް ހެދުމާއި، ކުރީން އޮމްބަޑްސްޕާސަނުންގެ ރަސްމީ ބައްދަލުވުންތަކުން ނިންމާފައިވާ މައްސަލަތަކުގައި ބައިވެރިވި އޮމްބަޑްސްޕާސަނުންނަށް އެނގުމެއްނެތި ތާވަލްކުރެވި އަލުން ގޮތް ނިންމުމާއި، އެކަމާ ގުޅޭ މައުލޫމާތު އެންގުމަކާއި ނުލާ އިންތިގާލީ އިންސާފުގެ ގާނޫނާ ހިލާފަށް މަސްލަހަތު އެކުލެވޭ މައްސަލަތަކުގައި ބައިވެރިވެ ވަޑައިގަތުންފަދަ އެތައް ކަމެއް ކޮށްފައިވާކަމަށް ޖިހާދާ ތުހުމަތުކުރެއްވި އެވެ. 

އޮފީސް މާހައުލުގައި ދިމާވި ބޮޑެތި ގޮންޖެހުންތައް އެ ބަޔާނުގައި ހިއްސާކުރައްވާ ޖިހާދާ ވަނީ އޮފީސް މާހައުލުގައި ދިމާވި ބިރުވެރި އަދި ހިތްދަތި ތަޖުރިބާއެއް ވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ޖިހާދާ ވިދާޅުވީ އެ އޮފީހުގެ މުވައްޒަފަކު މަސްތުވެގެން ހުރެ އޭނާގެ ކޮޓަރިއަށް ވަދެ، ޖިންސީ ފުރައްސާރަ ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ މުވައްޒަފުގެ ފަރާތުން ތަކުރާރުކޮށް އެފަދަ މައްސަލަތައް ހިނގިނަމަވެސް، އެ މުވައްޒަފަކީ ޗީފް އޮމްބަޑްސްޕާސަން ސަލާމްއާ ގާތް ގުޅުމެއް އޮންނަ މުވައްޒަފަކަށް ވާތީ ފިޔަވަޅެއް ނާޅައި، ހިމާޔަތް ދީފައިވާ މީހެއްކަމަށް ޖިހާދާ ތުހުމަތު ކުރެއްވި އެވެ. 

އޭގެ އިތުރުން ޖިހާދާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ފުލުހަށް ގެންދެވުނު ނަމަވެސް ބަންދުން ވީއްލުމާއި ގުޅިގެން، ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ޖިންސީ ފުރައްސާރައިގެ އަމަލުތަކަށް އެ މުވައްޒަފަށް ފިޔަވަޅެއް ނޭޅޭނެކަން ދޭހަވާ މޭރުމަކުން އޮފީހުގެ މުވައްޒަފުން ތިބޭ ވަޓްސްއަޕް ގްރޫޕުގައި ވާހަކަ ދައްކާފައިވާކަން ވެސް ޖިހާދާ ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން ވެސް އޮފީސް މާހައުލުގައި ގަނާ ކުރުމާއި، މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ އެތައް ކަމެއް ހިނގަމުން ގޮސްފައިވާކަން އޭނާގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ. 

އޭނާ ވިދާޅުވީ، އަންނަ ހުކުރު ދުވަހަށް އޮފީހުގެ މަސައްކަތްތައް ނިމޭއިރު، އޮފީހުގައި މަސައްކަތްކުރާ ދާއިމީ ގިނަ މުވައްޒަފުންގެ ވަޒީފާއާ މެދު މިހާތަނަށް ގޮތެއް ނިންމާފައި ނުވާކަމަށެވެ. 

އެ ހުރިހާކަމެއް ހާމަކުރައްވާ ޖިހާދާ ވިދާޅުވީ ދައުރުނިމެން ކުރު މުއްދަތަކަށް ވެފައި ވަނިކޮށް އިސްތިއުފާދެއްވަން ނިންމެވީ، އެފަދަ އެތައް ކަމެއް ހުރުމާއެކު، ކުރިއަށް އޮތް މަދު ދުވަސްކޮޅުގައި ވެސް އެ އޮފީހުން އެފަދަ އެތައް ޖަރީމާއެއް ހިންގާނެކަން ގަބޫލުކުރެވޭތީ އެތަނުގައި ހުރުމަށް ޒަމީރު ގަބޫލުނުކުރާތީ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ